Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ޖުޑިޝަރީގައި ހިނގާ ހުރިހާ ކަމެއްގެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓެއް ނޫން: މަހްފޫޒު

5 ފެބުރުއަރީ 2019 | އަންގާރަ 03:45

ސްޕްރީމް ކޯޓަށް އެވަގުތަށް ފެނިވަޑައިގަންނަވާހާ ގޮތަކަށް މައްސަލަތައް ނުނިންމޭނެކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 5 ފެބުރުއަރީ 2019 | އަންގާރަ 03:45
ގާނޫނީ ވަކީލް މަހްފޫޒް ސައީދު

ގާނޫނީ ވަކީލް މަހްފޫޒް ސައީދު

ޖުޑިޝަރީގައި ހިނގާ ހުރިހާ ކަމެއްގެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓެއް ނޫން ކަމަށާއި އެގޮތަށް އެއްވެސް ގާނޫނެއްގައި ވެސް ކަނޑައަޅާފައި ނޯންނާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި މަހުފޫޒު ވިދާޅުވީ، އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސްފާރާތަކީ ސުޕްރީމް ކޯޓް ނަމަވެސް ސުޕްރީމް ކޯޓަށް އެ ހިނދަކަށް ފެނިވަޑައިގަންނަހާ ގޮތަކަށް ކަންކުރުމަކީ، ގާނޫނުއަސާސީއާއި ފުށުއަރާކަމެއް ކަމަށެވެ.

Advertisement - newsAdvertisement

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމަލުކުރާނެ ގޮތް ބުނެދޭނީ ރައްޔިތުން. އެގޮތް ދައްކުވައިދެނީ މަޖިލީހުން ފާސްކުރާ ގާނޫނުން، އެ ގާނޫނު ފާސްކޮށްފަ ރައްޔިތުން އަންގަނީ ޖުޑީޝަރީއަށްވެސް ކަލޭމެން މިހެން އުޅޭށޭ. ސަރުކާރަށްވެސް މި އަންގަނީ ކަލޭމެން އުޅޭނީ މިހެންނޭ. މި ހުރިހާ ކަމެއް ކުރަނީ ރައްޔިތުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށްވެސް ކަމެއް ކުރެވޭނީ، އެކަން އެގޮތަށް ކުރުމަށް ރައްޔިތުން ނިންމާ ގާނޫނަކުން އެގޮތަށް އެކަން ކަނޑައެޅުމުންކަމަށެވެ.

އޭނާ ވިދާޅުވީ އެކަން އެއްވެސް ގާނޫނެއްގައި ބަޔާކޮށްފައި އަދި ނެތުމުން އެމަގުން ކަންކަން ނުހިނގާ ކަމަށާއި، ކަން ހިނގަނީ އެއާ ޚިލާފަށްކަމަށެވެ. އެގޮތުން ދަށުކޯޓާކުން ހުށައަޅާފައި އޮތް މައްސަލައެއްގެ ފައިލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އުފުއްލަވައިގެން، އެކޯޓުން އެ މައްސަލަ ބެލީމުން އޭގެން ނުކުންނާނެ ނަތީޖާއަކީ ފުރަތަމަ މަރުހަލާގެ ކޯޓެއްގައި މައްސަލަ ހިންގާ އުސޫލުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އެކަން ހިނގައި ދިއުން ކަމަށް މަހުފޫޒު ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ އިސްތިރުނާފުކުރުމުގެ ހައްގު ގެއްލިގެން ދިއުންކަމަށް ވިދާޅުވިއެެވެ.

ދަށު ކޯޓުން ނިންމާ ނިންމުންތައް މަތީ މަރުހަލާއެއްގެ ކޯޓަކަށް އިސްތިއުނާފަށް ހުށައެޅުމަކީ ކޮންމެ މީހަކަށްމެ ލިބިދީފައިވާ ހައްގެއް ކަމަށާއި، އެހެނަސް ސިވިލް ކޯޓަށް ހުށައަޅާ މައްސަލައެއް ސުޕްރީމް ކޯޓަށް އުފުއްލަވައި އެ މައްސަލަ އެ ކޯޓުން ބަލާނަމަ، މައްސައިގެ ޚަސްމުންނަށް މަތީ މަރުހަލާގައި އިސްތިއުނާފުކުރުމުގެ ހައްގު ވެސް ގެއްލިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން އެގޮތަށް ހިނގަމުން ދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަން އެގޮތަށް ނުހިގާނެގޮތަކަށް، ގާނޫނަކުން ބަޔާން ކުރަން ޖެހޭނެކަމަށް ގަބޫލު ކުރައްވާކަމަށެެވެ.

އޭނާ ވިދާޅުވީ، ސުމޯޓޯ މައްސަލައެއް ހިންގުމަކީ ގާނޫނު އަސާސީއާއި ފުށުއަރާކަމެއް ނޫންކަމަށާއި، ގާނޫނު އަސާސީއާއި ފުށުއަރާ ހާލަތްތަކަކީ، ވަކި ފާރާތެއްގެ މައްޗަށް ޖިނާއީ ހުކުމެއް އަންނަ ފަދަ މައްސަލައެއް، ސްޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގެ ކޯޓެއް ގޮތަށް ބަލާކަމަށް ވާނަމަ އެކަން އެގޮތަށް ނުކުރެވޭނެކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުމޯޓޯ މައްސަލަ ބެލޭނެ ގަވާއިދެއް ސުޕްރީމް ކޯޓުން އަމިއްލައަށް ހަދައިގެން ހިންގުމުގެ ބަދަލުގައި، ސުމޯޓޯ އުސޫލުން ސުޕްރީމް ކޯޓަށް ހިންގިދާނެ މައްސަލަތަކަކީ ކޮބައިކަމާއި، އެ ހާލަތްތަކަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުން، ރައްޔިތުން ގާނޫނެއް ފާސްކުރަން ޖެހޭކަމަށެވެ.

މިހާތަނަށް ކަންހިނގާފައި ހުރި ގޮތަށް ބަލާއިރު، ކަންކަން ހިނގާ ގޮސްފައިވަނީ ގާނޫނެއްގައި ނެތީމައި ފަނޑިޔާރުންނަށް އޮޅިވަޑައިގަނެގެން ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށާއި، މައްސަލަތައް އެގޮތަށް ހިނގާފައި ހުރީ ކުރީގެ ސަރުކާރުން ކޯޓްތަކަށް އިންތިހާއަށް ނުފޫޒު ފޯރުވައިގެންކަމަށް މަހުފޫޒު ވިދާޅުވިއެވެ.

"ކޯޓްތަކުގެ މައްޗަށް ސަރުކާރުން ފޯރުވާފައި އޮތް ވަރުގަދަ ނުފޫޒެއްގެ ސަބަބުން ކަންކަން އެހެން ހިނގަމުން ދިޔައީ. އިރާދަކުރެއްވިއްޔާ އެ ނުފޫޒު މިހާރު އޮތްކަމަކަށް ގަބޫލެއް ނުކުރަން" މަހުފޫޒު ވިދާޅވުިއެވެ.

މަހުފޫޒު ވިދާޅުވީ، އާ ސަރުކާރު އައިސް މި ވޭތުވެ ދިޔަ ދުވަސްތަކުގައި ކޯޓުތަކުގެ ނިންމުން ތަކަށް ބަލާއިރު، މި ސަރުކާރުން ކޯޓްތަކުގެ މަައްޗަށް ނުފޫޒު ފޯރުވާފައެއް ނުވެއެވެ.

ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކޮށް އިންސާފު ގާއިމް ކުރުމަށް އެންމެ މުހިއްމީ ޖުޑީޝަރީގައި ހުރި މައްސަލަތައް ހައްލުކުރެވޭނެފަދަ ގާނޫނުތަކެއް ހެދޭނެ ގާބިލް ބަޔަކު ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހޮއްވަވައިގެންކަން އޭނާ ފަހަގަކުރެެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

09 ޖޫން 2017

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ

09 ޖޫން 2017
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ
02 ޖޫން 2017

ޕްރޮޕޯސަލް ހުށަހެޅުމުން ނޫނީ ރަށެއް ދުލެއް ނުކުރަން، ކޮރަޕްޝަނެއް ހިނގާފައެއް ނޯންނާނެ: އަސްލަމް

02 ޖޫން 2017
ޕްރޮޕޯސަލް ހުށަހެޅުމުން ނޫނީ ރަށެއް ދުލެއް ނުކުރަން، ކޮރަޕްޝަނެއް ހިނގާފައެއް ނޯންނާނެ: އަސްލަމް
17 މެއި 2017

ރައީސް ޔާމީން ދަނީ ސިޔާސީ ހަރަކާތް ހިނގާނެގޮތް ދަސްކުރައްވަމުން: ޢަލީ ޒާހިރު

17 މެއި 2017
ރައީސް ޔާމީން ދަނީ ސިޔާސީ ހަރަކާތް ހިނގާނެގޮތް ދަސްކުރައްވަމުން: ޢަލީ ޒާހިރު
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
31 މާރިޗު 2017

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

31 މާރިޗު 2017
ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް
27 މާރިޗު 2017

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

27 މާރިޗު 2017
ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް