Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސްޓަރ ސްކްރީންސް އެވޯޑްސް

ސްޓަރ ސްކްރީން އެވޯޑްސް: އެންމެ މޮޅު އެކްޓަރަކަށް ރަންވީރު، އެންމެ މޮޅު އެކްޓްރެސް އަކަށް އާލިޔާ

އެންމެ މޮޅު ފިލްމަކަށް "ސްޓްރީ"

އަލީ ސަމާޚް
އަލީ ސަމާޚް | 18 ޑިސެމްބަރު 2018 | އަންގާރަ 07:31
ރަންބީރު ސިންހް އާއި ދީޕިކާ ސްޓާ ސްކްރީން އެވޯޑްސް ހަފްލާގައި

ރަންބީރު ސިންހް އާއި ދީޕިކާ ސްޓާ ސްކްރީން އެވޯޑްސް ހަފްލާގައި

ސްޓަރ ސްކްރީން އެވޯޑްސް ހަފްލާ އާދިއްތަ ދުވަހުގެ ރޭ ބާއްވަފިއެވެ.

ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ބައިވެރިވި މި ހަފްލާގައި އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދާފައިވަނީ ރަންވީރު ސިންހްއެވެ. އޭނާ އަށް މި އެވޯޑް ލިބިފައިވަނީ އޭނާގެ އަންހެނުން ދިކާ ޕަދުކޯން އާއި އެއްކޮށް ކުޅެފައިވާ ފިލްމު ޕަދްމާވަތްއިންނެވެ.

އެވޯޑް ލިބުމަށް ފަހު ރަންވީރު ވަނީ ދިޕިކާގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިއެވެ.

ސަމާސާ ރާގަކަށް ދިޕިކާ އާ ދިމާއަށް އިޝާރާތްކޮށް ރަންވީރު ބުނީ " އަހްނަން ރާނީ ( ދިޕީކާ ) އެއް ނުލިބުނު ފިލްމުގައި އެއް. އެކަމަކު އަސްލު ދިރި އުޅުމުގައި ލިބިއްޖެ " ރަންވީރު ބުންޏެވެ.

އެންމެ މޮޅު އެކްޓްރެސްގެ ރޯލް އާލިޔާ ބަޓް ހޯދީ, އޭނާ ޖާސޫސެއްގެ ރޯލު ކުޅެފައިވާ ފިލްމު ރާޒީންއެވެ.

މީގެ އިތުރުން އެހެން އެވޯޑްތައް ވެސް ވަނީ ދީފައިއެވެ. އެގޮތުން:

އެންމެ މޮޅު ޑައިރެކްޓަރު: ސްރިރާމް ރަގާވަން (އަންދާދުން ފިލްމު)

އެންމެ މަޝްހޫރު އެކްޓަރު: ރާޖްކުމާރު ރާއޯ

އެންމެ މޮޅު ފިލްމު: ސްޓްރީ

އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު: ޕަންކަތް ތްރިޕާތީ (ސްޓްރީ)

އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސް: ސްރޭކާ ސިކްރީ (ބަދާއީ ހޯ)

އަލަށް ތައާރްފި އެންމެ މޮޅު އެކްޓަރު: އިޝާން ހައްތަރު (ބިޔޯންޑް ދަ ކްލައުޑްސް)

އެންމެ މޮޅު އެކްޝަން ފިލްމު: އަޙްމަދު ޙާން (ބާގީ 2)

ބެސްޓް ރިއެލް ސްޓާ އޮން ސޯޝަލް މީޑީއާ: ކެޓްރީނާ ކައިފް

އެންމެ މޮޅު މިއުޒިކް: އަމިތް ތްރިވޭދީ ( މާންމަރްޒިޔާން)

އެންމެ މޮޅު ފިރިހެން ޕްލޭ ބެކް ސިންގަރ ( އަރްޖީތު ސިންހް)

އިތުރަށް ކިޔާލަން

16 މެއި 2017

"ސިމްރަން"ގެ ޓީޒާގައި ކަންގްނާގެ މޮޅު އެކްޓިން

16 މެއި 2017
"ސިމްރަން"ގެ ޓީޒާގައި ކަންގްނާގެ މޮޅު އެކްޓިން
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
19 އެޕްރީލު 2017

"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް

19 އެޕްރީލު 2017
"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
13 މާރިޗު 2017

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

13 މާރިޗު 2017
ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު