Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

ޖިނާއީ އަދުލުގެ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ފެބުރުއަރީ 2019 | އާދީއްތަ 17:55
ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ރައްޔިތުންގެ މަޖިލީހަށް ހޮވަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން ކަމަށް ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ނިޝާން ވިދާޅުވީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށާއި، އެކަން ހައްލުކުރުމަށްޓަކައި ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ބަދަލުތަކަކާއި އިސްލާހުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި އެ ބަދަލުތައް ގެނައުމަށް އެކަށޭނަ މަޖިލީހެއް ޤާއިމުވެފައި އޮންނަން ޖެހޭނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ މި ވިސްނުން ހުންނަ މެމްބަރުންނޭ މަޖިލީހަށް ގެންނަންވާނީ. މަޖިލީހަށް ގެންނަންވާނީ މި ފަންނަށް ސްޕެޝަލައިޒްވެފަ ތަހައްސުސްވެފަ މިކަންކަން ކުރެވޭނެ ވަރުގެ ލަޔާގަތާ ޤާބިލުކަން ލިބިފަ ހުރި މީހުންނޭ މަޖިލީހަށް ގެންނަން ވާނީ. ދިވެހި ރައްޔިތުން އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކޮށްފައިވާ ސަރުކާރުގެ ޓާރމްސްގައި އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދޭވަރުގެ ހެއުލަފާ ރަނގަޅު މީހުންނޭ، މިކަންކަން ކުރުމުގެ ވިސްނުން ހުރި، މިކަންކަން ކުރުމުގެ އިލްމާއި ޤާބިލުކަން ލިބިފައިވާ، މިކަންކަމަށް ގޮތެއް ނިންމުމުގެ ވިސްނުން ހުރި ދުުރު ރާސްތާ ޕްލޭންތަކެއް އޮތް، ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވޭ ރަނގަޅު ބަޔަކު މަޖިލީހަށް ގެނެސްގެން މިކަމަށް ހައްލު ގެނައުމަކީ މިވަގުތު ދިވެހި ރައްޔިތުން އަތުކުރި އޮޅައިގެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން" ނިޝާން ވިދާޅުވިއެވެ.

ޤާނޫނަށް ބަދަލު ގެނައުމަކީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ، ރައީސްގެ ވައުދުފުޅުތަކާއި އެމްޑީޕީގެ 'މަޖިލިސް19 އެޖެންޑާ' ގައި ހުރި ބަދަލުތަކުގެ އެހީގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެގޮތުން ރައީސްއަށް ކުރެވިދާނެ ކަންކަމަށް ބަލާއިރު، ވަކި ފަނޑިޔާރުންނަށް ފިޔަވަޅު އަޅާ، އައްޔަނު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރާނީ ޖޭއެސްސީއިން ކަމަށް ނިޝާން ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި ރައީސަށް އެހީވާނެ ފުލް މެޖޯރިޓީ އޮންނަ މަޖިލީހެއް އޮންނަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހުށައަޅާ ބިލުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ފާހަގަ ކުރަމުން ނިޝާން ވަނީ މަޖިލިސް 19 ގެ އެޖެންޑާގައި ޖުޑިޝަރީ އިސްލާހު ކުރުމަށް ހުށައަޅާފައިވާ ކަންކަމަށް ތާއީދުކުރައްވައި ވާހަކަދައްކަވާފާއެވެ.

އެމްޑީޕީން 19 ވަނަ މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އެޖެންޑާގައި ވާގޮތުން އަމިއްލަ އިސްނެގުމަށް ސުޕްރީމް ކޯޓުން މައްސަލަ ނުބެލުމާއި، ހައި ކޯޓުގެ އުތުރު އަދި ދެކުނު ގޮފި އުވާލުމާއި، ސުޕްރީމް ކޯޓުން ހުޅުވާލައިގެން އަޑުއެހުމެއް ނުބާއްވައި، އަމުރު ނުނެރުމުގެ އިތުރުން ކޯޓުތަކުން ބަލާ މައްސަލަތަކުގެ ފައިލްތައް ސުޕްރީމް ކޯޓަށް ނެގުން ހުއްޓާލުމާއި، ކޯޓުތަކަށް ސުޕްރީމް ކޯޓުން ލަފަޔާއި އިރުޝާދު ދިނުން ހުއްޓާލުން ފަދަ ކަންކަން ހިމެނެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު