Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބޮޑު ބާގާ

އުފަން ދުވަހު ފަޅަންވީ ކޭކެއް ނޫން!

25 ޖެނުއަރީ 2019 | ހުކުރު 10:55

އެންމެ ބޮޑު ބާގާގައި 12 ކިލޯ ހުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ޖެނުއަރީ 2019 | ހުކުރު 10:55
މެކްސްގެ ފަރާތުން ތައްޔާރުކުރާ ބޮޑު ބާގާ

މެކްސްގެ ފަރާތުން ތައްޔާރުކުރާ ބޮޑު ބާގާ

ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ ހާއްސަ ދުވަހަކީ އެމީހެއްގެ އުފަންދުވަހެވެ. އެގޮތުން ބައެއް ރައްޓެހިންނާއި ގާތްތިމާގެ މީހުން އެ ދުވަސް ފާހަގަކުރުމަށްޓަކައި އަވަދިނެތި އުޅެއެވެ. އަދި އުފަންދުވަހުގެ ޕާޓީއެއް ބާއްވާކަމުގައިވާނަމަ ފޯރި އިތުރު ވެގެންދެއެވެ. މިކަހަލަ ހާއްސަ ދުވަހަކަށް ތައްޔާރުވާއިރު އެންމެ ބޮޑަށް ބަހުސް ކުރެވޭ ކަމަކީ އެންމެންނަށް ކަމުދާ ކޭކެއް ހިޔާރުކުރުމެވެ. އެއްބައިމީހުންނަށް ޗޮކްލެޓް ކޭކް ނުވަތަ ބަޓަރ ކޭކު ކަމުދާއިރު އަނެއްބައި މީހުންނަށް ކަނަމަދު ކޭކު ނުވަތަ ރެޑްވެލްވެޓް ކޭކު ކަމުގޮސްދާނެއެވެ. ކޭކު އެއްވެސް ގޮތަކަށް ކަމުނުދާ މީހުންވެސް އުޅެއެވެ. ރާއްޖޭގައި މަދުން ނަމަވެސް "ފޮނި" ތަކެތި ކަމުނުދާ މީހުން އުޅެއެވެ. އެމީހުންނަށް ކޭކަށް ވުރެ އުފަންދުވަހަށް ކުޅި ރަހަދޭ ކޮންމެ އެއްޗެއް ދިނަސް މާ ރަނގަޅު ކަމަށް ބުނުއެވެ. މިފަހަރު އެކަހަލަ މީހުންނަށް މިއޮތީ ރަނގަޅު ފުރުސަތެކެވެ. އެއީ "ބާތްޑޭ ބާގާ"އެވެ.

މި ބާގާ އަކީ މެކްސްގެ ފަރާތުން ތައްޔާރުކޮށް ޑެލިވަރީކޮށްދޭ ބާގާއެކެވެ. މި ބާގާގެ ހާއްސަ ކަމަކަށް ފާހަގަކޮށްލެވެނީ ބާގާ ސައިޒެވެ. އުފަން ދުވަހުގެ ކޭކެއްހާ ބޮޑު މި ބާގާގެ ޗިކަންގެ އިތުރުން ބީފް ލިބެން ހުރެއެވެ. ބާގާގެ އަގުތައް އުޅެނީ 350ރ. ފެށިގެން ގޮސް 1500ރ. އާ ހަމައަށެވެ. އެކި ރޭންޖްތަކުގެ ބާގާ މެކްސްގެ ފަރާތުން ތައްޔާރުކޮށް ދޭއިރު އެންމެ ބޮޑު ބާގާގައި 12 ކިލޯ ހުރެއެވެ.

މި ބިޔަ ބާގާ ހަދަނީ، ކޭކު އެޅުމަށް މަޝްހޫރު އައިމިނަތު ނަޝީދާ (ނަޝީ) ފިރިހެން ދަރި، އަދި މަޝްހޫރު ޝެފް މުހައްމަދު ނަބީހް އެވެ.

ނަބީހްގެ "މެކްސް ބަދިގެ"އިން ތައްޔާރުކުރާ "ބާތްޑޭ ބާގާ" މޭކެޓަށް ނެރުނީ އޭނާ ބުނި ގޮތުގައި ތަފާތު މަސައްކަތެއް ކުރުމުގެ ގޮތުންނެވެ. ފޮނިތަކެތި ކަމުނުދާ މީހުންނަށް، އުފަންދުވަސް މި ބާގާއެކު ފާހަގަކޮށްލެވޭނެ އެވެ. މީގެ ބޮޑު ބާގާއަކުން 15 ނޫނީ 20 މީހުންނަށް ކެވޭނެ އެވެ. ބޮޑު ބާގާގެ ބަނަސްގަނޑު ހަދަން ގާތްގަނޑަކަށް 6 ގަޑިއިރު ހޭދަ ވާއިރު، އެއަށް ފަހު ބާގާ ތައްޔާރުކުރަން ދެ ގަޑިއިރު ހޭދަވާ ކަމަށް ނަބީހު ބުންޏެވެ.

"އަސްލު އެންމެ ދަތި ވަނީ އިންގްރީޑިއަންޓްސް ހޯދަން، އެއްފަހަރު މިންސްޑް ބީފް ލިބެން މާކެޓްގައި ހުރެއްޖެއްޔާ އަނެއް ފަހަރު ނުހުރޭ ދެން މިޖެހެނީ ބްލޮކް ބީފް ގަނެގެން އޭތި ކުދި ކުރަން، ވަރަށް ބޮޑަށް ދަތިވޭ އެކަމަށް އަސްލު، އެހެންވީމަ ބޭނުންވާ ގޮތަށް މި މަސައްކަތް ކުރިއަށް ނުގޮސްގެން މިއުޅެނީ. ކަސްޓަމަރުން ބޭނުންވަންޏާ ޗިކަން އަދި ބީފްގެ އިތުރުން ވެސް ޓާކީ ނުވަތަ ލޭމްބްގެ ބާގާ ވެސް ހަދައިދެން. ކަސްޓަމަރުންނަށް ޑިޕެންޑްވާނީ އަސްލު" ނަބީހު ބުންޏެވެ.

މި މަސައްކަތަކީ ވަރަށް ގިނަ ފަރާތްތަކުން އެދެމުންދިޔަ މަސައްކަތެއް ކަމަށާއި މިކަން ފަށައިގަތުމުން ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްތައް ވެސް ލިބުނު ކަމަށް އޭނާ ބުންޏެވެ.

ނަބީހުގެ އަމާޒަކީ އަބަދުވެސް ކޮންމެވެސް ތަފާތު ކަމެއްކޮށް ކެއްކުމުގެ ދާއިރާގައި އިތުރަށް ކުރިއަށް ދިއުމެވެ. އުފަންދުވަހަށް ކޭކު ފަޅަން ބޭނުންނުވާ މީހުންނަށް ހަމަގައިމުވެސް މި ބާގާ ކަމުދާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް