Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް - މަހުލޫފް

ލީޑާޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް ދަނީ މަސައްކަތް ކުރަމުން: އެފްއޭއެމް

ކުންފުނިތަކުން ދެމުންދާ މާލީ އެހީ ނުލިބޭނެކަމުގެ ބިރު ދައްކަމުންދޭ

ލީވާން އަލީ
ލީވާން އަލީ | 25 ޖެނުއަރީ 2019 | ހުކުރު 14:26
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (ވ)

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (ވ)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑާޝިޕް ބަދަލުކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެފްއޭއެމުން މީސްމީޑިއާގައި ހާމަކުރި ކުޑަ ބަޔާނެއްގައި ބުނީ، އެ އިދާރާގެ އިންތިހާބީ ލީޑާޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް މަސައްކަތް ކުރައްވަމުން ގެންދަވާ ގެންދެވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ.

މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު ނަހަމަގޮތުގައި ބޭނުންކޮށް، ކުންފުނިތަކުން ދެމުންދާ މާލީ އެހީ ނުލިބޭނެކަމުގެ ބިރު ދައްކަމުން ކްލަބްތަކާ މިނިސްޓަރު މަހުލޫފް ބައްދަލުކޮށްފައިވާ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

މި ބަޔާނަށް ރައްދު ދެއްވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މީސް މީޑިއާގައި ވިދާޅުވީ، އެފްއޭއެމްއިން ފުޓުބޯޅަ ހިންގާ ކުރިއެރުވުމުގެ ބަދަލުގައި، އެ އިދާރާއިން ސިޔާސީ ކަންކަން ހިންގާ، އެކަމުގައި ބައިވެރިވެ، ސިޔާސީ ކަންކަން ކުރިއަރުވަން މަސައްކަތް ކުރާ ކަމަށެވެ. އަދި ފުޓުބޯޅަ ވީހާލެއްގައި ވާން ދޫކޮށްލައިގެން ތިބި ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފަށް އެފްއޭއެމުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، އެ އިދާރާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ބޭއްވެވި ބައްދަލުވުމުގައި ކްލަބްތަކުގެ ތަރައްގީއަށް ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން ކްލަބްތަކަށް ދެމުން އަންނަ މާލީ އެހީތެރިކަން އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، މި އަހަރު ވެސް ދިނުމަށް ކުންފުނިތަކާ އެކު މަޝްވަރާކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ފައިސާ ވީއެންމެ އަވަހަކަށް ކްލަބްތަކަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ބައްދަލުވުމުގައި ލިބިގެންގޮސްފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެގޮތުން އެ ފައިސާ ކްލަބްތަކަށް މި އަހަރު ސަރުކާރުގެ ފަރާތުން ލިބިއްޖެ ނަމަ، 2020 ވަނަ އަހަރުން ފެށިގެން ކްލަބްތަކަށް ފައިސާ ދޫކުރާނީ އެފްއޭއެމުންކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ސޯލިހުއަށް އަރުވާފައިވާނެ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ. އަދި މި ފައިސާ އެފްއޭއެމުން ކްލަބްތަކަށް ދޫކުރާނީ އެއްވެސް ފަރާތެއްގެ މެދުވެރިވުމެއް ނެތި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުއެވެ. އެގޮތުން ކްލަބްތަކުން މިހާރުއްސުރެ އަންނަނީ ސީޒަނަށް ތައްޔާރުވުމަށް ބަޖެޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2017

ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް

22 ސެޕްޓެމްބަރު 2017
ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް
31 ޖުލައި 2017

ޕީއެސްޖީއާއެކު އަންގާރަ ދުވަހު ނޭމާ މެޑިކަލް ހަދަނީ!

31 ޖުލައި 2017
ޕީއެސްޖީއާއެކު އަންގާރަ ދުވަހު ނޭމާ މެޑިކަލް ހަދަނީ!
27 މެއި 2017

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން
26 އެޕްރީލު 2017

ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން

26 އެޕްރީލު 2017
ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން
04 އެޕްރީލު 2017

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ
13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު