Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންމަ ރިޓަޔާކުރުން

އިންމަ ރިޓަޔާކުރާ މެޗުގައި ރައީސް ސޯލިހުވެސް ބައިވެރިވެ ވަޑައިގަންނަވާނެ

މެޗު ކުޅޭނީ މިރޭ 9 ޖަހާއިރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2018 | އާދީއްތަ 09:57
ރައީސް ސޯލިހު (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް (ވ)

ރައީސް ސޯލިހު (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް (ވ)

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު އިމްރާން މުހައްމަދު ރިޓަޔާކުރާ މެޗުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ، މި ހަރަކާތުގައި ރައީސް ސޯލިހު ބައިރިވެ ވަޑައިގަންނަވާނެ ކަމަށާއި، މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޖަވާ ވިދާޅުވީ، ރައީސް ސޯލިހުގެ އިތުރުން މި ހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި އިންމަގެ ކެރިޔަރުގައި އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި ގިނަ ބަޔަކު މެހޭމާނުން ގޮތުގައި ދަނޑުން ފެނިގެންދާނެ ކަމަށެވެ.

އިންމަ ރިޓަޔާކުރުމަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންމަ ހޮވާފައިވާ ޓީމަކާއި، އެފްއޭއެމުން ހޮވާފައިވާ ޓީމެކެވެ.

މި މެޗުގައި އެފްއޭއެމް ޓީމުގެ ކޯޗަކަށް މިހާރު ހަމަޖައްސާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) އެވެ. މީގެކުރިން ފުޓުބޯޅަ ކުޅުއްވި އަލީ ވަހީދަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެންމެ ކާމިޔާބު ދުވަސްވަރު އެޓީމުގެ ޗެއާމަނެވެ.

އެފްއޭއެމް ޓީމުގެ ކޯޗަކަށް ކުރިން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖެއްސި ނަމަވެސް، އަލީ ވަހީދުއަށް ކޯޗުކަން ދެއްވުމަށް ނިންމީ ނިޒާމްބެ ކުޅެން ބޭނުންވާތީ ކަމަށެވެ.

އިންމަ ރިޓަޔާކުރުމަށް ކުޅޭ މެޗުގައި އެފްއޭއެމް ޓީމުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ހިމެނެއެވެ.

އެފްއޭއެމް ޓީމުގައި ކުރީގެ މޮޅެތި ގިނަ ކުޅުންތެރިންނާއި، މިހާރުގެ ޒުވާން ކުޅުންތެރިންވެސް ހިމެނެއެވެ. ދުވަސްވީ ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ވިލްދާން އާއި އިސްމާއިލް އަނިލް އާއި އަލީ ރަޝީދު (ސިލާޗީ) އާއި އަބްދުﷲ އާމިރު (އައްލޯ) އާއި މުހައްމަދު ނަޒީހާއި ފަންތޮށި މުހައްމަދު ނާޒިމާއި ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި އަންވަރު އަބްދުލްގަނީ އާއި ކުރީގެ ގޯލްކީޕަރު މުހައްމަދު ޝިނާން (ނާނި) އާއި އަހުމަދު ނިއާޒް އަދި މުހައްމަދު އާތިފް ހިމެނެއެވެ.

މިހާރުގެ ކުޅުންތެރިންގެ ތެރޭގައި ދާދި ފަހުން ބަންގްލަދޭޝްގައި ނިމިގެންދިޔަ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އާއި އަލީ ފާސިރު (ސެންޓޭ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހިމެނެއެވެ.

މީގެ އިތުރުން އެފްއޭއެމް ޓީމުގައި ހިމެނެނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާއި ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އާއި އަދި އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

އެސިސްޓެންޓް ކޯޗުންނަށް ހަމަޖައްސާފައި ވަނީ އަހުމަދު ޝާކިރާއި، ގައުމީ ޓީމުގައި ކުރިން މަސައްކަތްކޮށްފައިވާ އަލީ ނާޝިދު (އޮގަރު އައްޔަ) އާއި މުހައްމަދު ޝާޒްލީއެވެ. އަދި މެނޭޖަރަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރިއިރު މެނޭޖަރަކަށް މަސައްކަތްކުރި މުހައްމަދު ހާނިމެވެ.

މެޗުގައި އިންމަގެ ޓީމުގައި ގިނައިން ހިމެނެނީ 2008 ޓީމުގެ ކުޅުންތެރިންނެވެ. އެއީ އައްސަދު އަބްދުލް ގަނީ އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ އުމަރާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ތޯރިގް (ޓޮމް) އާއި ސޮބާހު މުހައްމަދު އާއި މުހައްމަދު ޖަމީލް އާއި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި އަހުމަދު ސައީދު (އައްމަޓީ) އާއި މުހައްމަދު ސިފާން (ކުޑައްޓޭ) އާއި މުހައްމަދު އުމެއިރު އަދި ޝަމްވީލް ގާސިމް (ބޮންޑާ)އެވެ.

މީގެ އިތުރުން ހިމެނެނީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބްލީގައި އިންމައާ އެކު ކުޅުނު ކުޅުންތެރިންނެވެ. އެއީ އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި ޝާހު އިސްމާއިލް (ސާޔާ) އާއި މުހައްމަދު އިބްރާހިމް (ކައްޕި) އާއި ތޮއްޑޫ މުހައްމަދު ނިޒާމް އާއި އަލީ ޝިހާމް (ހުރާ އައްޔަ) އާއި އަޝްރަފް ލުތުފީ (ސަމްޕަތު) އާއި މައުސޫމް އަބްދުލްގަފޫރު (މާސޭ)، އަންވަރު އަލީ އާއި އަހުމަދު ޝާހިދު (ސާބެ) އެވެ.

އިންމަގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ އޭނާ އަށް 2000 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައިދިން އޭރުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ. އެސިސްޓަންޓް ކޯޗުންނަކީ އެ މުބާރާތުން ފެށިގެން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ހަމަޔަށް ގައުމީ ޓީމުގެ އެސިސްޓަންޓުންގެ ގޮތުގައި ތިބި މުހައްމަދު ޝިޔާޒް (މޯހަން) އާއި އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ. ގޯލްކީޕަރު ޓްރޭނަރަކަށް ހަމަޖައްސާފައިވަނީ ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެއް އިމްރާނަށް ތަމްރީނުދިން މުހައްމަދު އިގްބާލެވެ. މެނޭޖަރަކީ އެފްއޭއެމްގެ ކުރީގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަދި ގައުމީ ޓީމުގެ މެނޭޖަރުކަން ކޮށްފައިވާ އަހުމަދު ޝާހިރެވެ.

މެޗަށް ޓިކެޓު ވިއްކަން ފަށާފައިވާއިރު، މިއަދު ހެނދުނު 10 އަކުން ފެށިގެން މިރޭ 10 ޖަހަންދެންވެސް ޓިކެޓު ވިއްކަމުންދާނެއެވެ. އެގޮތުން މެޗަށް ސިޑިބަރި ސަރަހައްދުން 50 ރުފިޔާއަށް ޓިކެޓެއް ވިއްކާއިރު، ގޮނޑިބަރި ސަރަހައްދުން ޓިކެޓެ ވިއްކާނީ 100 ރުފިޔާއަށެވެ.

މި މެޗުގައި ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން ބަޔެއް އިންމަ ބޭނުންވާ ޖަމިއްޔާއަކަށް ހަދިޔާކުރުމުގެ ފުރުސަތު އެފްއޭއެމުން ދީފައިވާއިރު، އިންމަ ނިންމާފައި ވަނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ފައިސާ ހަދިޔާ ކުރުމަށެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރެވެ. މެޗުގައި ކުޅޭނީ 35 މިނެޓުގެ ދެހާފެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު