Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާސީ އަހަރު ފެށުން

ސްކޫލްތައް ދިރާސީ އާ އަހަރަށް ތައްޔާރުވުމުގައި އަވަދިނެތި

6 ޖެނުއަރީ 2019 | އާދީއްތަ 17:52

ރާއްޖޭގެ ހުރިހާ ސްކޫލްތަކަކުންވެސް ދަނީ ވަރަށް ބޮޑެތި ތައްޔާރީތަށް ވަމުން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 6 ޖެނުއަރީ 2019 | އާދީއްތަ 17:52
ސްކޫލެއްގެ ދަރިވަރުންތަކެއް

ސްކޫލެއްގެ ދަރިވަރުންތަކެއް

ދިރާސީ އާ އަހަރު ސްކޫލްތައް ތައްޔާރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އާ އަހަރުގެ ކިޔެވުން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަކުންވެސް ދަނީ ދިރާސީ އާ އަހަރަށް ވަރަށް ބޮޑަތި ތައްޔާރީތަށް ވަމުންނެވެ. އެގޮތުން ކިޔެވުން ފެށެންވާއިރަށް މަރާމާތާއި އިމާރާތް ކުރުމުގެ މަސައްކަތް ބައެއް ސްކޫލްތަކުގައި ފަށައިގެން ކުރިއަށްދާއިރު ބައެއް ސްކޫލްތަކުން މިހާރު ވަނީ މިފަދަ މަސައްކަތްތައް ނިންމާފައެވެ.

Advertisement - newsAdvertisement

ދިރާސީ އާ އަހަރަށް ޖަމާލުއްދީން ސްކޫލުން ވެފައިވާ ތައްޔާރީތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވީ، އެސްކޫލުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އައު ތިން ކުލާސްރޫމް އިމާރާތް ކޮށްފައިވާ ކަމަށާއި ސްކޫލް ހުޅުވެންވާއިރަށް ކިޔަވައިދެއްވާ ޓީޗަރުންވެސް ހަމަވެފައި ވާކަމަށެވެ.

މީގެ އިތުރުން ކުލާސްރޫމްތަކުގައި ކުލަ ލުމާއި ގޮނޑި، މޭޒު ފަދަ ތަކެތިވެސް މިހާރު މަރާމާތުކޮށްފައި ވާކަމަށް ހަސަން ވިދާޅުވިއެވެ. ހަމަ އެއާއި އެކު މިއަހަރަށް ބޭނުންވާ ސްކީމްތަށް ޕްރިންޓްކޮށް ސްކޫލް ހުޅުވޭ ފުރަތަމަ ދުވަހުވެސް ކުދިންނަށް އެއްވެސް ދަތިކަމެއް ނެތި ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ސްކޫލް ހުޅުވޭދުވަހު ކުދިންގެ ޓެކްސް ފޮތްތަށް ބެލެނިވެރިންނާއި ހަވާލު ކުރެވޭނެ ކަމަށެވެ.

ދިރާސީ އާއަހަރަށް އިމާދުއްދީން ސްކޫލް ވަމުންދާ ތައްޔާރީ ތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖާހިދު ވިދާޅުވީ އެހެން ސްކޫލްތަކެކޭ އެއްފަދައިން އިމާދުއްދީން ސްކޫލުންވެސް ސްކޫލްތަކުގެ ކިޔެވުން ފެށެންވާއިރަށް ބޮޑެތި ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ސްކޫލާއި އަދި ކުލާސްރޫމްތަކުގައި ކުލަ ލުމާއި، ސްކޫލްގެ އާބާތުރަ ފިލުވުމުގެ ގޮތުން ކުރަންޖެހޭ ބައެއްކަންތައްތައް ކުރުމާއި، ސްކޫލް ނޯޓިސްބޯޑް ހަރުކުރުމާއި މިފަދަ ކަންތައްތަށް ކުރަމުން ދާކަމަށެވެ. އަދި ދަރިވަރުންގެ ޓެކްސްޓްފޮތްތައްވެސް މިހާރު ސްކޫލުން ދޫކަރަމުންދާކަމަށް އޭނާ ވިދާުވިއެވެ.

މީގެ އިތުރުންވެސް ސްކޫލަށް ބޭނުންވާ އަދަދަށް ޓީޗަރުން ތިއްބެވިކަން ފާހަގަ ކުރައްވާ މުޖާހިދު ވިދާޅުވީ އެ ސްކޫލަކީ އުނގެނުމާއި އުގަންނައިދިނުމަށް ފަހި މާހައުލަކަށް ހެދުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 1400 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ އިމާދުއްދީނު ސްކޫލްގެ ކިޔެވުން ފަށާނީ ދަރިވަރުންނަށް ގިނަގުނަ ކާމިޔާބީތަކެއް ހާސިލް ކޮށްދިނުމުގެ ފޮނި އުއްމީދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ސްކޫލް ހުޅުވެންވާއިރަށް އެ މަސައްކަތްތަށް ނިންމާލެވޭނެ ކަމަށެވެ. ސުކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގިނަ ސްކޫލްތަކަށް ހަމަޖެހިފައިވާއިރު މަދު ސްކޫލަކަށް ބޭނުންވާ ޓީޗަރުންނާއި އިންޓަރވިއު ކުރަމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުޅުމާލެ ސްކޫލްގެ އެންމެ ފަހުގެ މަސައްކަތްތަށް ކުރިއަށްދާއިރު އެ ސްކޫލަށް ބޭނުންވާ ފަރުނީޗަރު ފޮނުވާފައި ވާކަމަށެވެ

އެޑިއުކޭޝަނުން ބުނީ ގްރޭޑް 1 ން 7 ކާއި ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓްފޮތްތައް މިހާރު ހުރިހާ ސްކޫލަކަށް ފޮނުވާފައިވާއިރު ގްރޭޑް 8 އާއި 9ގެ ދަރިވަރުންގެ ފޮތްތަށް ޖެނުއަރީމަހުގެ 10 ގެ ކުރިން މިނިސްޓްރީއަށް ލިބޭނެކަމަށާއި ސްކޫލްތަށް ހުޅުވުމުގެ ކުރިން ދަރިވަރުންނަށް ހަވާލު ކުރެވޭނެ ކަމަށެވެ.

ހދ. އަތޮޅުގެ އެޑިއުކެޝަން ސެންޓަރާއި އައްޑޫ ނޫރާނީ ސްކޫލްގައި އަރަބި މީޑިއަމަށް ކިޔަވާކުދިންގެ ފޮތްތަށްވެސް މިމަހުގެ 10 ގެ ކުރިން ފޮނުވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ހަމައެއާއިއެކު ސަރުކާރުން ދަރިވަރުންނަށް ދޫކުރާ ޓެބްލެޓްތަށް މިހާރު ހުރިހާ ދަރިވަރުންނަށް ދޫކޮށްފައި ވާކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ރޯމަން ސެލެޒްނޯވް 27 އަހަރަށް ޖަލަށް، އޭނަގެ ބައްޕަ ރަތަށް

22 އެޕްރީލު 2017
ރޯމަން ސެލެޒްނޯވް 27 އަހަރަށް ޖަލަށް، އޭނަގެ ބައްޕަ ރަތަށް
20 އެޕްރީލު 2017

ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް

20 އެޕްރީލު 2017
ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް
02 އެޕްރީލު 2017

ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި

02 އެޕްރީލު 2017
ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި
27 މާރިޗު 2017

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

27 މާރިޗު 2017
ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި
26 މާރިޗު 2017

އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!

26 މާރިޗު 2017
އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!
16 މާރިޗު 2017

ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!

16 މާރިޗު 2017
ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!
14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
06 މާރިޗު 2017

ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

06 މާރިޗު 2017
ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
15 ފެބުރުއަރީ 2017

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް