Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޮންޒާލޯ ހިގުއެން

ހިގުއެން ކްލަބުގައި ބަހައްޓަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން: ގަޓޫސޯ

ޗެލްސީން އަންނަނީ ގަޓޫސޯ ހޯދަން މަސައްކަތް ކުރަމުން

ލީވާން އަލީ
ލީވާން އަލީ | 13 ޖެނުއަރީ 2019 | އާދީއްތަ 08:07
ހިގުއެން (ކ) އަދި ގަޓޫސޯ (ވ)

ހިގުއެން (ކ) އަދި ގަޓޫސޯ (ވ)

އޭސީ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއެން ކްލަބުގައި ބަހައްޓަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ކްލަބުގެ ކޯޗު ގަޓޫސޯ ބުނެފިއެވެ.

މިލާން ޓީވީއަށް ދިން އިންޓަވިއުއެއްގައި ގަޓޫސޯ ބުނީ، ހިގުއެން އަކީ އަދިވެސް އޭސީ މިލާންގެ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އެގޮތުގައި ބެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ގަޓޫސޯ މިހެން ބުނެފައިވާއިރު، ޖެނުއަރީ ޓްރާންސްފާގައި ހިގުއެން ހޯދުމަށް ބައެއް ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޗެލްސީއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާއިން ދާދި ފަހުން ބުނީ، ހިގުއެން ޗެލްސީއަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށާއި، އެކަމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ޗެލްސީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަކީ ނަޕޯލީގައި ހިހުއެން އަށް އިރުޝާދު ދިން ކޯޗެވެ. އެގޮތުން އެއީ ހިގުއެން ޗެލްސީއަށް ބަދަލުވާ އެއް ސަބަބުކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 31 އަހަރުގެ ހިގުއެން އޭސީ މިލާނަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 16 މިލިއަން ޕައުންޑަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. އޭނާ ކްލަބުގައި ދާއިމީ ގޮތެއްގައި ބަހައްޓަން ބޭނުންވާނަމަ އޭސީ މިލާނުން އިތުރަށް 32 މިލިއަން ޕައުންޑު ހަރަދު ކުރަން ޖެހޭނެ އެވެ.

ރިވާ ޕްލޭޓުން 2004 ވަނަ އަހަރު ކެރިޔަރު ފެށި ހިގުއެން ވަނީ އެ ކްލަބަށް 41 މެޗު ކުޅެ، 15 ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު އޭނާ ބަދަލުވީ 2006 ވަނަ އަހަރުގެ ސީޒަނުގައި ރެއާލްއަށެވެ.

އޭނާ ވަނީ ރެއާލްއަށް ކުޅުނު 264 މެޗުގައި 121 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ރެއާލްއާއެކު ހިގުއެން ވަނީ ތިން ލަލީގާ، އެއް ކޮޕާޑެލްރޭ އަދި ދެ ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށް ހިގުއެން ދެން ގުޅުނީ 2013 ވަނަ އަހަރުގެ ސީޒަނުގައި ނަޕޯލީއާ އެވެ. އޭނާ ވަނީ ނަޕޯލީއަށް ކުޅުނު 146 މެޗުގައި 91 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ކޮޕާ އިޓަލިއާ އަދި އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ހިގުއެން ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގައި ޔުވަންޓަސްއަށް ބަދަލުވެ އެޓީމަށް ކުޅުނު 105 މެޗުގައި 55 ލަނޑު ކާމިޔާބުކޮށް، ދެ ލީގު ތަށި އަދި ދެ ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާއާއެކު 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ހޯދި ހިގުއެން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 75 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު