Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ސިއްހީ ޚިދުމަތް

މިއަދަކީ ސަރުކާރު ބަންދު ދުވަހެއް، ޑޮކްޓަރަކަށް ނުދެއްކޭނެ!

ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ވަސީލަތެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2018 | ހުކުރު 17:10
ނައިފަރު ހޮސްޕިޓަލް

ނައިފަރު ހޮސްޕިޓަލް

''މިއަދަކީ ސަރުކާރު ބަންދު ދުވަހެއް. ޑޮކްޓަރަކަށް ނުދެއްކޭނެ'' މިއީ މާބަނޑު އަންހެނަކު ޅ. ނައިފަރުގެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިއުމުން ލިބުނު ޖަވާބެވެ. އާބާދީގައި 5400 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނައިފަރުގެ ހޮސްޕިޓަލުގެ ހާލަތަކީ މިއީއެވެ. ހޮސްޕިޓަލުގެ ހާލަތާއި ބެހޭ ގޮތުން ސުވާލުކޮށްލުމުން އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ކާރިމްގެ ފަރާތުން ވެސް ލިބުނީ މިފަދަ ޖަވާބެކެވެ.

ބޭސްފަރުވާގެ ޚިދުމަތްތަކާއި ބޯހިޔާވެހިކަމުގެ ޚިދުމަތުގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތަކެވެ. ރާއްޖެ އެކި ދާއިރާތަކުން ކުރިއަރަމުން އަންނައިރު މިފަދަ އަސާސީ ޚިދުމަތެއް ހޯދުމަށްޓަކައި ރައްޔިތުން ''ގަނަ ތެޅެން'' ޖެހުމަކީ ހިތާމަ ހުރިކަމެކެވެ. ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް އެތައް ގިނަ ވައުދުތަކެއް ވެއެވެ. ތަރައްޤީގެ ބޮޑުތި މަޝްރޫއުތައް ހިންގާ އެތައް ކަމެއް ކޮށްދޭން ބުނެފައިވެއެވެ. އަދި ބައެއް ފަހަރު އެ ވައުދުތައް ވެސް ފުއްދައެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އިމާރާތެއް އެޅުމުން އެ ވައުދުތައް ފުދުނީކީ ނޫން ކަމެވެ. އެ އަޅާ ބިޔަ ބޮޑު ރީތި އިމާރާތާ އެއްވަރަށް އެ ތަނުގައި ރައްޔިތުންނަށް ޚިދުމަތްދޭނެ ޤާބިލް މުވައްޒަފުން ތިބުމާއި، ބޭނުންކުރެވޭ ރަނގަޅު ވަސީލަތްތައް ހުންނަން ޖެހޭނެއެވެ. އެހެން ނޫންކަމުގައިވާނަމަ އެ އަޅާ ބިޔަ ބޮޑު ރީތި އިމާރާތުގެ ބޭނުމެއް ނެތެވެ. ސަރުކާރު ބަންދު ދުވަހަކަށް ވިޔަސް އަދި ނުވިޔަސް ސިއްހީ ޚިދުމަތް ކޮންމެ ވަގުތެއްގައި ވެސް ކޮންމެ ރައްޔިތުން ވެސް ލިބެން ޖެހޭނެއެވެ. އެއީ އެރައްޔިތު މީހާ އަށް ލިބިދޭން ޖެހޭ އަސާސީ ހައްޤެކެވެ.

ނައިފަރު ހޮސްޕިޓަލުގައި 6 ފަންގިފިލާ ހުރިއިރު މިހާރު ބޭނުން ކުރަމުން ދަނީ އެންމެ 3 ފަންގިފިލާއެވެ. އަދި އެތަނުގައި ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ އެކަށީގެންވާ ވަސީލަތެއް ވެސް ނެތުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ހޮސްޕިޓަލުގެ ހާލަތާ ބެހޭ ގޮތުން ކާރިމް ވިދާޅުވީ މާބަނޑު އަންހެނުން ސްކޭން ކުރުމުގެ ޚިދުމަތް ނުލިބޭ ކަމަށާއި، އެކަން ކުރުމަށް ވެސް ރަށުން ފުރައިގެން ދާން ޖެހެނީ މާލެއަށް ނުވަތަ ކުޅުދުއްފުއްޓަށް ކަމަށެވެ. ހޮސްޕިޓަލުގައި އެތެރެހަށީގެ ޑޮކްޓަރެއް ނެތްތާ 3 އަހަރަށްވުރެ ގިނަވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ޑޮކްޓަރާއި، އަންހެނުންގެ ޑޮކްޓަރު ދާއިމީކޮށް ހޮސްޕިޓަލުގައި ނުތިބޭތީ ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ކުރިން ދުވަހަކު ރައްޓެއްސަކާ ބައްދަލުވި. އޭނާގެ އަންހެނުން ޕްރެގް. އެހެން ނަމަވެސް ހަދަންޖެހޭ ޓެސްޓެއް ހަދަން ދީފަ ހުރީ. ދުވަހަކީ ސަރުކާރު ބަންދު ވެގެން އެޓެސްޓު ހަދަން ދިޔާމަ ދެންނެވީ މިއަދު ބަންދު ދުވަހެކޭ. އެމަޖެންސީވެއްޖެއްޔާ އޭ ޓެސްޓު ހެދޭނީ. އެކަމަކު މާބަނޑު މީހަކު ޓެސްޓު ހަދަން ދިން ދުވަހަށް، ޓެސްޓު ހަދަން އެތަނަށް ވަނީމަ އޭނާ އާ ދިމާލަށް އެމަޖެންސީވެގެން އަންނާށޭ ނުވަތަ އެމަޖެންސީގައޭ ޓެސްޓު ހެދޭނީ ބުނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހެލްތު ދާއިރާގައި އޮތް ވަރަށް ބޮޑު ނާގާބިލް ކަމެއް. ކޮންމެ ގޮތެއް ވިޔަސް އެފަދަ ހާލަތްތަކުގައި އެޓެސްޓު ހަދާލެވޭ ވަރަށް އެފަދަ ޅ. ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލްތަކުގައި އެ އިންތިޒާމްތައް ހަމަޖެހިފައި އޮންނަން ޖެހޭނެ." ކާރިމް ވިދާޅުވިއެވެ.

ކާރިމް ވިދާޅުވީ ހޮސްޕިޓަލަކީ 24 ގަޑިއިރުގެ ޚިދުމަތްދޭ ތަނަކަށް ވާއިރު، ދަންވަރު ޑޮކްޓަރަށް ދައްކަން ދިއުމުން އެމަޖެންސީވިއްޔާ ނުނީ ޑޮކްޓަރަށް ނުދެއްކޭ ކަމަށް މެޑިކަލް އޮފިސަރު ބުނާ ކަމަށެވެ.

"ބަލިވެގެން ދަންވަރު ޑޮކްޓަރަށް ދައްކަން ބައެއް މީހުން ހޮސްޕިޓަލަށް ދިޔާމަ، ޑޮކްޓަރުގެ ބަދަލުގެ އެމީހުންނަށް ފަރުވާ މި ދެނީ ނަރުހުން، މިއީ ވަރަށް ދެރަ ކަމެއް. މިކަން ބަލައެއް ނުގަނެވޭނެ" ކާރިމް ވިދާޅުވިއެވެ.

ކާރިމް ވިދާޅުވީ ޅ. އަތޮޅުގެ އެހެން ރަށްރަށުން ވެސް ނައިފަރަށް މީހުން ޑޮކްޓަރަށް ދެއްކުމަށް އަންނަ ކަމަށާއި، ނަމަވެސް އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް ބުނެ އެ މީހުން ވެސް ޝަކުވާ ކުރާ ކަމަށެވެ. ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ކަމަށް ކާރިމް ވިދާޅުވިއެވެ.

މިއީ ޅ އަތޮޅުގައި ހުރި އެންމެ ޚިދުމަތް ރަނގަޅު ކަމަށް ބުނާ ހޮސްޕިޓަލްގެ ހާލަތެވެ. އަތޮޅުތަކުގައި ހުންނަ ގިނަ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ހާލަތަކީ މިއީ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދާދިފަހުން އައްޑޫ ސިޓީގައި ހިނގާދިޔަ ހާދިސާ އިން ވެސް މިކަން ހާމަވެގެންދެއެވެ. މި މަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫ ހޮސްޕިޓަލްގެ އިހުމާލުން މައިމީހާގެ ބަނޑުގައި އޮތް ކުއްޖާ ނިޔާވި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ އަންހެން މީހާ، މި މަހުގެ 9 ވަނަ ދުވަހު އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދައްކަން ދިއުމުން، ސަރުކާރު ބަންދު ދުވަހަކަށްވުމުން ޑޮކްޓަރު ހޮސްޕިޓަލުގައި ނެތްކަމަށް ބުނެ ހިތަދޫ ހޮސްޕިޓަލުން ވަނީ އޭނާ އަނބުރާ ފޮނުވާލާފައެވެ.

ސިއްހީ ޚިދުމަތްތޭ ތަންތަނުގެ ހާލަތު މި ހިސާބަށް ދިއުމުން ހަޤީޤަތުގައި ވެސް މިއީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެކެވެ. ސިއްހީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން ތިބޭ ފަރާތްތަކަކީ ނުހަނު ޒިންމާ ބޮޑު އަދި ރައްޔިތުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 24 ގަޑިއިރު ތިބެން ޖެހޭ ބައެކެވެ. ''ސަރުކާރު ބަންދު ދުވަހަކަށް ވިޔަސް'' ކޮންމެ ރައްޔިތަކަށް ވެސް ޑޮކްޓަރަށް ދެކެން ޖެހޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު