Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ އެއާލައިން މޯލްޑިވިއަން

މޯލްޑިވިއަންގެ 25 އަށްވުރެ ގިނަ ޕައިލެޓުން މާދަމާ ޑިއުޓީއަށް ނުނިކުންނާނެ

3 ފެބުރުއަރީ 2019 | އާދީއްތަ 16:53

ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ އަމީން އިސްތިއުފާ ދެއްވާ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ފެބުރުއަރީ 2019 | އާދީއްތަ 16:53
އައިލެންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް

އައިލެންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް

އައިލެންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ 25 އަށްވުރެ ގިނަ ޕައިލެޓުންގެ ސޭފްޓީއާ މެދު އިހުމާލުވާތީ، މާދަމާ ޑިއުޓީއަށް ނުނިކުތުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންގައި މަސައްކަތްކުރާ ކެޕްޓަނެއް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، މޯލްޑިވަންގައި މަސައްކަތް ކުރާ ގިނަ ޕައިލެޓުންނާއި މެދު އަމަލުކުރަނީ ވަރަށް ބޭއިންސާފުން ކަމަށާއި، ވަރަށް ގިނަ ސޭފްޓީ މައްސަލަތައް އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ބުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ވެސް ހައްލެއް ނާންނަ ކަމަށާއި، ދަށު ރޭންކުތަކުގައި ތިބި ޕައިލެޓުންނާއި މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

އެގޮތުން ގިނަ ޕައިލެޓުންނާމެދު ކަންތައްތައް ކުރަނީ ވަރަށް ބޭއިންސާފުން ކަމަށްވާތީ، އިހުތިޖާޖު ކުރުމުގެ ގޮތުން މާދަމާ ޑިއުޓީ އަށް ނުނިކުތުމަށް 25 އަށްވުރެ ގިނަ ޕައިލެޓުން ނިންމާފައިވާ ކަމަށެވެ. އަދި މިއަދަދު އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ބުނީ ސިވިލް އޭވިއޭޝަންގެ ގަވާއިދުން މެކްސިމަމް ޑިއުޓީ އަކީ 7 ދުވަސް ކަމަށެވެ. ނަމަވެސް މިއުސޫލު ވެސް ދައިމީ އުސޫލަކަށް ހަދާފައިވާ ކަމަށެވެ.

'' އެމެޖެންސީ ހާލަތެއްގަ މެކްސިމަމް ޑިއުޓީ ކުރަންޖެހޭނީ. ވަރުބަލިވާނެ އަބަދު މިހެން އުޅެންޏާ. ސޭފްޓީއެއް ވެސް ނުވާނެ. މިހާރު މިއުސޫލު ދާއިމީ އުސޫލަކަށް ހަދާފަ'' ކެޕްޓަން ބުންޏެވެ.

ނަން ހާމަ ނުކުރަން އެދި ވާހަކަ ދެއްކި ކެޕްޓަން ބުނީ، ޕައިލެޓުންގެ ޑިމާންޑަކީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން މަގާމުން ވަކިކުރުން ކަމަށާއި، މިއަދާ ހަމައަށް ގެންދިޔަ އެއްވެސް މައްސަލައަކަށް އޭނާ ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ. އަދި ކޮންމެ މައްސަލައެއް ވެސް އޭނާ ސިޔާސީ ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މިމައްސަލަތަކަށް ހައްލު ނުލިބެނީސް ޑިއުޓީއަށް ނުނިކުންނާނެ ކަމަށާއި، އޮޕަރޭޝަންތަކަށް ބުރޫ އަރާނެ ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓްތަކަކީ ގިނަ ދިވެހިންނާއި، ފަތުރުވެރިން ދަތުރުފަތުރު ކުރުމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ކުންފުންޏެވެ. ނަމަވެސް މިމައްސަލައާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް