Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓް

ޔާމީންގެ ސަރުކާރުން ހެވީލޯޑަށް މާލީ ބޮޑެތި މަންފާތަކެއް!

27 ޑިސެމްބަރު 2018 | ބުރާސްފަތި 16:57

ބަދަލުގެ ގޮތުގައިކަމަށް ބުނެ 3 ރަށެއް ހެވީލޯޑަށްދީފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 27 ޑިސެމްބަރު 2018 | ބުރާސްފަތި 16:57
ޕީޕީއެމަށް ސޮއިކޮށް، މެމްބަރޝިޕް ފޯމް ރައީސް ޔާމީނަށް އަރުވަނީ

ޕީޕީއެމަށް ސޮއިކޮށް، މެމްބަރޝިޕް ފޯމް ރައީސް ޔާމީނަށް އަރުވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑް ކުންފުންޏަށް ބޮޑެތި މާލީ މަންފާތަކެއް ދީފައިވާކަން ފަޅައަރުވާލައިފި އެވެ.

އެކަން ހާމަކޮށްފައިވަނީ، ތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭ ގޮތުން އޮޑިޓް އޮފީހުން ކުރިއަށްގެންދިޔަ ހާއްސަ އޮޑިޓަށްފަހުގަ އެވެ.

Advertisement - newsAdvertisement

ތިލަފަޅު ބިން ހިއްކުމުގެ މަސައްކަތް، ހެވީލޯޑާއިހަވާލުކުރީ އެމްޑީޕީގެ ސަރުކާރުންނެވެ. އެ މަސައްކަތް އެމްޑީޕީގެ ސަރުކާރުން ހެވީ ލޯޑާއި ހަވާލުކުރީ 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) އަށް، 156 ހެކްޓަރުގެ ބިން ހިއްކާށެވެ. އެމްޑީޕީ ސަރުކާރުން ހެދި އެގްރިމެންޓްގައި އޮތް ގޮތުން ނަމަ ބިން ހިއްކާ ނިންމަން ޖެހެނީ ހަތް މަސްދުވަހުގެ ތެރޭގައި، އެޕްރީލް 25، 2011 އަށެވެ. ނަމަވެސް ހެވީލޯޑަށް 156 ހެކްޓަރުގެ ބިން ހިއްކިފައިނުވާއިރު، ހިއްކުނީ އެންމެ 24 ހެކްޓަރުގެ ބިމެވެ. އެއީ ހިއްކަންޖެހޭ ބިމުގެ އެންމެ 13 ޕަސެންޓެވެ.

ހެވީލޯޑަށް ތިލަފަޅު ހިއްކުމުގެ މަސައްކަތްކުރިއަށް ނުގެންދެވި ހުއްޓާލައިފައިވަނީ 13 އޮކްޓޯބަރު 2011 ގައެވެ. އޮޑިޓް ރިޕޯޓްގައިވާގޮތުން ހެވީލޯޑަށް އެންމެ 24 ހެކްޓަރުގެ ބިން ހިއްކުނުއިރު، އެ މުއްދަތުގައި އެ ކުންފުންޏަށް 4.4 މިލިއަން ޑޮލަރު ދީފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މަސައްކަތް ކުރިއަށް ނުގެންދެވިގެން ހެވީލޯޑަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައިކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޮޑެތި މާލީ މަންފާތަކެއް، ރީކޯ މޫސާ މަނިކަށް ދީފައިވެއެވެ. އެގޮތުން އިކޮނޮމިކް ކައުންސިލްގެ ހުއްދައެއް ނެތި، ގެއްލުމުގެ ބަދަލެއްގެ ގޮތުގައިކަމަށް ބުނެ، ޓޫރިޒަމް މިނިސްޓްރީން މޫސައަށް 3 ރަށެއްދީފައިވާ ކަމަށާއި، އެ ރަށްތަކުގެ އަގުގެ ގޮތުގައި 62 މިލިއަން ރުފިޔާ އަގުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ގެއްލުމުގެ ބަދަލެއްގެ ގޮތުގައިކަމަށް ބުނެ މޫސަގެ ހެވީލޯޑަށް ލ. އަތޮޅުން ދިން ރަށްތައް:

  • ލ. ބޮޑުހުރާ
  • ލ. ފަރެސް (ބޮޑުހުރާ ކައިރީގައި އޮންނަ)
  • ލ. ކުޑަ ފަރެސް (ބޮޑުހުރާ ކައިރީގައި އޮންނަ)

ޑިސެމްބަރު 18، 2014 ގައި ވެވުނު އެ އެއްބަސްވުމުގެ ދަށުން 62 މިލިއަނަށް އަގުކޮށް ތިން ރަށެއް ހެވީލޯޑަށް ދިންއިރު، ޓޫރިޒަމް މިނިސްޓްރީއާއެކު ވެފައިވާ އެ އެއްބަސްވުމުގެ ދަށުން އިތުރު 35 މިލިއަން ރުފިޔާ ހެވީލޯޑަށްދޭންޖެހެ އެވެ. ނަމަވެސް އެގޮތަށް ޓޫރިޒަމް މިނިސްޓްރީން އެއްބަސްވީ އެ މިނިސްޓްރީން އަމިއްލަ އަށް ކަމަށާއި އެއީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އަދި އިކޮނޮމިކް މިނިސްޓްރީއަށް އެނގިގެން ދޭން އެއްބަސްވި ބަދަލުތަކެއް ނޫންކަން ރައީސް އޮފީހުން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

ސަރުކަރުގެ ކުންފުންޏަކާއި، އަމިއްލަ ކުންފުންޏަކާއި ދެމެދު ޖެހުނު މައްސަލައެއްގެ ބަދަލު ދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއެކު އެއްބަސްވުމަކަށް އައި ސަބަބެއް ސާފުނުވާކަމަށާއި، އެކަމުގައި ޓޫރިޒަމް މިނިސްޓްރީގެ އެއްވެސް ބައިވެރިވުމަށް އޮވެގެންނުވާނެކަމަށް އޮޑިޓް ރިޕޯޓްގައި ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބަދަލުގެ ގޮތުގައި ތިން ރަށާއި، 35 މިލިއަން ރުފިޔާ ހެވީލޯޑަށް ދިނުމަށް އެއްބަސްވިއިރު، އިކޮނޮމިކް މިނިސްޓްރީން ވެސް ހެވީލޯޑަށް ބަދަލުގެ ގޮތުގައި 35 މިލިއަން ރުފިޔާއާއި، 3 ބިމެއްގެ ކުއްޔާއި ޖޫރިމަނާއަށް ދައްކަންޖެހޭ 4.1 މިލިއަން ރުފިޔާ މައާފްކުރުމަށް އެއްބަސްވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

24 ނޮވެމްބަރު 2014 ގައި އިކޮނޮމިކް މިނިސްޓްރީގައި ޓީސީއެލުން ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވިކަންކަން:

  • 35 މިލިއަން ރުފިޔާ
  • 4.1 މިލިއަން ރުފިޔާ (3 ބިމެއްގެ ކުއްޔާއި ޖޫރިމަނާ މައާފްކުރުން)

އޮޑިޓް ރިޕޯޓްގައި ވަނީ އޭގެއިތުރުންވެސް ގިނަ މަންފާތަކެއް ހެވީލޯޑަށްދީފައިވާކަމަށް ބުނެފައެވެެ. ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ މާލީ މަންފާތަކެއް ދިންއިރު، ޓީސީއެލްއަށް ލިބުނު ގެއްލުމަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީ ސަރުކާރުގައި މޫސާ މަނިކު މަސައްކަތްކުރެއްވީ ރައީސް މުހައްމަދު ނަޝީދައި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި، މޫސަ ޕީޕީއެމަށް ޕީޕީއެމް އަށް ބަދަލުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް