Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާކިސްތާން

ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

ޕާކިސްތާނުގައި ދިން ނުރައްކާތެރި ހަމަލާއެއްގައި އެތައް ބަޔަކު ވަނީ މަރުވެފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 25 ޖޫން 2017 | އާދީއްތަ 11:25
ރައީސުލްޖުމްހޫެރިއްޔާ މިދިޔަ މޭމަހު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްއާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫެރިއްޔާ މިދިޔަ މޭމަހު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްއާ ބައްދަލުކުރައްވަނީ

ޕާކިސްތާނުގައި ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާގައި 80 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޓެރަރިޒަމްގެ މި އަމަލު ކުށްވެރި ކުރައްވާފައިވެއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުވެ ތިބޭނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިޚްލާސްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ހަމްދަރުދީ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

ތައިލެންޑުގެ ސަފީރުކަށް ކާނަލް ނަޝީދުގެ ނަން ފޮނުއްވައިފި

03 ޖޫން 2017
ތައިލެންޑުގެ ސަފީރުކަށް ކާނަލް ނަޝީދުގެ ނަން ފޮނުއްވައިފި
28 މެއި 2017

ލަންކާގެ ރައީސާއި ބޮޑުވަޒީރަށް ރައީސް ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

28 މެއި 2017
ލަންކާގެ ރައީސާއި ބޮޑުވަޒީރަށް ރައީސް ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
24 މާރިޗު 2017

ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް

24 މާރިޗު 2017
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް
19 މާރިޗު 2017

ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

19 މާރިޗު 2017
ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި
07 މާރިޗު 2017

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު