Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިވިލް ކޯޓު

ޖުޑީޝަލް ރިފޯމް އެޖެންޑާއަށް އެއްބާރުލުން ދޭން، ގާޒީ ހަލީމް އިސްތިއުފާ ދެއްވައިފި

އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ ޖޭއެސްސީގެ ރައީސަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2019 | އަންގާރަ 04:04
ސިވިލް ކޯޓުގެ ގާޒީ ހަލީމް

ސިވިލް ކޯޓުގެ ގާޒީ ހަލީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޖުޑީޝަލް ރިފޯމް އެޖެންޑާއަށް އެއްބާރުލުން ދެއްވުމަށް ކަމަށް ވިދާޅުވެ، ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާގެ ސިޓީ ހަލީމް ހުށަހަޅުއްވާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށެވެ. އޭނާ ހުށަހެޅި އިސްތިއުފާގެ ސިޓީގެ ކޮޕީއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

Advertisement - newsAdvertisement

އެ ސިޓީގައި ހަލީމް ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ ޖުޑީޝަލް ރިފޯމް އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޯޓުތަކުގެ ހުރިހާ ފަނޑިޔާރުން އަލުން އައްޔަން ކުރުމަށް، މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ވީމާ އެކަމަށް ފުރުސަތު ދީ މިސާލު ދެއްކުމުގެ ގޮތުން އަޅުގަނޑު ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުން 2019 ޖެނުއަރީ 22 ވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދީފީމެވެ." ހަލީމްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ދެހާސްފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް އައްޔަން ކުރެއްވި ހަލީމް ވަނީ ކުރު މުއްދަތެއްގައި ތެރޭގައި ސިވިލް ކޯޓުން މުހިއްމު މައްސަލަތަކެއް ނިންމަވާފައެވެ.

އެގޮތުން ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް، "ހަވީރު ނޫސް" 36 އަހަރަށް ފަހު، ހުއްޓާލަން ޖެހުނީ ގާޒީ ހަލީމް ނިންމެވި މިލްކުވެރިކަމާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ. އަދި ޕީޕީއެމް ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރަން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނިންމެވީ ވެސް ގާޒީ ހަލީމެވެ. މީގެ އިތުރުން އެއް ދުވަހެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މައްސަލަ ބެއްލެވި ގާޒީއަކީ ވެސް ހަލީމެވެ. އޭނާ ވަނީ އެއް ދުވަހުގެ ތެރޭގައި 160 މައްސަލަ ބައްލަވާފައެވެ.

ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި މަސައްކަތްޕުޅު ކުރައްވާފައެވެ. އަދި 2013ގެ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ޖޭޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ ވަނީ ވަކާލާތުވެސް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު