Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ

ޓުއަރިޒަމްގެ ވިޔަފާރިއަކީ ކޮންމެ މީހެއްގެ ގޭގައި ވެސް ހިންގިދާނެ ވިޔަފާރިއެއް: ރައީސް ނަޝީދު

14 ޖެނުއަރީ 2019 | ހޯމަ 13:49

ޓުއަރިޒަމް ވިޔަފާރި ގޭބިސީތަކުގައި ހިންގުމުގެ ބޭނުމަކީ ގެއަށް އާމްދަނީ ލިބުމުގެ މަގުފަހިކޮށްދިނުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 14 ޖެނުއަރީ 2019 | ހޯމަ 13:49
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ޓުއަރިޒަމްގެ ވިޔަފާރިއަކީ ކޮންމެ މީހެއްގެ ގޭގައި ވެސް ހިންގިދާނެ ވިޔަފާރިއެއް ކަމަށާއި، އެފަދަ ޓުއަރިޒަމެއް ރާއްޖޭގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަކީ އެމްޑީޕީގެ ސިޔާސަތު ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ލ. ގަމު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ވިސާމްގެ ކެމްޕެއިން ލޯންޗް ކުރުމަށް މާބްލް ހޮޓެލުގައި ހޯމަ ދުވަހު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޓުއަރިޒަމް ވިޔަފާރި ގޭބިސީތަކުގައި ހިންގުމުގެ ބޭނުމަކީ ގެއަށް އާމްދަނީ ލިބުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މީގެ ބޭނުމަކީ މާ ބޮޑު ހަރަދުތަކެއް ނުކޮށް މި ބާވަތުގެ މަސައްކަތް ކުރެވޭނެ ގޮތްތައް ފަހިވެގެން ދިއުން ކަމަށެވެ. ރަށްރަށުގައި އެފަދަ ގެތަކެއް އެކުލަވާލައި އޭގެ ތެރެއިން 30 ނުވަތަ 40 އެނދު އެކަމަށް ހުސްކުރެވިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގޭބިސީތަކުގައި ފަތުވެރިކަން ކުރާނެ ގޮތަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެނދުތަކަށް މީހުން ގެނައުމުގެ މަސައްކަތް ރަށު ކައުންސިލްގެ އިތުރުން ރަށުގެ އެހެން އިދާރާތަކާއި ވިޔަފާރިތަކަށް ވެސް ކުރެވިދާނެ ކަމަށެވެ.

މި ބާވަތުގެ ޓުއަރިޒަމް ކުރިއެރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުން ކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން ފަތުރުވެރިންނަށް އެ މީހުން ބޭނުންވާ މަންޒިލަށް ދާން އުނދަގޫވެފައިވާ ކަމަށެވެ.

ރަށްރަށުގައި މިހާރު ހިންގާ ޓުއަރިޒަމްގެ ވިޔަފާރި ކޮންސެޕްޓް ބަދަލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި މި ހިންގާ ޓުއަރިޒަމްގެ ވިޔަފާރިއަކީ އެހެން ޓުއަރިޒަމްގެ ވިޔަފާރިތަކާ ތަފާތު ކޮންސެޕްޓެއް ކަމަށެވެ. އެއީ އެހާ ބޮޑު އަގުގައި ދަތުރުކުރުމަށް ހޭދަކޮށްގެން، ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ބާވަތުގެ ވިޔަފާރިއެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މި ވިޔަފާރިއަކީ މި ތަނަށް އަންނަ ޓުއަރިސްޓުންނަށް ކުޑަ ދުވަސްކޮޅަކަށް ވިއްކޭ އެނދުތަކެއްގެ ގޮތުގައި ހެދުން ރަގަޅު ނޫން ކަމަށެވެ.

މި ބާވަތުގެ ޓުއަރިޒަމަކީ މަހެއްހާ ދުވަހު އައިސް ރަށުގައި ހުންނަން ބޭނުންވާ ފަތުރުވެރި މީހުންނަށް އަމާޒުކޮށްގެން ހިންގޭ ޓުއަރިޒަމަކަށް ވާންޖެހޭނެ ކަމަށެވެ.

"މި ތަނަށް އަމާޒުކުރަންވީ ބައްތެލިއަށް އަރައިގެން އަންނާނެ ފަތުރުވެރިޔާ އަމާޒުކުރެވޭ ފަތުރުވެރިކަން. އަދި އެ ފަދަ ފަތުވެރިޔާ ހޯދުމަށް ފަހު، އެ މީހާއަށް ޗުއްޓީ ވިއްކުން. އެހެންވީމާ އަންނަންވީ ނާލު ބައްތެލީގައި. ގެސްޓް މީހާ ވެސް އަންނަވީ އެ ނާލު ބައްތެލީގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަމައެކަނި ރިސޯޓަށް އަންނަ މީހާއަށް ވިއްކާ ފަތުރުވެރިކަން ވިއްކުމުގެ ވިސްނުން ބަދަލުކުރަންވެއްޖެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް