Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ވައުދުތައް

ސަރުކާރުން 30 ދުވަހުގައި ފުއްދުމަށް ހަމަޖެހިފައިވާ ވައުދުތަކުގެ ތެރެއިން 18 އިންސައްތަ އަދިވެސް ނުފުއްދޭ!

2 ޖެނުއަރީ 2019 | ބުދަ 15:57

21 މިނިސްޓްރީއަކާ ގުޅޭ 161 ވައުދެއް ފުއްދެވުމަށް ވަނީ ކަނޑައަޅުއްވާފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 2 ޖެނުއަރީ 2019 | ބުދަ 15:57
ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން

ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 30 ދުވަހުގެ ތެރޭގައި ފުއްދުމަށް ހަމަޖެހިފައިވާ ވައުދުތަކުގެ ތެރެއިން 82 އިންސައްތަ ނިމިއްޖެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއިވާއިރު 18 އިންސައްތަ ނުފުއްދެއެވެ.

ސަރުކާރުގެ ފުރަތަމަ 30 މަސައްކަތު ދުވަހުގެ ތެރޭގައި ފުއްދުމަށް ހަމަޖެހިފައިވާ ވައުދުތަކުގެ ތެރެއިން މިހިނގާ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުން މި މުއްދަތުގެ ތެރޭގައި ކުރަން ނިންމާފައިވާ 67 ކަމެއްގެ ތެރެއިން 56 ކަމެއް ފުރިހަމަކޮށްފައި ވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އައު އަހަރު ފެށިގެންގޮސްފައިވާއިރު މީގެ ތެރޭގައި ތަފާތު 19 ދާއިރާއަކާ ގުޅޭ މުހިންމު އެކި ކަންކަން ހިމެނެއެވެ. ޚާއްޞަ ގޮތެއްގައި މަތީ ތަޢުލީމާއި، ކޮރަޕްޝަން ނައްތާލުމާއި، ސިއްހީ ދާއިރާ އާއި، ދަތުރުފަތުރާއި، ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތަކާ ގުޅޭ ކަންކަން ހިމެނެއެވެ. ފާއިތުވެގެންދިޔަ އަހަރުގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަޔަކީ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑކުރުމުގެ ވާހަކައެވެ. އަގުތައް ހެޔޮކުރުމަށް ފަހު ގައުމީ އެއާލައިނުން އިއުލާނުކޮށްފައި ވަނީ އަހަރުގެ 2 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ މަސައްކަތްތަކުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ ދުސްތޫރީ ވެރިކަމަކަށް ރުޖޫޢަވެވުމާއި، ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދެވުމެވެ. މިރޮނގުން ފާހަގަ ކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި، މިނިވަން ނޫސްވެރިކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މީގެ ކުރިން ފާސްކޮށްފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިިިިލް"، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެބިލް ތަޞްދީޤު ކުރައްވާފައެވެ.

މީގެ އިތުރުން ތަންފީޒީ އިދާރާތަކަށް ގެއްލިފައި އޮތް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް އިސްކަން ދީގެން ސަރުކާރުން ވަނީ ފުލުހުންގެ އިދާރާއަށް މިދިޔަ 30 ދުވަހުގެ ތެރޭގައި އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަގީގަތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށްޓަކައި، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި، އެ ކޮމިޝަނުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ސަރުކާރުގެ ފުރަތަމަ 30 މަސައްކަތު ދުވަހުގެ ތެރޭގައި ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ އަނެއް ދާއިރާއަކީ ޒުވާނުންނާ ގުޅުންހުރި ދާއިރާއެވެ. ހާއްސަކޮށް ޒުވާނުންނަށްޓަކައި ތައުލީމު އުނގެނުމުގައި ލުއިފަސޭހަތަކެއް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކަކުން ބެޗެލާސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ވެފައިވާ ވައުދުވަނީ ފުއްދާފައެވެ. ހަމައެއާ އެކު ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ތިން އިންސައްތައަށް ކުޑަކޮށް، ލޯން އަނބުރާ ދެއްކުމަށް ހަމަޖައްސަވާފައިވާ މުއްދަތު 25 އިންސައްތަ އަށް ވަނީ އިތުރު ކޮށްދީފައިވާކަން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް އާ ލޯނުތަކަކަށް މިހާތަނަށް އަދި ހުޅުވާލާފައެއް ނުވެއެވެ. މީގެ އިތުރުން، މަތީ ސާނަވީ އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ކުދިންގެ ސްކޮލަޝިޕް، އޯ.އީ.ސީ.ޑީ. ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

ފާހަގަ ކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރަސްމީކޮށް ހުށަހެޅުއްވުމާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން ސަރުކާރަށް ނަންގަވާފައިވާ ބާރުތައް އަލުން އަނބުރާ ސިޓީ ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. ތިމާވެށީގެ ދާއިރާއިން ސަރުކާރުން ހާސިލުކުރައްވާފައިވާ ކަންކަމުގެ ތެރޭގައި، ހއ. ބާރަށާއި، ހއ. ނޭކުރެންދޫގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަނޑައެޅުއްވުމާއި، ހއ. ކޭލަކުނަކީ ހިމާޔަތްކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުން ހިމެނެއެވެ. ސިއްހީ ދާއިރާއިން ހޯއްދަވާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، އާސަންދައިގެ ތެރޭގައި ތަފާތު ތެރަޕީ ފަރުވާތައް ހިމެނުމާއި، އައި.ޑީ. ކާޑު މުއްދަތު ހަމަވެފައިވީ ނަމަވެސް އާސަންދައިގެ ޚިދުމަތް ހޯދުމަށް މަގުފަހި ކޮށްދިނުން ހިމެނެއެވެ.

މިހާ ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ހާސިލްކޮށްފައިވާ ބޮޑެތި ކާމިޔާބީތަކާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ކުރިއަށް އޮތްތާނގައި ސަރުކާރުން ކުރަންހުރި ކަންކަމުގެ ތެރެއިން މަދު މިންވަރެއް ކަމަށާއި، މިހާތަނަށް ހާސިލްކުރެވުނު ކަންކަމަކީ، ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް ލިބިވަޑައިގެންނެވި އިތުރު ހިތްވަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަ ކުރެއްވާފައެވެ. މީގެއިތުރުން އިޤްތިޞާދީ ކުރިއެރުމާއި ޤައުމީ ތަރައްޤީއާއެކު ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވައުދުވެފައިވާ ކަންކަން ފުރިހަމަ ކުރެއްވުމުގައި އިތުރު ބާރަކަށް އެކަންކަން ވެގެން ހިނގައްޖެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް 27 މާރިޗު 2019 ގައި ހަމަވާއިރު، 21 މިނިސްޓްރީއަކާ ގުޅޭ 161 ވައުދެއް ފުއްދުމަށް ވަނީ ކަނޑއަޅާފައެވެ. މީގެއިތުރުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރެއްވުމަށް ކަނޑައެޅުއްވި ވައުދުތައް ފުރިހަމަ ކުރެއްވުމުގައި ފާހަގަކޮށްލެވޭ ކާމީޔާބީތަކެއް ހާސިލްކުރެވެމުންދާ ކަމުގައި ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ،

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް