Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ވިހި ރަށުގެ ނަރުދަމާ އޭސީސީން ބާތިލް ކުރުން، ރައީސް ޔާމީނަކަށް ކަމަކު ނުދިޔަ

18 ޑިސެމްބަރު 2018 | އަންގާރަ 11:34

ރައްޔިތުންނާއި ގުޅުންހުރި ކަންކަން މިގޮތަށް ހުއްޓުވޭނެ ކަމަަށް ގަބޫލު ނުކުރެވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 ޑިސެމްބަރު 2018 | އަންގާރަ 11:34
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވިހި ރަށެއްގައި ނަރުދަމާ ގާއިމްކުރުމަށް ސްރީލަންކާގެ "ހޭކާރބް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ބާތިލްކުރުމަށް އެންޓިކޮރަޕްޝަން ކަމިޝަން (އޭސީސީ) އިން ކަމާ ބެހޭ ފަރާތްތަކަށް އެންގި އެންގުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ނަރުދަމާގެ މަސައްކަތް ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ދިޔައިރު އެކަން ނުހުއްޓުވައި މިހާރު އޭސީސީން އެކަން ނުހުއްޓުވަންވީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮންނާނެ ކަމަށާއި ރައްޔިތުންނާ ގުޅުން ހުރި އެފަދަ މަޝްރޫއުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބަލައި އެކަމަށް ފިޔަވަޅު އެޅިދާނެ ކަމުގައެވެ.

Advertisement - newsAdvertisement
"އޭސީސީން ކުރާ ކަމަކަށް އަޅުގަނޑު ފާޑުކިޔާކަށެއް ނޫން އިނގޭތޯ. މިވަރުގެ ބޮޑު މަސައްކަތެއް ކުރާއިރު ކަރަޕްޝަނުގެ އަދަދަކީ ކިހާ ވަރެއްބާ މިސާލަކަށް. ކާކުގެ ކަރަޕްޝަނެއް އޮތީބާ މިސާލަކަށް. މިސާލަކަށް ކަރަޕްޝަންގެ ތެރޭގައި އަޅުގަނޑު ހަމަ އެކައްޗެއް ވެސް އެނގިގެން ދަންނަވާ ވާހަކައެއް ނޫން. އެއީ އަޅުގަނޑު ނޫން ތިކަންތައް ކުރަނީ. ތިކަންތައް ކުރަނީ މިނިސްޓްރީ އޮފް ފިނޭންސާއި ފެނަކާ އާއި އަދި ބޭރުން އެޕްލައި ކުރި ކުންފުންޏަކާއި ތި ތްރީ ޕާޓީ އެއްކޮށް ދިޔަ ކަމެއްތީ. ރައީސް އޮފީހުން ހަމައެކަނި ކުރާނެ ކަމަކީ އެކަންތައްތަކަށް ހުއްދަ ދޭނީ ނިންމާފަ އައިމަ. ނިންމާފަ އޮންނަ ކަންތައްތަކަށް ގަވައިދުން ކުރެވިފައި އޮތިއްޔާ ހުއްދަ ދޭނީ. އޭސީސީން ނޯންނާނެ ރައީސް އޮފީހަށް ދަންނަވާފައި މިވެނިކަމެއްގައި މިވެނި ކޮމްޕޯނެންޓެއްގައި ކަރަޕްޝަން އެބައޮތޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ވިހި ރަށެއްގައި ނަރުދަމާ ގާއިމްކުރުމަށް ސްރީލަންކާގެ "ހޭކާރބް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ބާތިލްކޮށްފައި ވަނީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ، ދައުލަތަށް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ނުހަނު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެ ކޮމިޝަނަށް ފެންނާތީ ކަމަށް އޭސީސީން ބުނެއެވެ. އަދި އެމަސައްކަތް ބާތިލްކުރަން އެންގީ 20 ރަށުގެ ނަރުދަމާގެ މަޝްރޫޢުގެ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއްކަން ފާހަގަކުރެވޭކަމާއި، މިހާރު މި މަސައްކަތް ހަވާލުކޮށްފައިވާ އަގުގައި 20 ރަށުގެ ބަދަލުގައި ގާތްގަނޑަކަށް 40 ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރެވޭނޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް