Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ދީޕިކާގެ އުފަން ދުވަހު ވެބްސައިޓް ލޯންޗް ކޮށްފި

ވެބްސައިޓް ލައުންޗް ކޮށްފައިވަނީ ހޮނިހިރު ދުވަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2019 | އާދީއްތަ 11:17
ދީޕިކާ ޕަދުކޯން

ދީޕިކާ ޕަދުކޯން

ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންގެ އުފަންދުވަހު އޭނާގެ އޮފިޝަލް ވެބްސައިޓް ލޯންޗް ކޮށްފިއެވެ.

ހޮނިހިރު ދުވަހު ދީޕިކާ ވަނީ ވެބްސައިޓްގެ ލިންކް އޭނާގެ ސޯޝަލް މީޑީއާ ހެންޑްލްގައި ހިއްސާކޮށްފައެވެ.

ދީޕިކާ ވަނީ އޭނާގެ ބްލެކް އެންޑް ވައިޓް ފޮޓޯއެއް ހިއްސާކޮށް އެ ފޮޓޯގެ އެއްފަރާތުގައި ވެބްސައިޓާ ގުޅޭ މައުލޫމާތު ލިޔެފައެވެ.

މި ފޮޓޯގެ ވައަތް ފަރާތު ތިރީ ކަނުން ކިއުއާރު ކޯޑު ވެސް ފެނިގެންދެއެވެ.

ދީޕިކާ ވަނީ މީގެ 24 ގަޑިއިރު ކުރިން އުފާވެރި ޚަބަރެއް ހިއްސާކުރާނެ ކަމަށް ބުނެފައެވެ. އަދި އެ ޕޯސްޓާ އެކު އިންސްޓަގްރާމްގައި އޭނާ ވަނީ ކައުންޓް ޑައުން ފަށާފައެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ފިލްމް "ޕަދްމާވަތު" އިންނެވެ. އެ ފިލްމްގައި ދިޕިކާއާ އެކު ފެނިގެން ގޮސްފައި ވަނީ އޭނާގެ މިހާރުގެ ފިރިމީހާ ރަންވީރު ސިންގް އާއި ޝާހިދު ކަޕޫރެވެ. އެ ފިލްމް ވެގެން ގޮސްފައި ވަނީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމްކަމަށެވެ. އެގޮތުން އެ ފިލްމަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

ދީޕިކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ ފިލްމް " ޗަޕާކް" އިންނެވެ.

ނިމިގެން ދިޔަ 2018 ވަނަ އަހަރު ވެފައި ވަނީ ދީޕިކާއަށް ހުރިހާ ގޮތަކުން ވެސް ވަރަށް ކާމިޔާބު އަހަރަކަށެވެ. އެގޮތުން އަހަރު ފެށުނުތަނާ ރިލީޒް ކުރި އޭނާގެ ފިލްމް "ޕަދްމާވަތު" ވަނީ ކާމިޔާބު ފިލްމަކަށް ވެގެން ގޮސްފައެވެ. އަހަރުގެ މެދުތެރެއިން އޭނާ އާއި ރަންވީރުގެ ކައިވެނީގެ ތައްޔަރީތައް ވަނީ ފަށާފައެވެ. މި ދެ މީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު އިޓަލީގެ ލޭކް ކޯމޯގައެވެ. ކައިވެންޏަށް ފަހު އެނބުރި އިންޑިއާއަށް އައުމަށް ފަހު އާއިލާ އާއި ގާތް ރައްޓެހިން އަދި ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ކައިވެނީގެ ހަފްލާތައް ބާއްވާފައެވެ.

ފޯބްސް މެގައިޒިން އިން ހޮވި 2018 ވަނަ އަހަރުގެ އެންމެ މުއްސަދި ސެލެބްރިޓީންގެ ލިސްޓްގެ ފަސް ވަނައަށް ދީޕިކާ ވަނީ ހޮވިފައެވެ. އަދި މިއީ އަންހެނަކު މި ލިސްޓަށް އެރި ފުރަތަމަ ފަހަރެވެ. އެނާއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 112 ކްރޯޑް ލިބިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

03 މެއި 2017
ދީޕިކާގެ ކަރަށް ތަދެއް އަރައިގެން "ޕަދްމަވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފި

ދީޕިކާގެ ކަރަށް ތަދެއް އަރައިގެން "ޕަދްމަވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފި

17 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

20 މާރިޗު 2017

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު