Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު ގޭޓް

ޔުނައިޓެޑުގެ ކޯޗުކަމަށް ސައުތު ގޭޓް ގެންނަނީ

13 ޖެނުއަރީ 2019 | އާދީއްތަ 08:37

އިނގިރޭސި ގައުމީ ޓީމާއެކު ސައުތުގޭޓް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ގައި

ލީވާން އަލީ
ލީވާން އަލީ | 13 ޖެނުއަރީ 2019 | އާދީއްތަ 08:37
އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ސައުތު ގޭޓް

އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ސައުތު ގޭޓް

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތު ގޭޓް ގެންނަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓެލެގްރާފްއިން ބުނީ، ސައުތުގޭޓްގެ ނަން ޔުނައިޓެޑުގެ ކޯޗުކަމަށް ޝޯޓް ލިސްޓްކޮށްފައިވާ ކަމަށާއި، އޭނާއާއެކު އެއްބަސްވުމަކަށް އައުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން ސައުތުގޭޓް ގެންނަން ޔުނައިޓެޑުން މަސައްކަތް ކުރަނީ، އެ ކްލަބުން އެންމެ ބޮޑަށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ނުލިބިއްޖެ ދަނޑިވަޅެއްގައެވެ.

އެގޮތުން ޓޮޓެންހަމް ދޫކޮށްލުމަށްފަހު ޕޮޗެޓީނޯ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވެދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް ރިޕޯޓްތައް ބުނާގޮތުން ޕޮޗެޓީނޯ މި ސީޒަނަށްފަހު ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވާނެއެވެ.

ޓޮޓެންހަމްއާއެކު ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރު ހަމަވާއިރު، އިނގިރޭސި ގައުމީ ޓީމާއެކު ސައުތުގޭޓް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހުއެވެ.

ޔުނައިޓެޑަށް ކޯޗަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ އެ ކްލަބުގެ ދާއިމީ ކޯޗު ހޯޒޭ މޮރީނިއޯ ދާދި ފަހުން ވަކިކޮށް، ވަގުތީ ކޯޗަކަށް އޮލް ގަނާ ސޮލްޝާ ހަމަޖެއްސުމަށްފަހުއެވެ.

ޔުނައިޓެޑުން ވަނީ މި ސީޒަނުގެ ނިޔަލަށް އެ ކްލަބުގެ ކޯޗުކަމަށް ސޮލްޝާ ހަމަޖައްސާފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު އަންނަނީ ރަނގަޅު ނަތީޖާތަކެއްވެސް ހޯދަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
15 ޖުލައި 2017

ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނަނީ!

15 ޖުލައި 2017
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނަނީ!
23 މެއި 2017

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި
19 މެއި 2017

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

19 މެއި 2017
ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ
18 މެއި 2017

ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!

18 މެއި 2017
ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!
14 މެއި 2017

ޕްރިމިއާ ލީގު: ބޮޑުތަފާތަކުން ކްރިސްޓަލް ޕެލަސް އަތުން ބަލިވެ ހަލް ސިޓީ ރެލިގޭޓްވެއްޖެ

14 މެއި 2017
ޕްރިމިއާ ލީގު: ބޮޑުތަފާތަކުން ކްރިސްޓަލް ޕެލަސް އަތުން ބަލިވެ ހަލް ސިޓީ ރެލިގޭޓްވެއްޖެ
11 މެއި 2017

ސައުތުހެމްޓަން އަތުން މޮޅުވެ އާސެނަލް ފަސްވަނައަށް

11 މެއި 2017
ސައުތުހެމްޓަން އަތުން މޮޅުވެ އާސެނަލް ފަސްވަނައަށް
30 އެޕްރީލު 2017

ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ

30 އެޕްރީލު 2017
ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް