ބިޓްކޮއިނުން އަގު ނުދައްކައިފިނަމަ 9/11 ހަމަލާގެ ހަގީގަތް ހާމަކުރާނެކަމަށް ހެކަރުންތަކެއް އިންޒާރުދީފި
ޑޮކިއުމަންޓްތައް ހިމެނޭކަމަށް ބުނާ 10 ޖީބީގެ އެންކްރިޕްޓަޑް އާކައިވްއެއްގެ ލިންކު ވެސް ހިމަނާފައި


ސެޕްޓެމްބަރު 11ގެ ހަމަލާގައި ވޯލްޑް ޓްރޭޑް ސެންޓަރު ބިމާހަމަވުމުގެ ކުރިން
ބިޓްކޮއިނުން އަގު ނުދައްކައިފިނަމަ 9/11 ހަމަލާގެ "ހަގީގަތް ހާމަކުރާނެކަމަށް "ދަ ޑާކް އޮވަރލޯޑް" ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުން އިންޒާރުދީފިއެވެ.
އެ ގްރޫޕުން ބުނެފައިވަނީ އެ މީހުން މި މައުލޫމާތު ހާމަކުރުމަށް ބޭނުން ކުރާނީ ސަރުކާރުގެ އިދާރާތަކުންނާއި އިންޝުއަރަންސް ކުންފުނިތަކުން މީގެ ކުރިން ވަގަށް ނަގާފައިވާ ޑޮކިއުމެންޓްތަކެއް ކަމަށެވެ.
ޕޭސްޓްބިން ވެބްސައިޓްގައި އެ ގްރޫޕުން ކޮށްފައިވާ ޕޯސްޓްއާއި އެކު، އެ މީހުން ވަނީ އެ ޑޮކިއުމަންޓްތައް ހިމެނޭކަމަށް ބުނާ 10 ޖީބީގެ އެންކްރިޕްޓަޑް އާކައިވްއެއްގެ ލިންކު ވެސް ހިމަނާފައެވެ. އެ ގްރޫޕުން ބުނެފައިވަނީ އެ މީހުން އެދިފައިވާ ކަންކަން ފުރިހަމަ ނުވެއްޖެ ހާލަތެއްގައި، މި އާކައިވްތައް ހުޅުވުމަށް ބޭނުންކުރާ "އެންކްރިޕްޝަން ކީޒް" ތައް ހާމަކުރާނެ ކަމަށެވެ.
އެ ގްރޫޕުން ވަނީ "ޓީޒަރ" އެއް ކަމަށް ބުނެ ލޯ ފާރމްތަކަކަކާއި އެމެރިކާގެ ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއާއި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ސިޓީތަކަކާއި އީމެއިލްތަކެއް ލީކްކޮށްލައިފައެވެ.
މި ހެކަރުންތައް ވަނީ އެ މީހުންގެ ޓްވިޓަރަ އެކައުންޓް މެދުވެރިކޮށް، އެ މީހުން އަތުގައި އެފް.ބީ.އައިގެ އާއި ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ސިއްރު ލިޔެކިޔުންތަކެއް ހުރިކަމަށް ވެސް ބުނެފައެވެ. މ
It's not just insurance litigation that we have, it's CONFIDENTIAL, CLASSIFIED, and SECRET documents from FAA, FBI, TSA, USDOJ, and others. pic.twitter.com/7LaC8TaNAQ
— thedarkoverlord (@tdo_h4ck3rs) January 1, 2019>
