Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުއާޓަލީ ބިޒްނަސް ސާވޭ

2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގެ އުސްއަލިތައް

110 ފަރާތަކުން ސާވޭގައި ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2019 | ބުރާސްފަތި 16:08
މަރުކަޒީ ބޭންކް - އެމްއެމްއޭ

މަރުކަޒީ ބޭންކް - އެމްއެމްއޭ

ތައާރަފް

މިއީ، 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭއިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭ (ވޮލިއުމް 6، އަދަދު 3) ގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ޚުލާސާއެކެވެ. މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު 4 އިން ފެށިގެން 18 ގެ ނިޔަލަށެވެ. އެގޮތުން، ފަތުރުވެރިކަން، އިމާރާތްކުރުން، ތަކެތި އުފެއްދުން އަދި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތް ހިމެނޭ ގޮތަށް 4 ސިނާއަތަކުން ޖުމްލަ 169 ބޮޑެތި ކުންފުންޏަކަށް މި ސާވޭގައި ބައިވެރިވުމަށް ފޯމު ފޮނުވާފައިވެއެވެ. މީގެ ތެރެއިން 110 ފަރާތަކުން (%65) މި ސާވޭގައި ބައިވެރިވެފައިވެއެވެ. މި ސާވޭގައި އެއްކުރެވޭ މައުލޫމާތު ދިރާސާކުރުމަށް ބޭނުންކޮށްފައިވާނީ ނެޓް ބެލެންސް އެޕްރޯޗް އެވެ. މިއީ އިތުރުވާ މިންވަރާއި ދަށަށްދާ މިންވަރުގެ ދެމެދުގައިވާ ފަރަގު ބަޔާންކުރުމަށް ބޭނުންކުރާ އުސޫލެކެވެ. އަދި، މިގޮތަށް ދިރާސާކުރަނީ މި ސާވޭގައި ލިބޭ މައުލޫމާތުތައް ކުންފުނިތަކަށް ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށް ވެއިޓްކުރެވިގެންނެވެ.

ސާވޭގެ އުސްއަލިތައް

މި ސާވޭގައި ބައިވެރިވި އިމާރާތްކުރުން އަދި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިން ވަނަ ކުއާޓަރުގައި އެފަރާތްތަކުގެ ވިޔަފާރި މަޑުޖެހިފައިވާކަމަށެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ހާމަކޮށްފައި ވަނީ މިދުވަސްވަރަކީ ފަތުރުވެރިކަމުގެ އޮފް-ސީޒަން ކަމުގައިވިނަމަވެސް، މިމުއްދަތުގެ ތެރޭގައި އެފަރާތްތަކުގެ ވިޔަފާރި ރަނގަޅުވެފައިވާކަމަށެވެ. ހަމައެފަދައިން، ތަކެތި އުފެއްދުމުގެ ސިނާއަތުންވެސް ވަނީ ވިޔަފާރި ރަނގަޅުވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. ކުރިއަށް އޮތް ހަތަރުވަނަ ކުއާޓަރަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، އިމާރާތްކުރުމުގެ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ ވިޔަފާރި އިތުރަށް ރަނގަޅުވެގެންދާނެކަމަށެވެ. ނަމަވެސް، އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ދެކެނީ ހަތަރުވަނަ ކުއާޓަރުގައި މި ސިނާއަތް މަޑުޖެހިގެންދާނެކަމަށެވެ. އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ކުރިއެރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކަކީ ހިދުމަތްތަކުގެ އަގަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި ފަންނީ މުވައްޒަފުން ލިބުން ދަތިވުމާއި ލޯނު އަދި މުދަލާއި ހިދުމަތަތްތައް ކްރެޑިޓަށް ހޯދުން ދަތިވުމެވެ.

ސާވޭ ކޮށްފައިވާ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދަށް ބަލާއިރު، 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި ތަކެތި އުފެއްދުމުގެ ސިނާއަތް ފިޔަވާ އެހެން ހުރިހާ ދާއިރާތަކަށް ބޮޑު ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އުފެއްދުންތެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ވަނީ މިކުއާޓަރުގެ ތެރޭގައި މުވައްޒަފުންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާކަން ހާމަކޮށްފައެވެ. މިދާއިރާތަކުގެ ކުރިމަގަށް ބަލާއިރު، އިމާރާތްކުރުމުގެ ސިނާއަތް ފިޔަވާ ހުރިހާ ސިނާއަތްތަކުން ހާމަކޮށްފައި ވަނީ ހަތަރުވަނަ ކުއާޓަރުގައިވެސް އެ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދު ހުންނާނީ ތިންވަނަ ކުއާޓަރާ އެއްހަމައެއްގައި ކަމަށެވެ. މިއާ ހިލާފަށް، އިމާރާތް ކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައިވަނީ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދު މިއަންނަ ކުއާޓަރުގައި މަދުވާނެކަމަށެވެ.

ވިޔަފާރީގެ ޚަރަދުތަކަށް (މުވައްޒަފުންނަށާއި ތަކެތި ގަތުމަށް ކުރާ ޚަރަދު) ބަލާއިރު، ތަކެތި އުފެއްދުމުގެ ސިނާއަތް އަދި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގައި ހިމެނޭ ގިނަ ވިޔަފާރިތަކުން ބުނެފައި ވަނީ ތިން ވަނަ ކުއާޓަރުގައި އެފަރާތްތަކުގެ ވިޔަފާރީގެ ޚަރަދުތައް ހުރީ ދެވަނަ ކުއާޓަރާ އެއް ހަމައެއްގައި ކަމެވެ. ހަމައެއާއެކު، އިމާރާތް ކުރުމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ފާހަގަކޮށްފައިވަނީ އެފަރާތްތަކުން މުވައްޒަފުންނަށް ހިނގާ ޚަރަދުތައް ކުރީ ކުއާޓަރެކޭ އެއްހަމައެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، ތަކެތި ގަތުމަށް ވިޔަފާރިތަކުން ކޮށްފައިވާ ޚަރަދުތައް އިތުރުވެފައިވާ ކަމެވެ. ހަތަރުވަނަ ކުއާޓަރުގައި ވިޔަފާރީގެ ޚަރަދުތައް ހުންނާނެގޮތަށް ބަލާއިރު، އިމާރާތްކުރުމާއި އަދި، ތަކެތި އުފެއްދުމުގެ ސިނާއަތްތަކުން ލަފާކޮށްފައި ވަނީ ވިޔަފާރީގެ ޚަރަދުތައް ހަތަރުވަނަ ކުއާޓަރުގައިވެސް ހުންނާނީ ތިންވަނަ ކުއާޓަރާ އެއްހަމައެއްގައި ކަމުގައެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް އަދި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ގިނަ ވިޔަފާރިތަކުން އަންދާޒާކޮށްފައި ވަނީ ތަކެތި ގަތުމަށް ކުރާ ޚަރަދުތައް މަތިވެގެން ދާނެ ކަމުގައެވެ. މީގެ އިތުރުން، އެ ސިނާއަތްތަކުގެ ގިނަ ވިޔަފާރިތަކުން އަންދާޒާކޮށްފައި ވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދުތައް ހަތަރުވަނަ ކުއާޓަރުގައި ވެސް ހުންނާނީ ތިންވަނަ ކުއާޓަރާ އެއްހަމައެއްގައި ކަމުގައެވެ.

ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުން ބުނެފައި ވަނީ މި ސިނާއަތުގެ އަގުތައް ދިޔައީ ދަށަށްކަމުގައެވެ. މީގެ މައިގަނޑު ސަބަބަކީ ތިން ވަނަ ކުއާޓަރު ދިމާވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އޮފް-ސީޒަންއާ ކަމަށް ވުމެވެ. ހަމައެއާއެކު، ތަކެތި އެފެއްދުމުގެ ސިނާއަތުގެ އެއްބައި ވިޔަފާރިތަކުން ވިއްކާ ތަކެތީގެ އަގުތައް ދަށްވެފައިވާއިރު، އަނެއްބައި ވިޔަފާރިތަކުން ވިއްކާ ތަކެތީގެ އަގުތައް ދެ ވަނަ ކުއާޓަރާ އެއްހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އެފަދައިން، އިމާރާތްކުރުމުގެ ސިނާއަތް އަދި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ގިނަ ފަރާތްތަކުން ބަޔާންކޮށްފައި ވަނީ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމުގައެވެ. ހަތަރުވަނަ ކުއާޓަރުގައި ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތައް ހުންނާނެގޮތަށް ބަލާއިރު، އެކި ސިނާއަތްތަކަށް އަންނާނެ ބަދަލުތައް ތަފާތެވެ. މިގޮތުން، ފަތުރުވެރިކަމުގެ ޕީކް-ސީޒަންއާ ދިމާކޮށް އެސިނާއަތުގެ އަގުތައް މަތިވާނެކަމަށް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ތަކެތި އުފައްދާ ސިނާއަތުގެ ބައެއް ވިޔަފާރިތަކުން ވިއްކާ ތަކެތީގެ އަގުތައް ހަތަރު ވަނަ ކުއާޓަރުގައި ދަށްވާނެކަމަށް ހާމަކޮށްފައިވާއިރު، މިސިނާއަތުގެ އަނެއްބައި ވިޔަފާރިތަކުން ލަފާ ކުރަނީ ތިންވަނަ ކުއާޓަރާ އެއްހަމައެއްގައި އަގުތައް ހިފެހެއްޓޭނެ ކަމުގައެވެ. ނަމަވެސް، އިމާރާތްކުމުރުގެ ސިނާއަތް އަދި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ގިނަ ފަރާތްތަކުން ހާމަކުރަނީ އެފަރާތްތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަށް މިއަންނަ ކުއާޓަރު ބަދަލެއްނުވާނެ ކަމުގައެވެ.

[1]މިސާލަކަށް ލިބުނު އާމްދަނީ ބަޔާންކުރުމުގައި އެސިނާއަތަކުން ސާވޭގައި ބައިވެރިވި %60 ވިޔަފާރިތަކުން "އިތުރުވި" ކަމަށް ފާހަގަކޮށްފައިވާއިރު، %20 ވިޔަފާރިތަކުން "ދަށަށް" ދިޔަ ކަމަށް ފާހަގަކޮށްފައިވާނަމަ، ނެޓް ބެލެންސަކަށް ވާނީ %40 (%20 - %60) އެވެ. އަދި "ބަދަލެއް ނާންނަކަމަށް" ފާހަގަކުރި %20 މި ހިސާބުކުރުމުގައި ނުހިމެނޭނެއެވެ.

ނޯޓް: މިއީ އެމްއެމްއޭގެ ފަރާތުން ނެެރެފައިވާ ކުއާޓަލީ ބިޒްނަސް ސާވޭއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

20 މެއި 2018
އަހަރުގެ ބޮޑު ޖޯކް

އަހަރުގެ ބޮޑު ޖޯކް

16 މެއި 2018
ޖަލު ގޮޅީގައި އަދީބުގެ ތިންވަނަ އުފަންދުވަސް – ރައީސް ޔާމީނަށް ވީ މޮޅެއް ނެތް

ޖަލު ގޮޅީގައި އަދީބުގެ ތިންވަނަ އުފަންދުވަސް – ރައީސް ޔާމީނަށް ވީ މޮޅެއް ނެތް

11 އެޕްރީލު 2018
އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް

އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް

05 މާރިޗު 2018
މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

18 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު