Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގޮށްރާޅު

''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''

ގޮށްރާޅުގެ ދެވަނަ ޓްރެއިލަރ ރިލީޒްކުރީ އަންގާރަ ދުވަހު ހެނދުނު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2019 | އަންގާރަ 08:33
ގޮށްރާޅުގެ ދެވަނަ ޓްރެއިލަރގެ މަންޒަރެއް

ގޮށްރާޅުގެ ދެވަނަ ޓްރެއިލަރގެ މަންޒަރެއް

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން މި އަހަރު ސްކްރީނަށް ގެންނަ ފުރަތަމަ ފިލްމު، 'ގޮށްރާޅު' ގެ ދެވަނަ ޓްރެއިލަރ އާންމުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ރިލީޒްކުރި ޓްރެއިލަރގައި މި ފިލްމުގެ ފުރަތަމަ ޓްރެއިލަރއިން ނުފެންނަ ބައެއް ކެރެކްޓަރތައް ވަނީ ދައްކާލާފައެވެ.

ދެވަނަ ޓްރެއިލަރ ފެށިގެން އަންނަ އިރު ފެނިގެންދަނީ ބިލްޑިންގެއެއް މަތީގައި މީހަކަށް ގުޅައިގެން ހުންނަ އަންހެން ކުއްޖެކެވެ. ދެް ފެނިގެންދަނީ ގުޅައިގެން ހުންނަ މީހާ ކައިރީގައި "އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން" ކަމަށް ބުނެފައި ބިލްޑިންގގެ މަތިން ފުންމާލާ މަންޒަރެވެ.

މި ޓްރެއިލަރގައި ދެން ފެނިގެންދަނީ ކުރީ ޓްރެއިލަރގައިވެސް ފެނިގެންދިޔަ ފަދަ އަވސް މަންޒަރުތަކެއްގެ ތެރެއިން، މާރާމާރީ އާއި އެކު ކުށްތަކާއި ބަދަލު ހިފުމުގެ އަމަލުތަކެކެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް ކުޅަދާނަ ވީއެފްއެކްސް އާޓިސްޓް އަދި ސިނެމަޓޯގްރަފަރ އަޙުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް ނެރެފައި ނުވާފަދަ ކްރައިމް ތްރިލަރ އެކެވެ. މި ފިލްމަކީ ސޯލޯ ޑައިރެކްޓަރެއްގެ ގޮތުގައި ޝިނާން މަސައްކަތްކޮށްފައިވާ ފުރަތަމަ ފިލްމެވެ.

މި ފިލްމަކީ 18 އަހަރުން މަތީގެ އޯޑިއެންސަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ކޮމަރޝަލް ފިލްމުތަކުގެ އިތުރުން މޮޅު އާރޓް ފިލްމުތައްވެސް ގެނެސްދީފައިވާ ޑާކް ރެއިންގެ މި ފިލްމުގައި ދާއިރާއަށް އާ ގިނަ ފަންނާނުންތަކެއް ހިމަނާފައިވާއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނަކީ ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ، ލަވަކިޔުންތެރިޔާ ހަސަން އިރުފާންއެވެ. މީގެ އިތުރުން ފިލްމުގެ ކީ ކެރެކްޓަރތަކެއް ކުޅޭ އައިޝަތު ތަސްނީމް އާއި އައިމިނަތު ރަޝްފާއަކީވެސް ދާއިރާއަށް އާ ދެ ފަންނާނުންނެވެ. މީގެ އިތުރުންވެސް މި ފިލްމުގައި ނެގެޓިވް ރޯލުތަކުން އިތުރު ޒުވާނުންތަކެއްވެސް ފެނިގެންދާނެއެވެ.

މި ފަންނާނުންގެ އިތުރުން މި ފިލްމުން ފެނިގެންދާ ފަރާތްތަކުގެ ތެރޭގައި މުޙައްމަދު ޖުމައްޔިލް، ނުޒުހަތު ޝުއައިބު، ޢަބްދުﷲ އަޒާން، އަޙުމަދު ނާޝިތު، މުޙައްމަދު ވަހީދު، މަރިޔަމް ޝަކީލާ އަދި އިސްމާއިލް ރަޝިދު (ކޮޕީ އިއްސެ) ހިމެނެއެވެ.

ފިލްމުގެ ޑައިރެކްޓަރު، އަޙުމަދު ޝިނާން ބުނީ މި ފިލްމަކީ އާ އެކްޓަރުންތަކެއް ހިމަނައިގެން ތަފާތު ފިލްމެއް އުފެއްދުމަށް ކުރި އެކްސްޕެރިމެންޓެއް ކަމަށެވެ.

"(އާ އެކްޓަރުން ހިމަނައިގެން ފިލްމު އުފެއްދީމަ) ބޮޑަށް ތަފާތު އެކްޓިންގ އެއް ދައްކާލެވޭނެ ކަންނޭގެ މިކަހަލަ ޖޮންރާއެއްގަ. އެހެންނޫނީ މިހުންނަނީ ތަންކޮޅެއް މެލޯޑްރެމެޓިކް ކަހަލަ އެކްޓިންގއެއް. މިކަހަލަ ޖޮންރާއެއްގަ ވާނެގޮތަކީ ތަންކޮޅެއް ވޭރިއޭޝަން ގިނަކޮށް ތަފާތު އެކްޓިންގއެއް ދައްކާލެވޭނެތީ އަސްލު، އެގޮތަށް ޗޫޒް ކުރީ"، ޝިނާން ބުންޏެވެ.

ފިލްމުގައި އާ ތަރިން ހިމެނުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޑާކް ރެއިންގެ ބާނީ އަދި މި ފިލްމުގެ އެއް ޕްރޮޑިއުސަރު، މުޙައްމަދު އަލީ (މޮގަރ) ބުނީ، ފިލްމަށް އާ ތަރިން ނެގި އެއް ސަބަބަކީ އިންޑަސްޓްރީގައި މިހާރު ތިބި އެކްޓަރުންނާއި ވަކި ވައްތަރެއްގެ ރޯލުތަކެއް ގުޅުވޭތީ، ތަފާތު ރޯލުތަކަކުން ތަފާތު ޝަހުސިއްޔަތުތަކެއް ދެއްކުން ކަމަށެވެ.

ފިލމުގައި ފެނިގެންދާ އާ ފަންނާނުންގެ ހުނަރުވެރިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޑާކް ރެއިންގެ އެންމެ ތަޖުރިބާކާރު ޑައިރެކްޓަރ، އަލީ ޝިފާއު (ޗިއްޕެ) ބުނީ، ފިލްމުގައި ފެނިގެންދާ ފަންނާނުންނަކީ ދިގު މަރުހަލާއެއްގެ ތެރެއިން ހޮވައި، ފިލްމަށް ތައްޔާރުކުރުމަށް ތަމްރީނުކޮށްގެން ފިލްމުން ތަޢާރުފުކުރާ ފަންނާނުންތަކެއް ކަމަށެވެ. ޗިއްޕެ ބުނީ ފިލްމު ބަލަމުންދާއިރު އެއިން އެއްވެސް ފަންނާނަކީ އާ އެކްޓަރެއް ކަމަށް، ނުވަތަ ހުނަރު ނެތް ފަންނާނެއް ކަމަށް ބުނުމުގެ ޖާގަ އޮންނާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުންދާއިރު، ފެބްރުއަރީ 4ން ފެށިގެން 12 ދުވަސް ވަންދެން، ހަވީރު ޝޯ އަކާއި، ރޭގަނޑުގެ ދެ ޝޯ ހިމެނޭގޮތަށް ކޮންމެ ދުވަހަކުވެސް އޮލިމްޕަހުގައި މި ފިލްމުގެ 3 ޝޯ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް މި ފިލްމު އެޅުވުމަށް ވަނީ ނިންމާފައެވެ. ފިލްމުގެ ޕްރިމިއަރ ޝޮގެ ޓިކެޓެއް 150 ރުފިޔާއަށް ވިއްކާއިރު، އާންމުކޮށް ފިލްމުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮލީވުޑްއަކީ އެއްވެސް އިރެއްގައި އަހަރެންގެ އަމާޒެއް ނޫން: 'ރައީސް' ފިލްމްގެ ބަތަލާ މާހިރާ ޚާން

ބޮލީވުޑްއަކީ އެއްވެސް އިރެއްގައި އަހަރެންގެ އަމާޒެއް ނޫން: 'ރައީސް' ފިލްމްގެ ބަތަލާ މާހިރާ ޚާން

26 މާރިޗު 2018
ޝާހިދު ކަޕޫރަކީ އަހަރެންގެ ޓީޗަރ: އިޝާން ކައްޓަރު

ޝާހިދު ކަޕޫރަކީ އަހަރެންގެ ޓީޗަރ: އިޝާން ކައްޓަރު

31 ޖެނުއަރީ 2018
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

19 އޯގަސްޓު 2017
ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން

ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން

31 މެއި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު