Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޮލީވުޑް

މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

ގްރީން ކާޕެޓުން ގިނަ އަދަދެއްގެ ފަންނާނުން ވަނީ ފެނިގެން ގޮސްފަ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 23 ޖޫން 2018 | ހޮނިހިރު 07:43
އައިފާ އެވޯޑްސް ގައި ބައިވެރިވާ ބައެއް ތަރިން

އައިފާ އެވޯޑްސް ގައި ބައިވެރިވާ ބައެއް ތަރިން

ބޮލީވުޑްގައި ބާއްވާ އެންމެ ބޮޑު އެއް އެވޯޑް ހަފްލާ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ އެވޯޑްސް 2018 (އައިފާ) ތައިލެންޑްގެ ބެންކޮކްގައި ވަނީ ފަށާފައެވެ.

މި މަހުގެ 22 އިން ފެށިގެން ތިން ދުވަހަށް ތައިލެންޑްގެ ސިއަމް ނިރަމިތް ސްޓޭޑިއަމްގައި ކުރިއަށް ދާ 19 ވަނަ އައިފާ އެވޯޑްސް ހުކުރު ދުވަހު ފަށާފައިވާ އިރު އައިފާ އެވޯޑްސްގެ ގްރީން ކާޕެޓުން ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ވަނީ ފެނިގެން ގޮސްފައެވެ.

އޭގެ ތެރޭގައި ރަންބީރު ކަޕޫރު، ޝްރައްދާ ކަޕޫރު، އަރުޖުން ކަޕޫރު، ވަރުން ދަވާން ކަރަން ޖޯހަރު، ބޮބީ ޑިއޯލް ދިޔާ މިރްޒާ، ކްރިތީ ސެނޯން ރިތޭޝަ ދޭޝްމުކް. ލޫލިއާ ވަންތުރުގެ އިތުރުން އަނިލް ކަޕޫރު ހިމެނެއެވެ.

ނަމަވެސް އާދިއްތަ ދުވަހު ބާއްވާ އެވޯޑު ހަފްލާއިން ބޮލީވުޑްގެ ބޮޑެތި މަޝްހޫރު ތަރިން ކަމަށްވާ މެގަސްޓާ އަމީތާބް ބައްޗަން، ޝާހްރުކް ޚާން، ސަލްމާން ޚާން، ޝާހިދު ކަޕޫރު ކަރީނާ ކަޕޫރު، އަދި ކެޓްރީނާ ކައިފް ފެނިގެން ނުދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝާހުރުކް ޚާންއަށް އައިފާ އެވޯޑްސްގައި ބައިވެރިނުވެވެނީ، އޭނާގެ ކުރިއަށް އޮތް ފިލްމު "ޒީރޯ" ގެ ޝޫޓިންގައި މިވަގުތު އެމެރިކާގައި ހުރުމުންނެވެ.

ސަލްމާން ޚާންގެ އިތުރުން ކެޓްރީނާއަށް މި އެވޯޑްސްގައި ބައިވެރި ނުވެނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ "ދަބާންގް ޓުއާ" ގެ ސަބަބުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިތަރިން އެމެރިކާގެ އަށް ސިޓީއެއްގައި ޝޯތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޝާހިދު ކަޕޫރު އޭނާގެ ކުރިއަށް އޮތް ފިލްމު "ބައްތީ ގުލް މީޓަރު ޗާލޫ"ގެ ޝޫޓިންގައި އުޅެނިކޮށް ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެވޯޑު ހަފްލާގައި ބައިވެރިނުވެވެއެވެ.

ކަރީނާ މި އެވޯޑް ހަފްލާގައި ބައިވެރި ނުވަނީ އޭނާ ގެ ފިރިމީހާ ސައިފް އަލީ ޚާން އާއި ދަރިފުޅު ތައިމުރު އާއި އެކު ލަނޑަންގައި ހުރުމުންނެވެ. އަދި ކަރީނާގެ ދައްތަ ކަރިސްމާ ކަޕޫރު އަދި އެމީހުންގެ ބައްޕަ ރަންދީރު ކަޕޫރު ވެސް ތިބީ ލަންޑަންގައެވެ.

އަމީތާބާއި އޭނާގެ އާއިލާ މި އެވޯޑް ހަފްލާގައި ބައިވެރި ނުވަނީ 2010 ވަނަ އަހަރު އައިފާ އެވޯޑު އިންތިޒާމުކުރާ ފަރާތްތަކާއި، އަމީތާބް އާއި އާދެމެދު ޖެހުނު މައްސަލައިގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ ފަހުން އަމީތާބް، ޖާޔާ ބަޗަން، އަބީޝެކް ބަޗަން އާއި އައިޝްވާރްޔާ ރާއީ ބައްޗަން ވެސް އައިފާ އެވޯޑުގައި ބައިވެރި ވެފައެއް ނުވެއެވެ.

ގިނަ ތަރިން ތަކެއް މި ހަފްލާގައި ބައިވެރި ނުވެވުނު ނަމަވެސް މި ހަފްލާ ވީހާވެސް ފޯރިގަދަކޮށް ކުރިއަށް ގެންދިއުމަށް އައިފާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ވަރުން ދަވަން، ރޭކާ، އަރުޖުން ކަޕޫރު، ކްރިތީ ސެނޯން، ޝްރައްދާ ކަޕޫރު، ލޫލިއާ ވަންތުރު ގެ އިތުރުން ހަތް އަހަރަށްފަހު ބޮބީ ޑިއޯލްވެސް ޕާރފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޝާހިދު ކަޕޫރުވެސް ކުރިން ޕާރޕޯމް ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ބުރަކަށްޓަށް ލިބުނު އަނިޔާގެ ސަބަބުން ޕާރފޯމް ނުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ވަނީ ކަޕޫރުގެ ފައިގެ ފަލަ މަސްގަޑު އިރައިގެން ދިމުގެ ސަބަބުން އޭނާއަށް ވެސް ޕަރފޯމް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ވޭތިވެ ދިޔަ އަހަރު ތަކުގައި އޭ ލިސްޓަގއި ހިމެނޭ ތަރިންގެ ތެރެއިން އަމީތާބް ބަޗަން، ޝާހުރުކް ޚާން، ސަލްމާން ޚާން، ޕްރިޔާންކާ ޗޯޕުޅާ، ކެޓްރީނާ ކައެފް ގެ އިތުރުން ޝާހިދު ކަޕޫރު ވަނީ އެވޯޑް ހަފްލާގައި ޕާޕޯމް ކޮށްފައެވެ.

"ކަލާސް" ޓީވީން ލައިވް ކުރުމަށް ހަމަޖެހިފައިވާ މި ޝޯ ހޯސްޓް ކުރުމަށް ހަމަޖެހިފައިވަނީ ކަރަން ޖޯހަރު، ރިތޭޝް ދޭޝްމުކް، އަޔުޝްމްން ކުރާނާގެ އިތުރުން ކާރްތިކް އާރްޔަން އެވެ.

މި އެވޯޑް ހަފްލާގައި އައުޓް ސްޓޭންޑިން އެޗީވްމަންޓް އިން އިންޑިއަން ސިނަމާ އެވޯޑް ދެނީ ވެޓްރަން އެކްޓަރ އަނޫޕަމް ކޭރް އަށެވެ.

މިއަހަރުގެ އެވޯޑްސް ގައި ބެސްޓް ފިލްމަށް ނޮމިނޭޓް ވެފައިވަނީ ބަރޭލީކީ ބަރްފީ، ހިންޑީ މީޑިއަމް، ތުމާރޭ ސުލޫ، ނިއު ޓައުން އަދި ޓޮއިލެޓް އޭކް ޕްރޭމް ޚަތާ އެވެ.

ބެސްޓް ޑައިރެކްޓަރ އަށް ނޮމިނޭޓް ވެފައިވަނީ އަޝްވިނީ އަޔާރު ތިވާރީ ( ބަރޭލީކީ ބަރްފީ) ، ސަކޭ ޗައުދްރީ ( އިންދީ މީޑިއަމް) ، އަމިތް ވީ މަސުރްކަރު( ނިއު ޓައުން)، އަނޫރާގް ބާސޫ (ޖައްގާ ޖާސޫސް)، އަދި ސުރޭޝް ތްރިވެނީ (ތުމާރީ ސުލޫ) އެވެ.

ބެސްޓް އެކްޓަރ އިން ސަޕޯޓިން ރޯލް ފީމޭލް އަށް ނޮމިނޭޓް ވެފައިވަނީ މެހެރް ވިޖް( ސީކްރެޓް ސުޕަރ ސްޓާ)، ސީމާ ޕަހުވާ ( ޝުބް މަންގަލް ސާވްދާން)، ތައްބޫ ( ގޯލްމާލް އަގެއިން)، ނިހާ ދޫޕިއާ ( ތުމާރީ ސުލޫ)، އަދި ސީމާ ޕަހްވާ (ބަރޭލީކީ ބަރްފީ )އެވެ.

ބެސްޓް އެކްޓަރ އޮން ސަޕޯޓިން ރޯލް މޭލް އަށް ނޮމިނޭތް ވެފައިވަނީ ވިޖޭ މައުރްޔާ (ތުމާރީ ސުލޫ)، ޕަންކަޖް ތްރިޕަތީ (ނިއުޓޮން)، ރާޖް ކުމާރު ރާއޯ ( ބަރޭލީކީ ބަރްފީ) ، ދީޕަކް ދުބްރިއަލް ( ހިންޑީ މީޑިއަމް)، އަދި ނަވާޒުއްދީން ސިއްދީގް (މޮމް) އެވެ.

ބެސްޓް އެކްޓަރ އިން ލީޑިން ރޯލް (އަންހެން) ނޮމިނޭޓް ވެފައިވަނީ އާލިއާ ބަޓް (ބްދްރިނާތްކީ ދުލްހަނިޔާ)، ވިދްޔާ ބާލަން (ތުމާރީ ސުލޫ)، ސްރީދޭވީ (މޮމް)، ބޫމީ ޕެދްނީކަރު(ސޫބް މަންގަލް ސާވްދާން)، އަދި ޒައިރާ ވާސިމް ( ސީކްރެޓް ސުޕްރ ސްޓާ) އެވެ.

ބެސްޓް އެކްޓަރ އިން ލީޑިން ރޯލް (ފިރިހެން) ނޮމިނޭޓް ވެފައިވަނީ: އަކްޝޭ ކުމާރް( ޓޮއިލެޓް-އޭކް ޕްރޭމް ޚަތާ)، ރާޖް ކުމާރް ރާއޯ(ނިއުޓޮން)، ރަންބީރު ކަޕޫރު (ޖައްގާ ޖާސޫސް)، އިރްފާން ޚާން ( ހިންދީ މީޑިއަމް)،އަދި އާދިލް ހުސައިން ( މުކްތީ ބާވަން) އެވެ.

ނިއުޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި މިދިޔަ އަހަރުގެ އެވޯޑްގައި މޮޅު ބަތަލާ އަކަށް "އުޅްތާ ޕުންޖާބް" އިން އާލިއާ ބަޓް ހޮވުނު އިރު އެންމެ މޮޅު ބަތަލަކަށް ހޮވިފައިވަނީ ހަމަ އެ ފިލްމުން ޝާހިދު ކަޕޫރެވެ.

އަދި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ސޯނަމް ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ނީރްޖާ' އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ވޯލްޑްކަޕުން އިސްލާމް ދީނަށް ދައުވަތު!

މިއަހަރުގެ ވޯލްޑްކަޕުން އިސްލާމް ދީނަށް ދައުވަތު!

30 ނޮވެމްބަރު 2022
މިއަހަރުގެ ޓީޗަރުންގެ ދުވަސް ޓީޗަރުން ފާހަގަކުރަނީ ހިނިތުންވުމާއެކު ހިތްހަމަޖެހިގެން!

މިއަހަރުގެ ޓީޗަރުންގެ ދުވަސް ޓީޗަރުން ފާހަގަކުރަނީ ހިނިތުންވުމާއެކު ހިތްހަމަޖެހިގެން!

05 އޮކްޓޯބަރު 2022
މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން

މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން

28 ޖުލައި 2022
މިއަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ މަޝްހޫރު ބައެއް މޮޅެތި ކުޅުންތެރިން

މިއަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ މަޝްހޫރު ބައެއް މޮޅެތި ކުޅުންތެރިން

27 ޖުލައި 2022
މިއަހަރުގެ ތިން ދައުރުގައި ޖުމްލަ 103 ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބޭއްވި!

މިއަހަރުގެ ތިން ދައުރުގައި ޖުމްލަ 103 ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބޭއްވި!

30 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު