Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެތެރޭގެ އުދުހުންތަކުގެ އަގު

އެތެރޭގެ އުދުހުންތަކުގެ އަގު އިއުލާން ނުކުރެވިގެން އުޅެނީ މަޝްވަރާ ކޮށްގެން ނިންމަންޖެހޭ ކަމަށްވާތީ: ޓްރާންސްޕޯޓް މިނިސްޓްރީ

އެހެން މިނިސްޓްރީތަކާއި ރައީސް އޮފީހާއި މަޝްވަރާ ކޮށްގެން ނިންމަންޖެހޭ ކަމެއް މިއީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ޑިސެމްބަރު 2018 | ހުކުރު 12:50
ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ

އެތެރޭގެ އުދުހުންތަކުގެ އަގު އިއުލާން ނުކުރެވިގެން އުޅެނީ އެހެން މިނިސްޓްރީތަކާއި ރައީސް އޮފީހާއި މަޝްވަރާ ކޮށްގެން ނިންމަންޖެހޭ ކަމަށްވާތީ ކަމަށް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީގެ ފަރާތުން ބުނީ އަގުތަކުގެ މިންގަނޑާއި އެއްކޮށް އައިލެންޑް އޭވިއޭޝަން އިން ހުށަހަޅާފައިވާ ޝަރުތުތައް، ރައީސް އޮފީހުގެ ލަފަޔަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޑިސެމްބަރު 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 30 ދުވަހުގެ ވައުދުތަކުގައި މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން ފަސް ކަމެއް ނިމި، ހަވަނަ ކަންތައް ކަމަށްވާ އެތެރޭގެ އުދުހުން ތަކުގެ އަގުހެޔޮ ކުރުމުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭރު މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓަރ ވިދާޅުވީ ސިވިލް އޭވިއޭޝަނުން ކުރަން ޖެހޭ މަސައްކަތްތައް ކޮށް ނިމިފައިވާ ކަމަށާއި، ދެން އޮތީ އެކަން ފައިނަލް ކުރުމުގެ ކުރިން ރައީސް އޮފީހާއި ކުރަންޖެހޭ މުއާމަލާތްތައް ކުރުން ކަމަށެވެ.

އެތެރޭގެ އުދުހުމުގެ އަގުތަށް އިއުލާން ކުރި ނަމަވެސް އެކަމަށް އަމަލު ކުރުމަށް ތިން ހަފްތާވަރު ނަގާނެ ކަމަށް މިނިސްޓަރ ނަހުލާ ވަނީ އޭރު ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު