Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެނިސް ސުއަރޭޒް

ބާސާގެ އެއްބަސްވުން އާކޮށް، ލޯން އެއްބަސްވުމުގެ ދަށުން ސުއަރޭޒް އާސެނަލްއަށް ބަދަލުވެއްޖެ

30 ޖެނުއަރީ 2019 | ބުދަ 12:37

ސުއަރޭޒް އާސެނަލްއަށް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުން

ލީވާން އަލީ
ލީވާން އަލީ | 30 ޖެނުއަރީ 2019 | ބުދަ 12:37
ޑެނިސް ސުއަރޭޒް

ޑެނިސް ސުއަރޭޒް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު ޑެނިސް ސުއަރޭޒްގެ އެއްބަސްވުން އާކޮށް، ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލްއަށް ބަދަލުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސުއަރޭޒް ވަނީ ބާސާއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. އެއްބަސްވުން އާކުރި ނަމަވެސް އޭނާ އާސެނަލްއަށް ބަދަލުވެފައި ވަނީ މި ސީޒަނުގެ ނިޔަލަށެވެ. އެގޮތުން މި ސީޒަނަށް ފަހު ސުއަރޭޒް އެނބުރި ބާސާއާ ގުޅޭނެއެވެ. ނަމަވެސް 20 މިލިއަން ޔޫރޯ ބާސާއަށް ދިނުމަށް ފަހު ސުއަރޭޒް ގަތުމުގެ ފުރުސަތު އާސެނަލްއަށް އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސުއަރޭޒް ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލްއަށް ބަދަލުވިކަން ބާސާގެ ކޯޗު ވަލްވާޑޭ ވަނީ ކަށަވަރުކޮށްދީފައެވެ.

ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ގިނަ ކްލަބްތަކުން ފާރަލަމުންދިޔަ ސުއަރޭޒް ހޯދުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރަމުންދިޔައީ ޗެލްސީންނެވެ.

މެންޗެސްޓާ ސިޓީން 2011 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ސުއަރޭޒް ވަނީ ސެވިއްޔާ އަދި ވިޔަރެއާލް އަށް ކުޅެފައެވެ. އޭނާ ވަނީ ބާސާ އަށް މިހާތަނަށް ކުޅުނު 71 މެޗުގައި 8 ލަނޑު ވެސް ކާމިޔާބުކޮށްފައެވެ.

ބާސާއާ އެކު ސްޕެނިޝް ލަލީގާ އެއްފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު އަދި ދެ ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައިވާ ސުއަރޭޒް ވަނީ ސެވިއްޔާއާ އެކު ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއެކު 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ސުއަރޭޒް ވަނީ ސްޕެއިންގެ އުމުރުފުރާތަކުގެ ޓީމުތަކުގެ އިތުރުން ސީނިއާ ޓީމަށް ވެސް ކުޅެފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް