Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަހުގެ ޚިދުމަތް ދިނުން

މާލެއާ ޚިލާފަށް އައްޑޫގައި ދެނީ ސުކޫލު ކުދިންނަށް ޚާއްސަ ބަހުގެ ޚިދުމަތް: ޝާހިދު

14 ޖެނުއަރީ 2019 | ހޯމަ 08:14

މާލޭގައި ސުކޫލު ކުދިންނަށް ޚާއްސަ ބަހެއް ނޯވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖެނުއަރީ 2019 | ހޯމަ 08:14
މާލޭގައި ދުއްވާ ބަހެއް

މާލޭގައި ދުއްވާ ބަހެއް

މާލެއާ ޚިލާފަށް އައްޑޫގައި ސުކޫލު ކުދިންނަށް ބަހުގެ ޚިދުމަތް ދެނީ ސުކޫލު ކުދިންނަށް ޚާއްސަ ބަހެއްގައި ކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާދު ދެއްވަމުން ޝާހިދު ވިދާޅުވީ، އެ ކުންފުނިން ފޯރުކޮށްދޭ ބަސް ދަތުރުގެ ޚިތުމަތުގެ އަގު ކަނޑައެޅުމުގައި މާލެ އާއި އައްޑޫގައި ކިޔަވާކުދިންގެ އަގުތައް ތަފާތު ވަނީ އެއީ މުޅިން ތަފާތު ދެ ޚިދުމަތަކަށް ވާތީ ކަމަށެވެ.

Advertisement - newsAdvertisement

މާލޭގައި ކިޔަވާ ކުދިންނަށް ބަސް ދަތުރުތައް ހިލޭ ލިބޭއިރު، އައްޑޫގައި އެ ޚިދުމަތަށް ފައިސާ ނަގާކަމުގެ ޝަކުވާތަކާ ގުޅިގެން ޝާހިދު ވިދާޅުވީ، އައްޑޫގައި ސުކޫލު ކުދިންނަށް ދޭ ބަސްދަތުރަކީ މުޅިން ތަފާތު ޚިދުމަތެއް ކަމަށެވެ.

"އައްޑޫގައި އެއް ޚިދުމަތް މި ދެނީ ސީދާ ޑެޑިކޭޓަޑް ކޮށް ސުކޫލު ކުދިންނަށް. އެއީ ސުކޫލު ކުދިންގެ ގޭ ކައިރިން ވަކި އޭރިއާތަކަކުން ކުދިން ނަގައިގެން ގެންގޮސް އެ ސުކޫލެއްގެ ދޮރުމައްޗަށް ލާދޭ ސާރވިސްއެއް. އެއީ ޕަބްލިކް ޓްރާންސްޕޯރޓެއް ނޫން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިިދު ވިދާޅުވީ، މާލެ ފަދައިން އައްޑޫ އިން ވެސް ޕަބްލިކް ޓްރާންސްޕޯރޓުގެ ޚިދުމަތް ހޯދާ ކުދިންނަށް ބަސް ދަތުރުތައް ހިލޭ ލިބޭނެ ކަމަށެވެ.

"އެއީ ސުކޫލު ކުދިންނަށް ޚާއްސަ ސާރވިސްއެއް. އެހެންވީމަ އެ ސާރވިސްގަ މި މަހަކަށް ފީއެއް ނަގާފަ އެ ސާރވިސް ޕްރޮވައިޑް ކޮށްދެނީ. އެއީ ސުކޫލު ކުދިންނަށްދޭ ސާރވިސްއެއްގެ ގޮތުގައި. އެ ސާރވިސްއެއް މާލޭގަ ނެތް. ދެން އައްޑޫގައި ވެސް އެބަ ދުއްވާ ޕަބްލިކް ޓްރާންސްޕޯރޓް ބަސް. އެ ޕަބްލިކް ޓްރާންސްޕޯރޓް ބަހުގަ ހަމަ މާލޭގައި ވެސް އޮންނަ އުސޫލުން ޔުނިފޯރމުގަ ކުއްޖަކު ހުރެއްޖެއްޔާ އެކުއްޖާ އަތުން ފައިސާ ނުނަގާނެ،" މާލެ އާއި އެހެން ރަށްރަށާ ތަފާތު ކުރާ ކަމުގެ ޝަކުވާތަކާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވިއެވެ.

އޭގެ އިތުރުން، އައްޑޫ ފަދައިން މާލޭގައި ސުކޫލު ކުދިން އުފުލަން ޚާއްސަ ބަހެއް ތައާރަފުކުރަން އަދި ނުވިސްނާ ކަމަށާއި، އައްޑޫގައި އެ ޚިދުމަތް ފެށީ ބެލެނިވެރިންގެ އެދުމުގެ މަތިން ކަމަށެވެ.

އައްޑޫގައި ސުކޫލު ކުދިންނަށް ޚާއްސަ ބަސް ދަތުރުތަކަށް މަހަކަށް ނަގަނީ 300ރ. ކަމަށް އެރަށު ބެލެނިވެރިން މައުލޫމާތު ދެއެވެ. މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގައި ބަހުގެ ޚިދުމަތް ދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. އެއީ މާލޭގައި އެ ޚިދުމަތްދޭ އެމްޕީއެލްގެ ޑިވިޝަނެއް ކަމުގައިވާ ސަދަން ޓްރާންސްޕޯޓް ލިންކް(އެސްޓީއެލް) ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް އެ ޚިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް