Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތްލެޓިކްސް

އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިއުލާންކޮށްފި

4 ފެބުރުއަރީ 2019 | ހޯމަ 09:51

މުބާރަތް އޮންނާނީ މާޗް މަހުގެ 15 އިން 17 އަށް ހޮންގް ކޮންގައި

މިއުނާ ހަސަން
މިއުނާ ހަސަން | 4 ފެބުރުއަރީ 2019 | ހޯމަ 09:51
އެތުލެޓިކްސް ޓީމް

އެތުލެޓިކްސް ޓީމް

މާޗް މަހުގެ 15 އިން 17 އަށް ހޮންގް ކޮންގްގައި ބާއްވާ ތިން ވަނަ އޭޝިއަން ޔޫތު އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމް އިއުލާން ކޮށްފިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ އިއުލާނުގައި ބުނެފައި ވަނީ ގައުމީ ޓީމަށް އެތުލީޓުން ހޮވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 އަދި 26 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި ޓައިމް ޓްރައިލުން ކަމަށެވެ.

އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނެނީ ދެ އަންހެން އެތުލީޓުންނާއި ދެ ފިރިހެން އެތުލީޓުންގެ އިތުރުން ކޯޗެކެވެ.

ޓީމުގައި ހިމެނިފައިވާ ބައިވެރިންނަކީ؛ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގައި ތަމްރީންވަމުން އަންނަ އައްޑޫ ހައި ސްކޫލްގެ ޢާއިޝަތު ހިމްނާ ޙަސަން، އައްޑޫ ޝަރަފުއްދީން ސްކޫލްގެ މަރިޔަމް އަލްހާ ޙުސައިން، ކުޅުދުއްފުށީ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގައި ތަމްރީންވަމުން އަންނަ މުޙައްމަދު ޝާމް އަޙްމަދު އަދި ނޭޝަނަލް އެތުލެޓިކްސް ޓްރެއިނިން ސެންޓަރގައި ތަމްރީން ހަދަމުން އަންނަ އެޑިޔުކޭޝަން ސްކޮލަރޝިޕް އެތުލީޓް ޢިބާދުﷲ އާދަމްއެވެ.

ގައުމީ އެތުލެޓިކްސް ޓީމްގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރުގެ ކޯޗް ހަސަން ޚަލީލެވެ.

މުބާރާތުގައި ހިމްނާ ވާދަކުރާނީ އަންހެން 200 މީޓަރު ދުވުމާއި، 400 މީޓަރު ދުވުމުގައެވެ. މިއީ ހިމްނާ ގައުމީ ޓީމް ތަމްސީލްކުރާ ދެ ވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ހިމްނާ ވަނީ 400 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީން ރާއްޖޭގެ ގައުމީ ރެކޯޑް ދެ ފަހަރަށް އާކޮށްފައެވެ.

އަލްހާ މުބާރާތުގައި ވާދަކުރާނީ އަންހެން 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ. މިއީ އަލްހާ ގައުމީ ޓީމް ތަމްސީލްކުރާ ފުރަތަމަ ފަހަރެވެ.

އަލްހާ ވަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ނޭޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުން ލޯމެޑަލް އަދި 400 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ.

ޢިބާދުﷲ މުބާރާތުގައި ވާދަކުރާނީ ފިރިހެން 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ. މިއީ އިބާދުﷲ ގައުމީ ޓީމް ތަމްސީލްކުރާ ދެ ވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ރިލޭގައި ވާދަކުރި ޓީމްގައި ހިމެނިފައެވެ.

ޝާމް މުބާރާތުގައި ވާދަކުރާނީ ފިރިހެން 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ. މިއީ ޝާމް ގައުމީ ޓީމް ތަމްސީލްކުރާ ފުރަތަމަ ފަހަރެވެ. ޝާމްވަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ނޭޝަނަލް ގްރޯން ޕްރީ މުބާރާތުގެ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް