Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓަށް އެދެން ކިޔޫގައި ޖެހެން ނުޖެހުން

ފްލެޓަށް އެދެން ކިއޫގައި ޖެހެންނުޖެހޭ ނިޒާމެއް ގާއިމްކުރަނީ!

30 ޑިސެމްބަރު 2018 | އާދީއްތަ 10:44

ޕޯޓަލްއާ ގުޅޭ ޑޭޓާ ބޭހެއް އެކުލަވާލުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 30 ޑިސެމްބަރު 2018 | އާދީއްތަ 10:44
މިނިސްޓްރީ އޮފް ހައުސިން އާރބަން އެންޑް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދު

މިނިސްޓްރީ އޮފް ހައުސިން އާރބަން އެންޑް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދު

ފްލެޓަށް އެދެން ކިއޫގައި ޖެހެންނުޖެހޭ ނިޒާމެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން އާރބަން އެންޑް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެެކެވެ. ފްލެޓަށް އެދޭ މީހުން ކިޔޫގައި ނުޖެހި ފްލެޓަށް އެދެވޭ ޕޯޓަލްއެއް ހެދުމުގެ މަސައްކަތް ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލިޖީއާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި ޕޯޓަލްއާ ގުޅޭ ޑޭޓާ ބޭހެއް އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ގޮތެއް ބެލުމަށް ސްޓޭކް ހޯލްޑާރސްއާ މި ކަމުގައި ބައިވެރިވާ އެހެން ފަރާތްތަކާ މަޝްވަރާކުރެވެމުންދާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސިސްޓަމް ހެދުމުން ކޮންމެ ރައްޔިތަކަށް ވެސް ޕޯޓަލް އަށް ލޮގިންކުރުމުން އެ މީހެއްގެ ޒާތީ މައުލޫމާތު ފެންނާނެ ކަމަށެވެ. ޕޯޓަލްއަށް ވަދެ ފްލެޓަށް އެދުމުން ހިގަމުންދާ ހުރިހާ ބޯހިޔާވަހިކަމާއި ޕްލޭންކުރެވިފައި އޮތް މަޝްރޫއެއް ވާނަމަ އެނގިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވަކި ސްކީމަކަށް އެދިވަޑައިގަންނަވާކަމުގައި ވާނަމަ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ އަމިއްލައަށް ބެލޭނެ. ދެން އޭގެ ފަހުން އެ ބޭފުޅަކުވެސް ސްކީމްގައި ބައިވެރިވެވަޑައިގެންފައި ހުރި ކަމުގައި ވާނަމަ ކިއު ތަރުތީބުން ހުރި ހިސާބެއް އެނގިގެންދާނެ. މިއީ ވީހާ ވެސް ފަސޭހަކޮށް މިކަން ކުރެވޭނެ ގޮތެއް ހެދުން އަޅުގަނޑުމެންގެ މަގްސަދަކީ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ގިނަ ފަރާތްތަކެއް ބޯހިޔާ ވަހިކަމަށް އެދި ކިޔޫގައި ޖެހި ބޮޑެތި ތަކްލީފްތަކެއް އުފުލި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. ފްލެޓް އެދޭ ފޯމް ހޯދުމަށާއި، ފޯމް ލުމަށް ގިނަ ބަޔަކު ގިނައިރުތަކެއް ވަންދެން ކިޔޫގައި ޖެހެން ޖެހުނު މަންޒަރު ފެނިގެން ދިޔައެވެ.

މީގެ އިތުރުން ހައުސިން ނީޑް އެސެސްމަންޓް ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ އަދަދު ދެނެގަތުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިއީ ވެސް ބޯހިޔާ ވަހިކަމާ ގުޅޭ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭގެ ޑޭޓާ އެންޓަރ ކުރެވެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖޫން 2017

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

20 ޖޫން 2017
އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
05 ޖޫން 2017

ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"

05 ޖޫން 2017
ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"
16 މެއި 2017

ނޫސްބަޔާން: ޔާމީން ރަޝީދުގެ ފޮޓޯއާ ގުޅިގެން މައާފަށް އެދެން

16 މެއި 2017
ނޫސްބަޔާން: ޔާމީން ރަޝީދުގެ ފޮޓޯއާ ގުޅިގެން މައާފަށް އެދެން
15 މެއި 2017

ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން

15 މެއި 2017
ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން
26 އެޕްރީލު 2017

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!
21 އެޕްރީލު 2017

ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު

21 އެޕްރީލު 2017
ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު
27 މާރިޗު 2017

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

27 މާރިޗު 2017
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް