Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް ބަހައްޓާ ތަނާ މެދު ޝެއިހް ޒައިދުގެ ކަންބޮޑުވުން!

5 ޖެނުއަރީ 2019 | ހޮނިހިރު 09:36

ކަންބޮޑުވުމަކީ އިސްލާމީ މަރުކަޒާ އިންވެގެން ބެހެއްޓުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 ޖެނުއަރީ 2019 | ހޮނިހިރު 09:36
ކަޅުވަކަރު މިސްކިތް ބަހައްޓާ ދިރާގު ބިމުގައި ނައިބު ރައީސާއި ސަރުކާރުގެ ބައެއް ބޭފުޅުން

ކަޅުވަކަރު މިސްކިތް ބަހައްޓާ ދިރާގު ބިމުގައި ނައިބު ރައީސާއި ސަރުކާރުގެ ބައެއް ބޭފުޅުން

ނަމާދު ކުރެވޭ ގޮތަށް ކަޅުވަކަރު މިސްކިތް މިހާރު ބަހައްޓަން ނިންމާފައިވާ ތަނާ މެދު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒު ކައިރީގައި ހުންނަ ދިރާގު އޮފީސް ކުރިން ހުރި ބިމުގައެވެ. އެ ތަނުގައި އެ މިސްކިތް ބެހެއްޓެވުމަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

Advertisement - newsAdvertisement

ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒާ އިންވެގެން ނަމާދު ކުރެވޭ ގޮތަށް ކަޅުވަކަރު މިސްކިތް ބެހެއްޓުމީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫން ކަމަށެވެ. ދެ މިސްކިތުގެ އަޑުގަދަކުރާއިން އުނދަގޫވުމުގެ ސަބަބުން ކަޅުވަކަރު މިސްކިތް މުންކަރާތަކަށް މަގުފަހިވެގެންދާނެ ކަމަށާއި އެ މިސްކިތުގައި ނަމާދު ނުކުރާ ނަމަ އެތަން ހުރުމަކުން މައްސަލައެއް ނެތް ކަމަށް ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

އަޑުގަދަ ކުރާއެއް ބޭނުންނުކޮށް، ކަޅުވަކަރު މިސްކިތުގައި ނަމާދު ކުރެވޭ ގޮތް ހެދުން ކިހިނެއް ވާނެތޯ ޓްވިޓާގައި މީހަކު ސުވާލު ކުރުމުން ޒައިދު ވިދާޅުވެފައި ވަނީ އެ ގޮތް ވެސް ކަމަކު ނުދާނެ ކަމަށެވެ. އިސްލާމީ މަރުކަޒު އިންވެގެން ހުއްޓާ، އެތަނުގައި ތަން އޮއްވާ އެގޮތަށް މިސްކިތެއް ބެހެއްޓުން އެއްގޮތަކަށް ވެސް ކަމަކު ނުދާނެ ކަމަށް ޝެއިހް ވިދާޅުވިއެވެ.

ޝެއިޚް ޒައިދުގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ޝެއިޚް ޝަހީމް ވިދާޅުވެފައި ވަނީ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް ޖަމާއަތުގައި ނަމާދުކުރާ މިސްކިތެއްގެ ދޮރުމަތީގައި އެހެން މިސްކިތެއް ނުބެހެއްޓޭނެ ކަމަށެވެ. ޖަމާއަތުގައި ނަމާދުކުރާ މިސްކިތެއްގެ ދޮރުމަތީގައި ވަކި ޖަމާއަތެއް ހަދައިގެން ނަމާދުކުރާ އިތުރު މިސްކިތެއް އެޅުމާ މެދު ދީނީ އިލްމުވެރިން ބަހުސްކޮށްފައިވާ ކަމަށާއި އަދި އެގޮތަށް މިސްކިތް އެޅުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި މަނާކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކަޅުވަކަރު މިސްކިތް ދިރާގު ކުރިން ހުރި ބިމުގައި ބަހައްޓަން ކުރިން ވާހަކަ ދެކެވުނު ދުވަސްވަރުގައި ވެސް، އިސްލާމީ މަރުކަޒާ ކައިރީގައި އެ މިސްކިތް ބަހައްޓާތީ، ބައެއް އެހެން ފަރާތްތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް