Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވޫޑް

"ސިމްރަން"ގެ ޓީޒާގައި ކަންގްނާގެ މޮޅު އެކްޓިން

ސިމްރަން ނިކުންނާނީ ސެޕްޓެމްބަރު 15 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 މެއި 2017 | އަންގާރަ 12:27
ކަންގްނާ "ސިމްރަންގެ މަންޒަރެއްގައި

ކަންގްނާ "ސިމްރަންގެ މަންޒަރެއްގައި

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުޓަކީ އޭނާ ކުޅޭ ކޮންމެ ރޯލެއް ވެސް ވަރަށް ފުރިހަމައަށް ކުޅުމުގެ ކުޅަދާނަކަން ލިބިފައިވާ އެކްޓަރެކެވެ.

ކަންގްނާގެ އެންމެ ފަހުގެ ފިލްމު "ސިމްރަން" ގެ ޓީޒާ ނެރުމާއެކު ކަންގްނާގެ އެކްޓިން މި ފިލްމުގައި ވަރަށް މޮޅުވާނެކަމަށް ވަނީ ބުނަން ފަށާފައެވެ. މި ފިލްމުގެ ފުރަތަމަ ޓީޒާ އިން ބޮޑަށް ދައްކުވައި ދީފައިވަނީ ކަންގްނާގެ އެކްޓިންއެވެ. ގާތްގަނޑަކަށް އެް މިނެޓުގެ މިޓީޒާގައި ކަންގްނާ ވިގެއް އަޅައިގެން އުޅޭ މަންޒަރު ފެނެއެވެ. ހަމައެކަނި މިއުޒިކާއި ވީޑިއޯ ފެނިގެންދާ މި ޓީޒާގައި ކަންގްނާ ފެނިގެންދަނީ އެއްވެސް ކަހަލަ ޚިޔާލެއް ފިކުރެއް ނެތް މީހެއްގެ ގޮތުގައެވެ.

"ސިމްރަން" ގެ ޑައިރެކްޓާ ހަންސަލް މެހްތާ ބުނެފައިވަނީ މި ފިލްމަކީ އަސްލު ޖިނާއީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. މިއީ ނަރުހެއް އޭނާ ޖުވާކުޅުމަށް ދައްކަންޖެހޭ ލާރި ދެކުމަށްޓަކާ ބެންކެއް ފަޅާލާ ހިނގާ ކަންތައްތަކެއް ކަމަށް އޭނާ ބުނެފައި ވެއެވެ. މިކަން ފަޅާއަރައި އޭނާ 66 މަހަށް އެމެރިކާގެ ޖަލަށް ލުމަށް ހުކުމް ކުރެއެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ އަޕުރުވާ އެމް އަރްސާނީއެވެ. ޕްރޮޑިއުސްކޮށްފައި ވަނީ ބުޝާން ކުމާރާއި، ޝައިލެޝް އާރު ސިންހް، ކްރިޝަން ކުމާރު އަދި އަމީތު ހިމެނެއެވެ.

މި ފިލްމުގެ ލީޑްރޯލުން ކަންގަނާގެ އިތުރުން ނޭޝަނަލް އެވޯޑް ހޯދަފައިވާ ސޯހަމް ޝާހް ފެނިގެންދާނެއެވެ.

ހަންސަލް މެހެތާ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2018

ރޭވުމުންގެ އާ ޓްރެއިލާ: ޝާޒްގެ ތަފާތު އެކްޓިންއެއް

08 މާރިޗު 2018
ރޭވުމުންގެ އާ ޓްރެއިލާ: ޝާޒްގެ ތަފާތު އެކްޓިންއެއް
21 ޑިސެމްބަރު 2017

ހިޗްކީގެ ޓްރެއިލާ: ރާނީގެ އެކްޓިން މޮޅު

21 ޑިސެމްބަރު 2017
ހިޗްކީގެ ޓްރެއިލާ: ރާނީގެ އެކްޓިން މޮޅު
26 ނޮވެމްބަރު 2017

މިފަހަރުގެ ސާކްގެ އެންމެ މޮޅު ބަތަލާއަކީ ރިޝްމީ

26 ނޮވެމްބަރު 2017
 މިފަހަރުގެ ސާކްގެ އެންމެ މޮޅު ބަތަލާއަކީ ރިޝްމީ
16 އޮކްޓޯބަރު 2017

"ތުމާރީ ސޫލޫ": ވިދްޔާގެ އެކްޓިންއަށް ބޮޑު ތައުރީފެއް

16 އޮކްޓޯބަރު 2017
"ތުމާރީ ސޫލޫ": ވިދްޔާގެ އެކްޓިންއަށް ބޮޑު ތައުރީފެއް
10 އޮކްޓޯބަރު 2017

"ޕަދްމާވަތީ" ޓްރެއިލާ: މިއަހަރު ނެރޭ އެންމެ މޮޅު ފިލްމަށް ވާނެ

10 އޮކްޓޯބަރު 2017
"ޕަދްމާވަތީ" ޓްރެއިލާ: މިއަހަރު ނެރޭ އެންމެ މޮޅު ފިލްމަށް ވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު