Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަވީރު ނޫސް

ހަވީރު ނޫހުގެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށްފި

31 ޖެނުއަރީ 2019 | ބުރާސްފަތި 09:45

ހަވީރު ނޫސް ހުއްޓާލީ 31 މާޗް 2016ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 ޖެނުއަރީ 2019 | ބުރާސްފަތި 09:45
ހަވީރު ނޫސް ހިންގި އިމާރާތް

ހަވީރު ނޫސް ހިންގި އިމާރާތް

ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފިއެވެ.

ހަވީރު ނޫހުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ފަރާތުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި އެ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެ ދައުވާ ކުރި ފަރާތްތަކުން ނޭދޭ ކަންކަމަށް ވެސް ދަށު ކޯޓުގެ ހުކުމުގައި ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ދައުވާގައި ނޭދޭ ކަންތައްތަކުގެ މައްޗަށް ހުކުމްނުކުރެވޭނެކަން ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ކަނޑައަޅާފައިވާތީ އެ މައްސަލަ ސިވިލް ކޯޓުން އަލުން ބެލުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.

Advertisement - newsAdvertisement

އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ "ހަވީރު ނޫސް އޭޖެންސީ"ގެ އާމްދަނީން އެ ތިން މީހުންނަށް ލިބެން ޖެހޭ މިންވަރު ހޯދުމަށާއި އެތަން ހިންގުމުގައި އެ ތިން މީހުންނަށް ބައިވެރިވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެނޫހުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް، އެހެން މީޑިއާއެއްގައި މަަސައްކަތް ކުރާ ނަމަ، އެކަމަށް ފިޔަވަޅު އެޅުމަށެވެ. އަދި "ހަވީރު"ގެ ހުރިހާ މުދަލާއި ހަވީރު ވެބްސައިޓާއި އާކައިވް ވެސް، "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ގޮތަކަށް ބަދަލު ކުރުމަށާއި "ހަވީރު މީޑިއާ ގްރޫޕް"ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން ވެސް ދައުލަތުގެ މައްޗަށް، އޭރުގެ ގާޒީ މުހައްމަދު ހަލީމް 03 ޖުލައި 2016 ގައި އިއްވެވި ހުކުމުގައިވެއެވެ.

ދުވަހު ނޫސް "ހަވީރު" ގައި ހިއްސާ އޮތް ކަމަށް ބުނެ އެ ތިން ފަރާތުން ކުރި ދައުވާގައި ބުނެފައި ވަނީ "ހަވީރު" ނޫހަކީ 1983 ގައި އުފެއްދި "ހަވީރު ނިއުސް އެޖެންސީ" ގެ މުދަލެއް ކަމަށެވެ. ނަމަވެސް "ހަވީރު" ނޫހަކީ ޑރ. ޒާހިރުގެ މަސްއޫލުވެރިކަމުގެ ދަށުން އޭގެ ހަތަރު އަހަރު ކުރިން ވެސް ނެރެމުން އައި ނޫހެކެވެ. އަދި "ހަވީރު ނިއުސް އެޖެންސީ" އުފައްދަން އެ ތިން ބޭފުޅުންނާ އެކު ޑރ. ޒާހިރު ސޮއިކުރެއްވި ނަމަވެސް އޭރުގެ އިންފޮމޭޝަން ޑިޕާޓްމަންޓްގައި އެ އެޖެންސީ ރެޖިސްޓްރީކޮށްފައި ވަނީ ޑރ. ޒާހިރު ނުހިމެނޭ ގޮތަށް އިބްރާހީމް ރަޝީދު މޫސާ އާއި ފާރޫގުގެ އިތުރުން ނައީމު ހިމެނޭ ގޮތަށެވެ. ކޯޓުގައި ޑރ. ޒާހިރުގެ ފަރާތުން ބުނަމުން ދިޔައީ އެއްވެސް އިރެއްގައި "ހަވީރު"ގެ މިލްކުވެރިކަން "ހަވީރު ނިއުސް އެޖެންސީ" އަށް ބަދަލުކޮށްފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް މުއާމަލާތެއް ކޯޓެއްގައި ވެސް އަދި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއެއްގައި ވެސް ކޮށްފައި ނުވާނެ ކަމަށެވެ.

ހަވީރުގެ ފަރާތުން ސިވިލް ކޯޓުގައި އޭރު ބުނެފައި ވަނީ "ހަވީރު" ތަރައްގީކޮށް ބޭނުންވާ ވަސީލަތްތައް ހޯދާފައި ވަނީ ޑރ. ޒާހިރުގެ އަމިއްލަ ގެކޮޅު ހ. ނީލްވިލާ އާއި އަމިއްލަ ނަންފުޅުގައި ލޯނު ނަންގަވައިގެން ކަމަށާއި އެހެން އެއްވެސް ފަރާތެއްގެ ބައިވެރިވުން އޭގައި ނޯންނާނެ ކަމަށެވެ. އަދި 2013 ވަނަ އަހަރު "ހަވީރު"ގެ ހުރިހާ މުދައްލެއް ވަނީ ޑރ. ޒާހިރުގެ ތިން ބޭފުޅުން ކަމަށްވާ ވާއިލް އާއި ލީނާ އަދި ލުބްނާ ޒާހިރު ހުސައިންގެ ހިއްސާވާ ގޮތަށް އުފައްދާފައިވާ "ހަވީރު މީޑިއާ ގްރޫޕް"ގެ ދަށަށް ބަދަލުކޮށްފައެވެ.

ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ "ހަވީރު"ގެ ކުރީގެ މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި އުޅުން މަނާ ކަމަށް ކަނޑައެޅި ބަޔާއި އެ މުވައްޒަފުން އެހެން މީޑިއާއެއްގައި އުޅޭ ނަމަ އެކަމަށް ފިޔަވަޅު އަޅަން އަންގާފައި އޮތް ބަޔާއި "ހަވީރު"ގެ މުދަލާއި ފައިސާ އާއި ވެބްސައިޓާއި އާކައިކް، "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ފަރާތަކަށް ބަދަލުކުރަން އެންގި އެންގުމާއި "ހަވީރު މީޑިއާ ގްރޫޕް"ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން އެންގި އެންގުމަކީ ދައުވާގައި އެދިފައި ނެތް ކަންތައްތަކެއް ކަމަށެވެ.

އެހެންކަމުން ދައުވާކުރި ކަންކަމަށް ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލް ކުރަން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުން ހުކުމް ކުރައްވާ ކަމަށެވެ.

އޭރު ރާއްޖޭގެ އެންމެ މަގުބޫރު ދުވަހު ނޫސް "ހަވީރު"، 37 އަހަރަށް ފަހު 31 މާޗް 2016ގައި ހުއްޓާލީ ދާދި ފަހުން ގާޒީކަމުން އިސްތިއުފާ ދެއްވި ހަލީމް އޭރު ނެރުއްވި ވަގުތީ އަމުރާ ގުޅިގެން އެ ގޮތަށް އެކަން ކުރައްވަން ހަވީރު މީޑިއާ ގްރޫޕްގެ އޭރު މެނޭޖްމަންޓުން ބޭނުން ނުވުމުންނެވެ. ދައުވާ ކުރި ތިން ބޭފުޅުން ބައިވެރިކޮށްގެން "ހަވީރު"ގެ ހުރިހާ މުއާމަލާތްތަކެއް ކުރުމަށް ހުކުމުގައި ވެއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި "ހަވީރު"ގެ މުވައްޒަފުންނާ ގުޅޭ ގޮތުން ހިމެނޭ ބައި މުވައްޒަފުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް