Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

ރައްޔިތުން އެންމެ އުންމީދުކުރި މަޖިލީހެއް ރައްޔިތުންނަށް މިހާތަނަށް ލިބިފައެއް ނެތް: ރައީސް ނަޝީދު

މަޖިލިސް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ އުންމީދު އަޅުގަނޑުމެން ނަގާލައިގެން ނުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ޖެނުއަރީ 2019 | ބުރާސްފަތި 14:30
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)ގެ ކެމްޕެއިން ޖަގަހަ ރައީސް ނަޝީދު ހުޅުވައިދެއްވަނީ

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)ގެ ކެމްޕެއިން ޖަގަހަ ރައީސް ނަޝީދު ހުޅުވައިދެއްވަނީ

ރައްޔިތުން އެންމެ އުންމީދުކުރި ކަހަލަ މަޖިލީހެއް ލިބިފައިނުވާ ކަމަށާއި އެކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)ގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށްޓަކައި ރައްޔިތުން މަސައްކަތް ކުރަމުން މި ގެންދަނީ 19 ވަނަ ފަހަރަށް ކަމަށާއި ރައްޔިތުން އެންމެ އުންމީދު ކުރި, އެދޭ މަޖިލީހެއް ލިބިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement
"ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށް ދިވެހިން މި ދަނީ 19 ވަނަ ފަހަރަށް، މީގެން އެއް ފަހަރު ވެސް ރައްޔިތުން އުންމީދުކުރި އެދޭ، އެންމެ ހިތްހަމަޖެހޭ މަޖިލިސް ރައްޔިތުންނަށް ލިބިފައިނުވާ ކަމަށް އަޅުގަނޑު ވެސް އެއްބަސް. ރައްޔިތުން މަޖިލިސް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ އުންމީދު އަޅުގަނޑުމެން ނަގާލައިގެން ނުވާނެ، އަޅުގަނޑުމެންނަށް އެ މަޖިލިސް، މުޅިން އާ މަޖިލީހަކަށް އިރާދުކުރެއްވިއްޔާ ހެދޭނެ. މަޖިލިސް 19 ވެގެންދާނީ މުޅިން އާ ފެށުމަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަކީ ސިޔަސީ ވެރިންނާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ކޮންމެހެން އަދާކުރަން ޖެހިފައިވާ ވަޒީފާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުން އަކުރުން އަކުރަށް ރަނުން ރަނަށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ހޯދައިދޭންޖެހޭ ޤާނޫނީ ބާރުވެރިކަން، ލިބޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަޤުލަބިއްޔަތު ލިބިގެން ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޓެކްސްގެ ނިޒާމަށް ބަދަލު ގެންނަންޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނަޒާހަތްތެރިކަމާއި މެމްބަރުންގެ އަހުލާޤީ ދަރަޖައާ މިންވަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ނާޖާއިޒު ފައިދާ އާއި ރުފިޔާގެ ވާހަކަތައް ގިނަވެފައި އޮތުމަކީ ރައްޔިތުންނަށް ބަލައިގަންނަ ވާހަކަތަކެއް ނޫން ކަމަށާއި 2019 ވަނަ އަހަރުގެ މަޖިލިސް ވެގެންދާނީ ނަޒާހަތްތެރި މަޖިލީހަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަޖިލިސް ވެގެންދާނީ ރާއްޖޭގައި ހިންގާފައި ގޮތް ނޭނގޭ މަރުތައް ތަހުޤީޤު ކުރެވި ހައްޤު އަދަބު ހައްޤުވާ ފަރާތްތަކަށް ހޯދައިދޭނެ މަޖިލީހަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު