Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓީޓީއެމް

ޓުއަރ އޮޕަރޭޓަރުންނަށް ޓީޓީއެމަށް ހިލޭ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ފެއަރ އޮންނާނީ އޭޕްރިލް 20 އިން 22އަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖެނުއަރީ 2019 | ބުދަ 14:00
ޓީޓީއެމް ފެއަރ

ޓީޓީއެމް ފެއަރ

މޯލްޑިވްސް ގޭޓަވެސް އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ޓްރެވެލް ޓްރޭޑް ޝޯ އޮފް މޯލްޑިވްސް (ޓީޓީއެމް) އަށް ހިލޭ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ގޭޓަވެސް އިން ބުނީ ހިލޭ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކަމަށާއި ޓީޓީއެމް އަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އިތުރު ފައިދާތަކެއްވާނެ ކަމަށެވެ. އެގޮތުން "ކަނެކްޓް ސޮފްޓްވެއަރ" ބޭނުންކުރުމުގެ އިތުރުން ޓީޓީއެމްގެ ގާލާ ކްލޯޒިންގް އިވެންޓަށް ދައުވަތު ވެސް އަރުވާނެ ކަމަށެވެ.

ޓީޓީއެމް ފެއަރއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އޭޖެންޓުންނާ ގުޅުވާލުމަށް ކުރިއަށް ގެންދާ ފެއަރއެކެވެ.

ޓީޓީއެމް މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުން 22 ވަނަ ދުވަހަށް ބާއްވަން ނިންމާފައިވާއިރު އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރު ވެސް މާލޭގެ އިތުރުން ރިސޯޓްތަކުގައި މި ފެއަރ އޮންނާނެއެވެ.

މޯލްޑިވްސް ގެޓްއަވޭސްގެ މި ހަރަކާތުގެ މަގްސަދަކީ އަންނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިޔަނަށް އިތުރުކޮށް، އަންނަ އަހަރަށް ފަތުރުވެރިންގެ ޖުމްލަ އަދަދު 3.5 ބިލިޔަނަށް އިތުރު ކުރުމެވެ.

މިދިޔަ އަހަރު ޓީޓީއެމް ފެއަރގެ ތެރެއިން 4000 އަށް ވުރެ ގިނަ މީޓިންތައް ކުރިއަށް ގެންގޮސްފައިވާއިރު، 400 އަށް ވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލުން ވަނީ ބައިވެރިވެފައެވެ. އަދި އެ ފެއަރއަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ޓްރެވަލް ޓްރޭޑް ޝޯއަކީ ރާއްޖޭގެ ރިސޯޓްތަކާއި ރިސޯޓް ސެގްމަންޓްގައި ހުރި ޕްރޮޕަޓީތައް ޕްރޮމޯޓްކުރުމަށް ބާއްވަން ހަމަޖައްސާފައިވާ އިވެންޓެކެވެ.

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2018

ދިރާގު ރޯޑް ރޭހުގައި 3000 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓްރީވެއްޖެ

19 ސެޕްޓެމްބަރު 2018
ދިރާގު ރޯޑް ރޭހުގައި 3000 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓްރީވެއްޖެ
11 އޯގަސްޓު 2018

ގެސްޓް ހައުސް މޯލްޑިވްސް އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

11 އޯގަސްޓު 2018
ގެސްޓް ހައުސް މޯލްޑިވްސް އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
08 އޯގަސްޓު 2018

ފިޓްޒޯން އިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފި

08 އޯގަސްޓު 2018
ފިޓްޒޯން އިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފި
11 ޖުލައި 2018

ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް

11 ޖުލައި 2018
ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް
04 ޖުލައި 2018

ހަ މަސްވަންދެން ކަވާންގެ ތައްޔާރީ ރޮށި ހިލޭ ލިބޭ ޕްރޮމޯޝަނެއް

04 ޖުލައި 2018
ހަ މަސްވަންދެން ކަވާންގެ ތައްޔާރީ ރޮށި ހިލޭ ލިބޭ ޕްރޮމޯޝަނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު