Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހަތަރު ލީޑަރުން އެދިވަޑައިގެންނެވި ގޮތަށް ދައުރުން ބޭރުން ޖަލްސާ ނުބޭއްވުނު

20 ޖެނުއަރީ 2019 | އާދީއްތަ 07:48

ދައުރުން ބޭރުން ޖަލްސާ ބާއްވަން ކަނޑައެޅީ ޖެނުއަރީ 20 ވަނަ ދުވަހު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 20 ޖެނުއަރީ 2019 | އާދީއްތަ 07:48
ހަތަރު ލީޑަރުން އެއްބަސްވެވަޑައިގަތީ ޖެނުއަރީ 20 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް

ހަތަރު ލީޑަރުން އެއްބަސްވެވަޑައިގަތީ ޖެނުއަރީ 20 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް

ހަތަރު ލީޑަރުން އެދިވަޑައިގެންނެވި ގޮތަށް ދައުރުން ބޭރުން ޖަލްސާ ބާއްވަން ކަނޑައެޅި ތާރީހު ފަހަނައަޅައި ހިނގައްޖެއެވެ.

ދައުރުން ބޭރުން ޖެނުއަރީ މަހު ޖަލްސާއެއް ބާއްވަން ނިންމީ، ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ އާއި މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް ފާސްނުކޮށް ދައުރު ނިންމާލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވުމާއި، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން މިދިޔަ ޑިސެމްބަރު 20 ގައި ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ބިލް ފާސްކުރަން ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެއްބަސްވެވަޑައިގެންފައި ވާތީއެވެ.

Advertisement - newsAdvertisement

ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންފައި ވަނީ ޖެނުއަރީ 20 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށެވެ. މިހާރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރަށް މަޖިލިސް ފެށުން އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު، މިހާރު ޖަލްސާއެއް ބާއްވަން މަސައްކަތް ކޮށްފި ނަމަ އެ ޖަލްސާ ބޭއްވޭނީ ދައުރު ފެށުމާއި ވަރަށް ގާތްވެފައި ވަނިކޮށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނަމަ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މި ގޮތަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް މަޖިލީހުން ހަމަޖައްސައިދޭން ޖެހެއެވެ. މަޖިލީހުގެ ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.

ޖަލްސާ ބޭއްވިފައި ނުވަނީ ރައްޔިތުންގެ އަމަލުކުރުން ލާޒިމު ގާނޫނެއް ފާސްކުރާއިރު މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުންކަމުގައިވާ 43 މެމްބަރުން ސޮއި ނުލިބުމުގެ ސަބަބުންނެވެ.

ޖެނުއަރީ 14 ވަނަ ދުވަހު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ ދައުރުން ބޭރުން ޖަލްސާ ބޭއްވޭނީ ޖަލްސާ ބާއްވަން ބޭނުންވާ ގާނޫނީ އަދަދު ކަމަށްވާ 43 މެމްބަރުންގެ ސޮއި ލިބުމުން ކަމަށެވެ. އަދި ސޮއި ހަމަނުވެއްޖެނަމަ، ޖަލްސާ ނޯންނާނެ ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ އަމަލުކުރުން ލާޒިމު ގާނޫނެއް ފާސްކުރާއިރު މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުންކަމުގައިވާ 43 މެމްބަރުން ހާޒިރުވެ ތިބެންޖެހެއެވެ.

ޖެނުއަރީ 14 ވަނަ ދުވަހު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މަޖިލިސް މެމްބަރުން ބުނެފައިވަނީ، ޖަލްސާ ބޭއްވުމަށް ބޭނުންވާ މިންވަރަށް ސޮއި ލިބުމުގައި ދަތިތަކެއް ދިމާވެފައިވަނީ، ޕާޓީގެ މަޖިލިސް ޕްރައިމަރީގެ ކެމްޕޭންއަށް މެމްބަރުންތައް މާލޭން ބޭރުގައި އުޅުއްވާތީ ކަމަށެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރުމުގައި މެމްބަރުން އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދެއްވާފައިނުވާ ކަަމަށް ބުނެ، ގިނަ ރައްޔިތުންގެ ނުރުހުންވަނީ މެމްބަރުންނަށް އަމާޒުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް