Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ޕްރޮޕޯސަލް ހުށަހެޅުމުން ނޫނީ ރަށެއް ދުލެއް ނުކުރަން، ކޮރަޕްޝަނެއް ހިނގާފައެއް ނޯންނާނެ: އަސްލަމް

2 ޖޫން 2017 | ހުކުރު 04:32

އެރަށްތައް ދޫކުރީ އެންމެނަށް ހުޅުވާލައިގެން ވަރަށް ފާޅުކަން ބޮޑުކޮށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 ޖޫން 2017 | ހުކުރު 04:32
އަސްލަމް ފަލަ ސުރުޚީ ޕްރޮގްރާމްގައި

އަސްލަމް ފަލަ ސުރުޚީ ޕްރޮގްރާމްގައި

އެމްޑީޕީގެ ސަރުކާރުން ދޫކުރި އެއްވެސް ރަށެއް ޕްރޮޕޯސަލް ހުށަނާޅަނީސް ދޫކޮށްފައި ނުވާނެ ކަމަށާއި އެއިން އެއްވެސް ރަށެއް ދޫކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ވެސް ހިނގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގައި އުފެއްދެވި ނެޝަނަލް ޕްލޭނިންގ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އޭރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ބުރާސްފަތި ދުވަހުގެރޭ ގެނެސްދިން "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްލަމް މިހެން ވިދާޅުވީ އޮޑިޓަރ ޖެނެރަލް އނެރުއްވި އޮޑިޓް ރިޕޯޓުގައި އެމްޑީޕީގެ ސަރުކާރުން ބިޑަކާ ނުލައި 17 ރަށެއް ދޫކޮށްފައިވާ ކަމަށް ބުނެފައި ވާތީއެވެ. އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުގެ ކުރިން އޮތް ސަރުކާރުންވެސް ސީއެސްއާރުގެ ދަށުން ރަށްތައް ދޫކޮށް އެޑްވާންސްގެ ގޮތުގައި ފައިސާ ނަގަމުން ދިޔަ ކަމަށެވެ. އެގޮތުން އެމްޑީޕީ ވެރިކަމަށް އައިރު ރައްޔިތުން ތިބީ ވަރަށް ގިނަ ކަންކަމަށް ބޭނުންވެފައި ކަމަށާއި އޭގެ ތެރެއިންވެސް ފެނާއި ނަރުދަމާއަށް ބޭނުން ވެފައިވާ ރަށްރަށް ނުހަނު ގިނަ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެފަދަ ކަންކަން ކުރުމަށްޓަކައި ނޭޝަނަލް ޕްލޭނިން ކައުންސިލެއް ރައީސް ނަޝީދު އުފެއްދެވި ކަމަށާއި އެކައުންސިލްގައި ތިބީ ހަމައެކަނި ސަރުކާރުގެ ބޭފުޅުން އެކަނި ނޫން ކަމަށެވެ.

އެކައުންސިލުން ހުޅުވާލީ އަސްލަމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނެ ފަރާތްތަކަށް އެގޮތަށް ރަށްތައް ދޫކުރާ ގޮތަށެވެ. އަދި އެކަމަށްޓަކައި ހުޅުވާލީ އެންމެންނަށް އެނގޭ ގޮތަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެކަމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޕްރޮޕޯސަލް ހުށަހެޅި ކަމަށާއި އެޕްރޮޕޯސަލްތަކަށް ބަލައި ބައެއް ރަށްރަށް ހަވާލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދޫކުރެވުނީ އެމީހަކު ބޭނުންވިއްޔާ ބޭނުންހާތާކުން ދޫކުރާ އުސޫލުން ނޫން ކަމަށާއި އެރަށްތަކުގެ އަގުމަގު ކުރެވި އެރަށަކަށް ހެކްޓަރަކުން ޖެހޭ އަގެއް ބެލުމަށް ފަހު ކަމަށެވެ.

"ރަށްތައް ދޫކޮށްފައި ހުންނާނީ އެރަށެއް ލިބޭ ފަރާތުން މަޝްރޫއެއް ހިންގަން ޖެހޭ ރަށަށް އެމަޝްރޫޢަށް ތަކެއްޗާ މެޝިނަރީޒް ގެންދިއުމުން އެއްބަސްވުން އިފެކްޓިވްވާ ގޮތަށް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެކަމަކީ މަދުބަޔަކަށް އެނގިގެން އައިކަމެއް ނޫން ކަމަށާއި އެތައް ބަޔަކަށް އެނގޭ ގޮތަށް ހިންގި މަޝްރޫޢެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ އެކަން ވަރަށް ރަނގަޅަށް ހިނގަމުން އަންނަނިކޮށް ކަމަށާއި އެކަން ނުހުއްޓުނު ނަމަ ރައްޔިތުން އެދި ތިބި ވަރަށް ގިނަ ކަންކަން ވުމުގެ އިތުރުން ވިޔަފާރި އާއި އިޤްތިސޯދު ވެސް ފުޅާވެގެން ދިޔައީސް ކަމަށެވެ.

"އެކަން ހިނގުމުގައި ވެސް އެއްެވެސް ކޮރަޕްޝަނެއް ހިމެނިފައެއް ނުވާނެ. އަދި އެއީ ގިނަ ބަޔަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ ކަމެއް. އެހެންވީމާ އެހާ ގިނަ ބަޔަކު ޕްރޮޕޯސަލް ހުށަހެޅީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިދުވަސްވަރު އެ 17 ރަށުގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ވާހަކަ ދެއްކުވުން ހުއްޓުވުން ކަމަށާއި އެހެންނަމަވެސް މިއަދުގެ ސަރުކާރުން އެމްޑީޕީގެ ބޮލުގައި އަޅުވަން އުޅުނު އެއްވެސް ކަމެއް އެޅުވިފައި ނުވާ ކަމަށެވެ.

"އަތްފުނާ އަޅައިގެން ވެސް މިދެއްކުނީ އެބުނާ 400 ރަށުގެ ތެރެއިން 17 ރަށެއް. އެކަމަކު އެއިން ރަށެއް ނުހުންނާނެ ކޮންޑިޝަންތަކަކާއެކުގައި ނޫނީ ދޫކޮށްފައެއް،" އަސްލަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް