Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދާއި މައުމޫނު

ހޯރަފުށީ މެމްބަރުގެ ފާޑުކިޔުން ރައީސް ނަޝީދަށާއި ރައީސް މައުމޫނަށް

ރައީސް މައުމޫން މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 28 ޖޫން 2017 | ބުދަ 05:56
ރައީސް ނަޝީދާއި ރައީސް މައުމޫން އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް

ރައީސް ނަޝީދާއި ރައީސް މައުމޫން އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް

ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ކުރީގެ ރައީސް މުހައްމަދު ނަޝޫދަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ގެއްލުނު ފައިސާ ގޯނި ގޯންޏަށް އަޅައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބެއްސެވި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައިވާ މުހައްމަދު އިސްމާއީލް ރައީސް ނަޝީދާއި ރައީސް މައުމޫންގެ ފޮޓާފުޅަކާއެކު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކޮންމެ ކަމަކަށް ނިމުމެއްވާ ފަދައިން ކިންތަންމެ ހެވިފަ ތިއްބަސް ދެ ހަތުރުންނަށް ވާނެ ދުވަސް ވަރަށް ކައިރި ކަމަށެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ރައީސް މައުމޫން ތަހުނިޔާ ވިދާޅުވެފައި ވާތީ އެކަމަށް ވެސް މުހައްމަދު އިސްމާއީލް ވަނީ ފަޑުވިދާޅުވެފައެވެ. އެގޮތުން މުހައްމަދު އިސްމާއީލް ވިދާޅުވީ ކިތަންމެ ގޯހެއް ހަދަން އަޑީގަ ހުރެގެން ރޭވިޔަސް މި ގައުމުގެ ރައްޔިތުންނަށް މިހާރު ގައުމަށް ރައީސް މައުމޫންގެ އިއހުލާސްތެރި ކަމެއް ނެތްކަން ޔަގީންވާ ކަމަށެވެ.

ވަކިކަމެއް ބޭނުންވެގެން އިލްމީ ގާބިލް ބޭފުޅެއް ހަލާކުވެއްޖެ ކަމަށާއި އަދި ދެއިރު ދެ ދަޅައަށް ވާހަކަ ބަދަލުވެއްޖެ ކަމަށް މުހައްމަދު އިސްމާއީލް ސިފަ ކުރެއްވިއެވެ.

މުހައްމަދު އިސްމާއިމް ވިދާޅުވީ ރައީސް މައުމޫނަކީ ވަރަށް އަމިއްލަ އެދުންބޮޑު ބޭފުޅެއް ކަމަށެވެ. އަދި ކުރިން ދެއްކެވި ވާހަކަފުޅުތައް މިހާރު ބަދަލު ކުރައްވައިގެން އުޅުއްވަނީ ކޮންކަމެއް ހާސިލް ނުވެގެން ކަމަށް ބުނެ ވަނީ ސުވށާލު އުފައްދަވާފައެވެ.

މީގެއިތުރުން މުހައްމަދު އިސްމާއީލް ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިއްބެވީ ސާބިތުކަމާ އެކު ރައީސް އަބްދުﷲ ޔާމީނުގެ ފަހަތްޕުޅުގައި ކަމަށާއި ނަމަވެސް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅާ ހުންނެވި އަމިއްލަ އެދެމާއެކު އިދިކޮޅުފަރާތްތަކާއެކުގައި ކަމަށެވެ.

މީގެއިތުރުން މުހައްމަދު އިސްމާއީލް ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހު ރައީސް މައުމޫން އެމްޑީޕީ އަށް ތަހުނިޔާ ވިދާޅުވެދާނެ ކަމަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް މިއަދު އެކަން ހިގައިފި ކަމަށެވެ. އަދި މިއީ ދުނިއޭގެ ތާރީހު ބަދަލުވަމުން އަންނަ ގޮތް ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ރައީސް ނަޝީދަށާއި އަދި ރައީސް މައުމޫންނަށް މުހައްމަދު އިސްމާއީލް ފާޑުވިދާޅުވިއިރު ފައިސާ ގޯނީ އުފުލި ކަމަށް ބުނާ މައްސަލާގައި މުހައްމަދު އިސްމާއީލްގެ މައްޗަށް ވަނީ ކޮރޮޕްޝަންގެ ތުހުމަތު ކުރެވިފައެވެ. އަދި ފައިސާ ގޯނި އުފުލި ކަމަށް ވިދާޅުވި ދެއްވި ވާހަކަތައް ތަހުގީގު ކޮށްދިނުމަށް އަމިއްލަ ފަރާތަކުން ފުލުހުންނަށް ވަނީ މައްސލަ ވެސް ހުށަހަޅާފައެވެ.

އެގޮތުން އެ މައްސަލާގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓަރު އަދީބުގެ އަތުން ފައިސާ ނަގައިގެން މަޖިލީހުގެ ބައެއް މެންބަރުންނަށް ބެއްސެވިކަމަށްސަންގު ޓީވީގެ ލައިވް ޕްރޮގްރާމެއްގައި މުހައްމަދު އިސްމާއިލް ވިދާޅުވފައިވާތީ އާއި އަދި އެ ފައިސާއަކީ، އެމްއެމްޕީއާރުސީގެ ފައިސާކަމަށް ބެލެވޭ ފައިސާކަމަށް ދޭހަވާ ގޮތަށް އަމިއްލަ އިއުތިރާފުން ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުނ މުހައްމަދު އިސްމާއިލް ބެއްސެވިކަމަށް އެ ވިދާޅުވި ފައިސާއަކީ، ކޮންތަނަކުން ލިބުނު ފައިސާއެއްތޯ އާއި، ކޮންފަރާތަކުން ކޮންކަމަކާއި ގުޅިގެން ބަހާފައިވާ ފައިސާއެއްތޯ ބަލައިދިނުމަށް ފުލުހުންނަށް ހުށައަޅާފައިވާ ސިޓީގައި ވަނީ އެދިފައެވެ.

މައްސަލަ ހުށައެޅި ފަރާތުން އެދިފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލައިދިނުމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން ވަނީ ހެކީގެ ގޮތުގައި، ސަންގު ޓީވީގައި މުހައްމަދު އިސްމާއިލް އެދުވަހު ދެއްކެވި ވާހަކައިގެ އޯޑިއޯ/ވީޑިއޯ ވެސް ފުލުހުންނަށް ހުށައަޅާފައެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގެ އިތުރުން މުހައްމަދު އިސްމާއިލް ވަނީ، މެންބަރުންނަށް ފައިސާ ބެހީ އޭނާ ކަމަށާއި، އެ ފައިސާ ގޯނި ހިފައިގެން މެންބަރުންގެ ގާތަށް ދިޔައީ "ތިމަންނާ" ކަމަށް ދުރަށް ދައްކަމުންދިޔަ މަޖިލީހުގެ ޖަލްސާއެއްގައި ވެސް އަމިއްލައަށް އިއުތިރާފްވެވަޑައިގެންފައެވެ.

އެހެން ނަމަވެސް، މި މައްސަލަ ތަޙުޤީޤުކޮށް އޭނާއާ މެދު މިހާތަނަށް ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ފުލުހުންނަށް ހުށަހެޅި މައްސަލަ ވެސް އެއީ އޭސީސީން ބަލާ މައްސަލައެއް ކަމަށް ބުނެ ތަހްގީގުނުކުރަން ފުލުހުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު