Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓަރ

ހާރިޖީ ސިޔާސަތުގެ އަސާސަކީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން: މިނިސްޓަރު ޝާހިދު

9 ޖެނުއަރީ 2019 | ބުދަ 14:44

ޚާރިޖީ ސިޔާސަތު އަމާޒުވެފައި އޮތީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ޙިމާޔަތްކުރުމަށް ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 9 ޖެނުއަރީ 2019 | ބުދަ 14:44
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މައިގަނޑު އަސާސަކީ ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ރާއްޖެއިން އެކި ޤައުމުތަކަށާއި ޖަމިއްޔާތަކަށް ކަނޑައަޅުއްވާ އައު ސަފީރުންނާއި، ސަފީރުންގެ ނައިބުން، އެބޭފުޅުން ޙަވާލުވާ މިޝަންތަކުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ފޮރިންގ މިނިސްޓްރީގައި ބާއްވާ ދެ ދުވަހުގެ ޕްރޮގްރާމް ފައްޓަވައި ދެއްވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ މުޅި ޚާރިޖީ ސިޔާސަތު އަމާޒުވެފައި އޮތީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ޙިމާޔަތް ކުރުމަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއީ ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ އިސްތިޤްލާލާއި، ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަށް ކަންކުރުންކަމަށެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދެން ބިނާވެގެން ދާނީ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އިސްނެގުމުގެ މައްޗަށް ކަމަށް ރައީސް ސާލިޙް ވެރިކަމުގެ ހުވައިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ކަމާއި، އަދި ހަމައެއާއިއެކު ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަން ބޭނުންވާ، ބައިނަލްއަޤްވާމީ އުޞޫލުތަކަށް ބޯލަނބާ ހުރިހާ ޤައުމުތަކަކާއިއެކު ރާއްޖެއިން އެކުވެރިކަމުގެ ގުޅުން ބަދަހިކުރަމުން ގެންދާނެކަމަށް ވިދާޅުވިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބަވާ ބޭފުޅުން ބޭރުގައި ތިއްބަވަނީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައިކަން ހަނދުމަފުޅު ބަހައްޓަވަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ބޭރުގައި ހުންނަވަނިކޮށް ރައްޔިތަކަށް ކަމެއް ދިމާވެއްޖެނަމަ އެކަމަކަށް ވީހާވެސް ބޮޑަށް އިސްކަން ދެއްވުމަށް މިނިސްޓަރ ސަފީރުންނާއި ސަފީރުންގެ ނައިބުންނަށް އިލްތިމާސްކުރެއްވިއެވެ. ރާއްޖެއިން ބޭރުގައި ދިވެހިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމުގައި ޚާއްސަ ސަމާލު ކަމެއް މިނިސްޓްރީން ކުރިއަށް އޮތްތަނުގައި ދެއްވާނެ ކަމަށް މިނިސްޓަރ ޝާހިދުގެ އައު އަހަރުގެ މެސެޖްގައި ވެސް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން އެކި ޤައުމުތަކަށާއި ޖަމްއިއްޔާތަކަށް ކަނޑައަޅުއްވާ އައު ސަފީރުންނާއި، ސަފީރުންގެ ނައިބުން، އެބޭފުޅުން ޙަވާލުވާ މިޝަންތަކުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ބާއްވާ މި ޕްރޮގްރާމްގައި 16 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް