Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ސޯލިހް

ހަ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިފި

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބައެއް ބިލްތައްވެސް ތަސްދީޤްކުރެއްވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2018 | ބުރާސްފަތި 12:57
ބުދަ ދުވަހު ރައީސް ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހު ރައީސް ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކާއި ގުޅޭ ދެ ބިލަކާއި އިތުރު ހަތަރު ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ދެ ބިލުގެ ތެރެއިން އެއް ބިލަކީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލް ތަސްދީޤު ކުރެއްވުމާ ގުޅިގެން، ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން، ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން ޢާންމުކޮށް ޝާއިޢުކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ. ބުރާސްފަތި ދުވަހު ތަސްދީގު ކުރެއްވި ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކާއި ގުޅޭ އަނެއް ބިލަކީ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލް ތަސްދީޤު ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގައި މަސްވެރިކަންކުރާ މަސްދޯނިފަހަރުގައި ބޭނުންކުރާ ޑީސެލުންނާއި، ޢާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސެލުން ނަގާ އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު ތަސްދީޤުކުރެއްވި އެހެން ބިލްތަކަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. އެ ބިލް ތަސްދީޤްކުރެއްވުމާއެކު އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ބާރުތައް ލިބިގެންދާނެ އެވެ.

Advertisement - newsAdvertisement

ޓޫރިޒަމްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޓޫރިސްޓް ބޭނުމަށް ރިސޯޓު ހެދުމަށް ދޫކުރާ ރަށްރަށާއި ބިމާއި ފަޅުތަކުގައި ކުރާ މަސައްކަތްތަކާ ގުޅިގެން އެ ތަންތަނުގެ ވެއްޓަށް ދާއިމީ ބަދަލު އަތުވެދާނެ ފަދަ ކަމެއް މެދުވެރިވެދާނެތޯ ބެލުމުގެ ޒިންމާ ގާނޫނުގެ ދަށުން މަތިކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެވެ. އެކަމަކު، ބިލް ތަސްދީޤްކުރެއްވުމާއެކު ޓޫރިޒަމް މިނިސްޓްރީގައި މިހާރު އޮތް ބާރު އަތުލައި ތިމާވެއްޓާ ބެހޭ ވުޒާރާ އަށް އެ ބާރު ބަދަލުވެގެންދާނެ އެވެ.

އޭގެއިތުރުން ތަސްދީޤްކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލްގެ އިތުރުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

މީގެ ކުރިން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރެވޭނީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. އަދި އެމަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ރައީސް ސޯލިހް ބުރާސްފަތި ދުވަހު ތަސްދީޤްކުރެއްވި ބިލާއެކު ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރާ ބޭފުޅާ އަކީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރަކަށް ވާކަށް ނުޖެހެ އެވެ.

ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ރައީސް ތަސްދީޤްކުރެއްވުމާއެކު ދިވެހި ބަހުގެ އެކެޑެމީގެ ބެލެނިވެރި ފަރާތަކީ ހެރިޓޭޖު މިނިސްޓްރީ އެވެ. މީގެ ކުރިން ދިވެހި ބަހުގެ ގާނޫނުގައި ބުނެފައިވަނީ އެކެޑެމީގެ ބެލެނިވެރި ފަރާތަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

02 އޯގަސްޓު 2017
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2017
ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

25 ޖޫން 2017
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

24 ޖޫން 2017
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް

ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް

24 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު