ރޭ ހިނގި މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފި
19 ޖެނުއަރީ 2019 | ހޮނިހިރު 06:42ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެއް

އަޒްލިފާ އަބްދުﷲ | 19 ޖެނުއަރީ 2019 | ހޮނިހިރު 06:42

ހާދިސާއެއް ހިނގާފއިވާ ސަރަހައްދެއް
ހުކުރު ދުވަހުގެ ރޭ ހިނގި މާރާމާރީ އާއިގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މި މާރާމާރީ އާއި ގުޅިގެން ހުކުރު ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މާރާމާރީ ހިންގަފައިވަނީ ހުކުރު ދުވަހުގެ ރޭ 12:05 ހާއިރު ކާނިވާ ސަރަހައްދުގައެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.







