Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފެލިވަރު

ފެލިވަރު: މަސްވެރިންގެ ހިދުމަތުގައި 41 އަހަރު

ދުވާލެއްގެ މައްޗަށް 50 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ފެބުރުއަރީ 2019 | ބުރާސްފަތި 05:25
ފެލިވަރު ކާރުހާނާ

ފެލިވަރު ކާރުހާނާ

މަސްވެރިކަމަކީ ޒަމާނުއްސުރެން ރާއްޖޭގެ އިޤްތިސާދާ ގުޅިފައިވާ މައި ނާރެވެ. އެންމެ ކުރީ ޒަމާނުގައި މަސްވެރިކަންކޮށް އުޅުނީ ދޯނި ފަހަރުގައި ފަލިޖަހާފައި ދޮށި ބޭނުން ކޮށްގެންނެވެ. އެހެން ނަމަވެސް ޒަމާން ތަރައްޤީވެ މަސްވެރިކަން ކުރާ ގޮތް ވެސް ދަނީ ދުވަހެއް ދުވަހަކަށް ބަދަލުވަމުންނެވެ. މިހާރު މަސްވެރިކަން ކޮށް އުޅެނީ އިންޖީނު އެޅި ދޯނި ފަހަރުގައި ކޮމްޕްރެސަރު ބަހައްޓައިގެން ދޮށި އަޅައިގެންނެވެ. އިންޖީނުގެ އެޅި ދޯނި ފަހަރު ބޭނުންކުރަން ފެށުމުން ދިވެހިން ކޮށް އުޅުނު މި މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔައެވެ.

މި ކުރިއެރުމާއެކު 1978 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ މަސްވެރިން ބާނާ މަސް، ދަޅުގައި ބަންދުކުރުމަށް ފަހު ރާއްޖޭން ބޭރަށް ބޭރުކުރާނެ ކާރުހާނެއް އުފެއްދިއެވެ. އެ ކަރުހާނާއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ޅ. ފެލިވަރުގައި ޤާއިމްކޮށްފައިވާ ދަޅު މަސް ބަންދުކުރާ ކާރުހާނެއެވެ. އެއާއެކު މަސްވެރިންގެ އާމްދަނީ ކަށަވަރުވެގެންދިޔަ މައި ބަދައަށް މި ކާރުހާނާވެގެން ދިޔައެވެ. މި ކާރުހާނާގެ މަސައްކަތް ފުރަތަމަ ފެށިއިރު، ދުވާލެއްގެ މައްޗަށް ކާރުހާނާ މެދުވެރިކޮށް 8 މެޓްރިކް ޓަނުގެ މަސް ކަނޑާ، ދަޅުގައި ބަންދު ކުރަމުން ދިޔައެވެ. މިހާރު މި ކާރުހާނާ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 50 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރެއެވެ.

މިހާރު މި ކާރުހާނާގައި 350 މުވައްޒަފުން އެކި މަސައްކަތްތައް ކުރުމަށް ހަރަކާތްތެރިވެއެވެ. މި ކުދިން ކުރާ މަސައްކަތް ސުޕަވައިޒް ކުރުމަށްޓަކައި ހަރަކާތްތެރިވަނީ އެ ކާރުހާނާގައި މަސައްކަތް ކުރާ ލަންކާ ރައްޔިތެއްކަމަށްވާ ވައިލެޓްއެވެ.

މިހާރު ފެލިވަރުގެ ކާރުހާނާއިން އުފައްދާ މަހުގެ ބާވަތްތަކަށް ބަލާއިރު، ކާރުހާނާއިން ރާއްޖޭގެ މާކެޓަށް ދެ ބާވަތެއްގެ މަހުގެ އުފެއްދުންތައް ބަންދުކޮށް ސަޕްލައި ކުރަމުންދެއެވެ. އެއީ ވަކިވަކި ގޭބީސީތަކަށް ހާއްސަ ކުދި މަސްދަޅު އަދި ޕައުޗްގެ އިތުރުން ރެސްޓޯރެންޓް ހޮޓާ އަދި ވިޔަފާރި ކުރާ ތަންތަނަށް ހާއްސަ ބޮޑެތި މަސްދަޅު އަދި މަސް ޕައުޗެވެ. ކޮންމެ މަހަކު ރާއްޖޭގައި އެކި ކަންކޮޅުތަކަށް ފޮނުވުމަށް 10 ކޮންޓެއިނަރާއި 12 ކޮންޓެއިނަރާ ދެމެދުގެ އަދަދަކަށް މަސްދަޅު ދަނީ ފޯރު ކޮށްދެމުންނެވެ. އަދި ރާއްޖެއިން ބޭރަށް އެވްރެޖްކޮށް ކޮންމެ މަހަކު 35 ކޮންޓެއިނަރުގެ މަސް ބަންދުކޮށް އެކްސްޕޯޓު ކުރެއެވެ. އެއީ މަދުވެގެން ދުވަލާކު 50 މެޓްރިކް ޓަނުގެ މަހެވެ. އަދި ބޭރަށް އެކްސްޕޯޓް ކުރާ މަސް އިނގިރޭސިވިލާތް، ޔޫރަޕް، އޭޝިޔާ އަދި މެދުއިރުމައްޗާއި، އެފްރިކާ ބައްރުގެ ބާޒާރުތަކުގައި ވިއްކަމުންދާއިރު ދިވެހިންގެ މި އުފެއްދުމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

އިތުރަށް ކިޔާލަން

28 ޖޫން 2017

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު