Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާން

މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ސޫދާނުގެ އިންޓެލިޖެންސް ވެރިޔާ އަމުރު ކުރައްވައިފި

މުޒާހަރާތައް ފެށުނީ ޕާނުގެ އަގުބޮޑުކުރުމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 ޖެނުއަރީ 2019 | ބުދަ 05:49
ވެރިރަށް ޚަރްތޫމްގައި ރައީސް އުމަރު އަލް ބަޝީރާއި ދެކޮޅަށް މުޒާހަރާކުރަނީ

ވެރިރަށް ޚަރްތޫމްގައި ރައީސް އުމަރު އަލް ބަޝީރާއި ދެކޮޅަށް މުޒާހަރާކުރަނީ

ސޫދާނުގައި ހަފްތާއަކަށް ދެމިގެން ދިޔަ މުޒާހަރާގައި ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލުމަށް އެގައުމުގެ އިންޓެލިޖެންސް ވެރިޔާ އަމުރު ކުރައްވައިފިއެވެ.

އަންގާރަ ދުވަހު މިކަން އިއުލާނު ކޮށްފައިމިވަނީ ޚަރްތޫމްގައި ހިނގަމުންދާ މުޒާހަރާތައް ހުއްޓުވުމުގައި އަމަލުކުރަމުންދާ ގޮތާމެދު ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގައެެވެ.

"ނޭޝަނަލް އިންޓެލިޖެންސް އެންޑް ސިކިއުރިޓީ ސަރވިސަގެ ވެރިޔާވަނީ ދާދިފަހުން ހިނގާ މިދިޔަ ހާދިސާތަކުގައި ހައްޔަރު ކުރެވިފައިފައިތިބި އެންމެން ދޫކޮށްލަން އަމުރު ކުރައްވާފައި"ސަލާހް ގޯޝް ވިދާޅުވިކަމަށް އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ޕާނުގެ އަގު ތިންގުނަ ބޮޑުކުރުމާ ގުޅިގެން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށުނު މުޒާހަރާތައް ވަަނީ ރައީސް އުމަރު އަލް ބަޝީރުގެ އިސްތިއުފާއަށް ގޮވާލައި މުޅި ގައުމުގައި ހިންގޭ ހަރަކާތަކަށްވެފައެވެ.

ހައްގުތަކަށް ގޮވާލާ ޖަމާއަތްތަކުން ބުނެފައިވަނީ މުުޒާހަރަކުރާ ފަރާތްތަކާއި،އިދިކޮޅު ލީޑަރުންނާއި، އެކްޓިވިސްޓުންނާއި،އަދި ނޫސްވެރިން ހިމެނޭގޮތަށް އެންއައިއެސްއެސްއިން 1،000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާކަމަށެވެ.

ހަމަނުޖެހުންތަކުގައި 30 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވާއިރު ހައްގުތަަކަށް ގޮވާލާ ޖަމާއަތްތަކުން ބުނަނީ މަރުވި މީހުންގެ އަދަދު 40 އަށް އަރާ ކަމަށެެވެ.

އުމަރު އަލް ބަޝީރު މަގާމުން ދުރަށް ވަޑައިގަތުމަށް ގޮވާލައި ބޮޑު އެއްވުމެއް ކުރިއަށް ދިޔައިރު، އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ޖެނުއަރީ މަހުގެ ކުރީކޮޅު ބަޝީރު ވިދާޅުވީ މަގާމުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

އުމަރު އަލް ބަޝީރު ވެރިކަމަށް ވަޑައިގެން ހުންނެވީ 1989 ވަނަ އަހަރު ގެނައި ބަޣާވާތަކުންނެވެ.

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި

18 ޑިސެމްބަރު 2017
ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި
08 ނޮވެމްބަރު 2017

ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 

08 ނޮވެމްބަރު 2017
ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 
30 އޮކްޓޯބަރު 2017

ސޯމާލިއާގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ފުލުހުންގެވެރިޔާ މަގާމުން ވަކިކޮށްފި

30 އޮކްޓޯބަރު 2017
ސޯމާލިއާގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ފުލުހުންގެވެރިޔާ މަގާމުން ވަކިކޮށްފި
17 ޖުލައި 2017

އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި

17 ޖުލައި 2017
އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި
15 ޖުލައި 2017

ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި

15 ޖުލައި 2017
ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު