Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުތައް ބަލާ ކޮމިޝަން

މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި

22 ޖެނުއަރީ 2019 | އަންގާރަ 16:22

ކޮމިޝަނުގެ މަސައްކަތްތަކަށް އުއްމީދީ ކުރިއެރުންތަކެއް ލިބެމުންދާކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 22 ޖެނުއަރީ 2019 | އަންގާރަ 16:22
ޕްރޮފެސަރ އުގެއިލް

ޕްރޮފެސަރ އުގެއިލް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން، ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގެއިލްގެ އެހީ ހޯދަން ފަށައިފި އެވެ.

އެކޮމިޝަނުގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުވަނީ ރާއްޖެއެމްވީއަށް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.ސުއޫދު ވިދާޅުވީ މިދިޔަ ހަފްތާގައި ޕްރޮފެސަރ އުގެއިލް އެ ކޮމިޝަނަށް ވަޑައިގެން ބައެއްމަސައްކަތްތައް ބައްލަވާލެއްވިކަމަށެވެ.

Advertisement - newsAdvertisement

"މައިގަނޑު އުގެެއިލްގެ އެހީތެރިކަްނ މި ހޯދަނީ މީހުން އައިޑެންޓިފައި ކުރުމަށް" ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވިދާޅުވީ، ފޮޓޯ އަދި ވީޑިއޯ ބަލައިގެން މީހުން ދެނެގަތުމާއި ލައި ޑިޓެކްޝަންގެ އެހީތެރިކަން އުގެެއިލްގެ ފަރާތުން ހޯއްދަވާނެކަމަށެވެ.

"ވަރަށް އުއްމީދު އެބައޮތް އިނގޭތޯ. ކުރިއެރުންތައް އެބަލިބޭ. އުއްމީދީ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ" ސުއޫދު ވިދާޅުވިއެވެ.

އުގައިލްގެ އެހީތެރިކަން ހޯދަން ފަށާފައިވާކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއިރު އަވަހާރަ ކޮށްލާފައިވާ ދީނީ ޢިލްމުވެރިޔާ ޑރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހަކު ހޯދުމަށް ކޮމިޝަނުން ހޯމަ ދުވަހު ވަނީ ވީޑިއޯއެއް އާއްމުވެސް ކޮށްފައެވެ.

މަރުތަކުގެ މައްސަލާގައި ދުނިޔޭގެ ޤާބިލް ފޮރެންސިކް އެކްސްޕާޓުންގެ އެހީތެރިކަން ހޯދާދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕްރޮފެސަރ އުގައިލް ހުށަހެޅުއްވިއެވެ.އެހެންނަމަވެސް އޭރުގެ ސަރުކާރުން އެ ހުށައެޅުން ބަލައިގެންފައެއް ނުވެއެވެ.

ޕްރޮފެސަރ އުގައިލް އަކީ އިނގިރޭސިވިލާތުގެ ބްރެޑްފާޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާއިން ސީނިއަ ޕްރޮފެސަރެއްގެ މަގާމު އަދާކުރައްވާ ބޭފުޅެކެވެ. އަދި ޕްރޮފެސަރ އުގައިލްގެ އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުންތައް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުން ކުރަމުން ގެންދެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

މއ. ގުލްޝަންކިނާރާ ބަލާ ފާސްކޮށްފި!

07 އެޕްރީލު 2017
މއ. ގުލްޝަންކިނާރާ ބަލާ ފާސްކޮށްފި!
22 މާރިޗު 2017

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި
21 މާރިޗު 2017

ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިޔާތަކަށް އިންޒާރުދީފި

21 މާރިޗު 2017
ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިޔާތަކަށް އިންޒާރުދީފި
16 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

16 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
13 މާރިޗު 2017

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް
07 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

07 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
07 މާރިޗު 2017

ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި

07 މާރިޗު 2017
ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް