Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

36 ދާއިރާއަށް ވާދަ ކުރަން ޖޭޕީން ނިންމައިފި

30 ޖެނުއަރީ 2019 | ބުދަ 20:28

ޖޭޕީގެ މަޖިލިސް މެމްބަރުންނަށް ޓިކެޓް ދީފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 30 ޖެނުއަރީ 2019 | ބުދަ 20:28
ޖުމްހޫރީ ޕާޓީގެ ކައުންސިލް ކައުންސިލް ބައްދަލުވުމުގެ ތެރެއިން

ޖުމްހޫރީ ޕާޓީގެ ކައުންސިލް ކައުންސިލް ބައްދަލުވުމުގެ ތެރެއިން

މި އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 36 ދާއިރާއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ވާދަ ކުރަން ނިންމައިފިއެވެ.

ޖޭޕީގެ ފަރާތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓުން ކަނޑައެޅުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދިނުމަށް އެ ޕާޓީން ކައުންސިލުން ނިންމާފައެވެ. ކުރިން ނިންމާފައި އޮތީ ކޮމެޓީއަކުން ޓިކެޓް ދޭ ގޮތަށެވެ.

Advertisement - newsAdvertisement

ޖޭޕީ ކައުންސިލުން ނިންމި ނިންމުމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން، ގާސިމް ވިދާޅުވީ 36 ދާއިރާއަށް އެ ޕާޓީން ވާދަ ކުރަން ނިންމީ ކޯލިޝަން އެއްބަސްވުމަށް އެމްޑީޕީން އިހްތިރާމު ނުކުރުމުން، ގޮތް ހުސްވެގެން ކަމަށެވެ. ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ދިނުމުގައި ބަލާނީ ކުރިމަތިލާފައިވާ މީހުންގެ ގާބިލު ކަމަށާއި ހޮވޭނެ ކަމުގެ ފުރުސަތު ބޮޑު ފަރާތްތަކަކަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ކޯލިޝަނުން މަޖިލީހަށް ވާދަ ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެ، ގާސިމް ވިދާޅުވީ އެ އެއްބަސްވުމަށް އިހްތިރާމް ނުކުރުމުން ނާށިގަނޑު ހިފައިގެން ސަލާން ޖަހަން މަޖުބޫރުވެއްޖެ ކަމަށެވެ. އަދި ޕާޓީގެ ފަރާތުން ޓިކެޓް ދިނުމުގެ ބާރުތައް ޕާޓީގެ ލީޑަރަށް ދިނުމަށް ކައުންސިލުން ނިންމީ ވަގުތު ކުޑަތަންވެފައި އޮތުމުން، ފަސޭހައިން ކަންކަން ނިންމުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. "އެ ބާރުވެރިކަން އަޅުގަނޑަށް ދޫކޮށްލީ ވެސް މި ޕާޓީތަކާ ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ފަސޭހައިން ކުރިއަށް ދެވޭނެ ގޮތެއް ހޯދަން. އެ ދާއިރާ ދޫކޮށްލާފައި، މި ދާއިރާ ނަގާފައި އެ ގޮތަށް ގެންދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން،" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ޖޭޕީން ޓިކެޓް ދިން މީހުންގެ ތެރޭގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ހިމެނެއެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދަކީ 21 އެވެ. ޖޭޕީއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ.

ޖުމްހޫރީ ޕާޓީން ވާދަ ކުރާ ދާއިރާތަކާއި ޓިކެޓް ދިން ފަރާތްތައް:

1. ހަނިމާދޫ ދާއިރާ ހުސައިން ޝަހުދީ

2. ކުޅުދުއްފުށީ އުތުރު ދާއިރާ ނަސްރުﷲ އިސްމާއިލް

3. ކަނޑިތީމު ދާއިރާ މުހައްމަދު ހުސައިން

4. އުނގޫފާރު ދާއިރާ އިލްހާމް އަހުމަދު

5. މަޑުއްވަރީ ދާއިރާ މުހައްމަދު އަމީތު އަހުމަދު

6. ކެންދޫ ދާއިރާ އަލީ ހުސައިން

7. ކެރެންދޫ ދާއިރާ އަލީ ހުސައިން

8. ކާށިދޫ ދާއިރާ މާޖިދު ސުލައިމާން

9. އއ. ތޮއްޑޫ ދާއިރާ އިބްރާހިމް ހަސަން

10. މަތިވެރި ދާއިރާ ހުސައިން މުހައްމަދު

11. މާމިގިލީ ދާއިރާ ގާސިމް އިބްރާހިމް

12. ދަނގެތި ދާއިރާ މުހައްމަދު ނާޒިމް

13. ކެޔޮދޫ ދާއިރާ މޫސާ ނިޒާރު އިބްރާހިމް

14. ވިލުފުށީ ދާއިރާ ރިޔާޒު ރަޝީދު

15. ތިމަރަފުށި ދާއިރާ އަބްދުﷲ ރިޔާޒު

16. ގުރައިދޫ ދާއިރާ ހުސައިން މަނިކު ދޮންމަނިކު

17. އިސްދޫ ދާއިރާ އަލީ ހަމީދު

18. ފޮނަދޫ ދާއިރާ ފާތިމަތު ޒައީމް

19. ގަމު ދާއިރާ އާދަމް އާސިފު

20. މާވަށޫ ދާއިރާ އަހުމަދު އަޒްހާން ފަހުމީ

21. ވިލިނގިލި ދާއިރާ ސައުދު ހުސައިން

22. ގެމަނަފުށި ދާއިރާ އަލީ އާދިލް

23. ދާންދޫ ދާއިރާ މުހައްމަދު ޝިޔާމް

24. ތިނަދޫ ދެކުނު ދާއިރާ އަބްދުﷲ އަހުމަދު

25. ފަރެސްމާތޮޑާ ދާއިރާ މުހައްމަދު މުހުތާރު

26. ފުވައްމުލަކު އުތުރު ދާއިރާ އަލީ ޝާހު

27. ހިތަދޫ މެދު ދާއިރާ ހުސައިން ސޯލިހު

28. ހެންވޭރު ދެކުނު ދާއިރާ އިރުތިޝާމް އާދަމް

29. ހެންވޭރު އުތުރު ދާއިރާ އަލްހާން ފަހުމީ

30. މައްޗަންގޮޅި ދެކުނު ދާއިރާ އިބްރާހިމް މަމްނޫން

31. މާފަންނު ދެކުނު ދާއިރާ މުހައްމަދު ހަމްދާން

32. ވިލިމާލެ ދާއިރާ ޑރ. މުހައްމަދު ޖަމީލު އަހުމަދު

33. ގަލޮޅު ދެކުނު ދާއިރާ އަބްދުﷲ ނަވާޒު

34. ހެންވޭރު ހުޅަނގު ދާއިރާ އާއިޝަތު ނާޒިމާ

35. ބިލެއްދޫ ދާއިރާ އަހުމަދު މުބީން

36. މަހިބަދޫ ދާއިރާ އަހުމަދު ސުނިލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް