Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުސްނުއް ސުއޫދު

ގޭންގުތަކާއި ފަނޑިޔާރުންނާ އޮތް ގުޅުން ހެކިތަކާ އެކު ޖޭއެސްސީއާ ހިއްސާކޮށްފިން: ސުއޫދު

20 ޖެނުއަރީ 2019 | އާދީއްތަ 12:50

ހެކީގެ ގޮތުގައި ބައެއް މީހުންގެ ނަންތައް ވެސް ހުށަހެޅި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 20 ޖެނުއަރީ 2019 | އާދީއްތަ 12:50
ގާނޫނީ ވަކީލު ހުސްނުއްސުއޫދު: ޖޭއެސްސީއަށް ހާޒިރުވެވަޑައިގެން ބަޔާން ދެއްވީ އާދީއްތަ ދުވަހު

ގާނޫނީ ވަކީލު ހުސްނުއްސުއޫދު: ޖޭއެސްސީއަށް ހާޒިރުވެވަޑައިގެން ބަޔާން ދެއްވީ އާދީއްތަ ދުވަހު

ގޭންގުތަކާއި ފަނޑިޔާރުންނާ އޮތް ގުޅުން ހެކިތަކާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ހިއްސާކޮށްފައިވާނެ ކަމަށް "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަން"ގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އޮތް ކަމަށް ވިދާޅުވެ، ސުއޫދު ދެއްކެވި ވާހަކަފުޅާ ގުޅިގެން، އެކަން ތަހުގީގު ކުރުމަށް ޖޭއެސްސީން ވަނީ ކޮމެޓީއެއް ހޮއްވަވާފައެވެ. އެ ކޮމެޓީގެ ރައީސަކީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތެވެ.

Advertisement - newsAdvertisement

ޖޭއެސްސީ އުފައްދާފައިވާ ވަގުތީ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ބަޔާން ދެއްވުމަށްފަހު، "ރާއްޖެއެމްވީ"އަށް ސުއޫދު ވިދާޅުވީ ގޭންގުތަކާއި ފަނޑިޔާރުންނާ އޮތް ގުޅުމާ ގުޅޭ ގޮތުން "އަތުގައި ހުރި، ހުރިހާ މައުލޫމާތެއް" ހިއްސާކޮށްފައިވާނެ ކަމަށެވެ. އޭނާ އެ ކޮމެޓީއަށް ދެއްވި ޕްރެޒެންޓޭޝަނަށް ދެ ގަޑިއިރު ހޭދަވި ކަމަށާއި ކޮމެޓީގެ ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފައިވާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރުންނާއި ގޭންގުތަކާ އޮތް ގުޅުން ސާބިތު ކުރުމަށް އެ ކޮމެޓީއަށް ހެކިތަކެއް ހުށަހަޅުއްވާފައިވާނެ ކަމަށާއި އެގޮތުން އެކި މީހުންގެ ނަންތަކާއި އެހެނިގެން ހެކިތައް ވެސް ހުށަހަޅާފައިވާނެ ކަމަށް ފަނޑިޔާރުކަން ވެސް ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު ސުއޫދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ސާބިތުވޭ ގޭންގުތަކާއި ފަނޑިޔާރުންނާ ގުޅުން އޮތް ކަމަށް. އަޅުގަނޑަށް ޔަގީން އެ ބޭފުޅުން ވެސް ތަހުގީގު ކުރައްވާނެ އެކަމުގެ ކަންކަން ހިނގާފައިވާ ގޮތުން. އެބޭފުޅުންނަށް އިނގޭނީ ތަހުގީގަށް އެކަން ސާބިތުވޭތޯ،" ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ރައީސް އޮފީސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް