Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓަރ ޝާހިދު

ޖަޕާނުގެ އެހީ ހޯދަން މަޝްވަރާކޮށްފި

20 ޑިސެމްބަރު 2018 | ބުރާސްފަތި 08:43

ޚާރިޖީވަޒީރުގެ ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ގުޅުން ބަދަހިކުރުމާއި އެހީ ހޯއްދެވުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 ޑިސެމްބަރު 2018 | ބުރާސްފަތި 08:43
ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓަރ ޔޮޝީކާ ހަރާޑާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓަރ ޔޮޝީކާ ހަރާޑާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ފެނާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީ ހޯދުމަށް އެ ގައުމާއެކު ދިވެހި ސަރުކާރުން ބުރާސްފަތި ދުވަހު މަޝްވަރާކޮށްފިއެވެ.

ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓަރ ޔޮޝީކާ ހަރާޑާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެއިން އަޅަމުންދާ ފިޔަވަޅުތަކުގައި ޖަޕާނުން އަދާކުރަމުންދާ ދައުރުފާހަގަކުރެއްވިއެވެ. ރާއްޖެއަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ޖަޕާނުން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްވެސް މިނިސްޓަރ ޝާހިދުވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement - newsAdvertisement

ރާއްޖެއަށް ދެމުންދާ އެހީތެރިކަން ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން އެ ގައުމުން ދެއްވާފައިވާއިރު ދެ ބޭފުޅުންވަނީ އަލަށް ހިންގާނެ މަޝްރޫއުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

އޭގެތެރޭގައި ގޮނޑުދޮށް ރައްކާތެރިކުރުމާއި ފެނާއި ނަރުދަމާގެ އިތުރު މަޝްރޫއުތަކާބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މި ބައްދަލުވުމުގައި ޝާހިދުގެ އިތުރުން އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ ފައްޔާޒް އިސްމާއީލްއާއި ފައިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ފޮރިން އެފެއަރޒް އަހްމަދު ޚަލީލާއި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސްގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންވިއެވެ.

ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯއާއިވެސް ބުރާސްފަތި ދުވަހު ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި ބެހޭ ގޮތުންނާއި، ޖަޕާނުން އިތުރަށް ރާއްޖެއަށް އެހީ ފޯރުވައިދެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ޚާއްސަގޮތެއްގައި އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި މީގެ އިތުރުން މަސްވެރިކަމާއި، ތިމާވެށީގެ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާއި ކާރިސާތަކުގެ އަސަރުކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަށް ޖަޕާނުން ވެދޭ އެހީތެރިކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައިވެސް މިނިސްޓަރ ޝާހިދުގެ އަރިހުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގަތެވެ.

2007 ވަނަ އަހަރުވެސް މިނިސްޓަރ ޝާހިދު ވަނީ ފޮރިންގ މިނިސްޓަރުގެ ހައިސިއްޔަތުން ޖަޕާނަށް ވަޑައިގެން، އެޤައުމުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުއްވައިދެއްވާފައެވެ.

މިނިސްޓަރ ޝާހިދު ޖަޕާނަށް ވަޑައިގެން އުޅުއްވަނީ މިމަހުގެ 19 އިން 23 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. މިނިސްޓަރ ޝާހިދާއި އިތުރު ދެ ވަޒީރުން ޓޯކިޔޯއަށް ވަޑައިގެންފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އިންޑިއާއަށް ވަޑައިގަތުމަށްފަހުއެވެ. ޖަޕާނަކީ ޚާރިޖީ ވަޒީރުކަމާއި ހަވާލުވެވަޑައިގެން މިނިސްޓަރ ޝާހިދު ރަސްމީ ހައިސިއްޔަތުން ވަޑައިގެންނެވި 3 ވަނަ ޤައުމެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ އިންޑިއާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށްވެސް ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް