Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގޯލްޑް 100 އެވޯޑްސް ހަފްލާ

ގޯލްޑް 100 އެވޯޑްސް ހަފްލާ އަންނަ މަހު

މި އެވޯޑް ހަފްލާ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެވޯޑް ހަފްލާއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖެނުއަރީ 2019 | ހޯމަ 03:32
ގޯލްޑް 100 އެވޯޑް ދިނުމުގެ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި

ގޯލްޑް 100 އެވޯޑް ދިނުމުގެ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި

ގޯލްޑް 100 އެވޯޑް ދިނުމުގެ ހަފްލާ އަންނަ މަހު 23 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ގެޓަވޭސް އާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެވޯޑް ހަފްލާއެކެވެ.

ގޯލްޑް 100 ގާލާ އެވޯޑްސް ހަފްލާގެ ތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދޭނެއެވެ. 2017 ވަނަ އަހަރުގެ ގޯލްޑް 100 އެވޯޑް ހަފްލާގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފައިވަނީ ބަނޑޮސް މޯލްޑިވްސް ރިސޯޓުގެ ވެރިޔާ، ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އަށާއި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރ އަދި އެ ކުންފުނީގެ އެއް ބާނީ ކަމުގައިވާ އަހުމަދު ނަޒީރަށެވެ.

ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓްކުރާނެއެވެ.

މިދިޔަ އަހަރު "ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ މި އެވޯޑް ހަފްލާ ބާއްވާ މިއީ ތިންވަނަ ފަހަރެވެ.

އިތުރަށް ކިޔާލަން

19 އޯގަސްޓު 2017

ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!

19 އޯގަސްޓު 2017
ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު