Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ އިންޑިއާ ދަތުރުފުޅު

ރައީސް ސޯލިހު އިންޑިއާއަށް ފުރާވަޑައިގެންފި

16 ޑިސެމްބަރު 2018 | އާދީއްތަ 05:27

ވިސާގެ އެއްބަސްވުމުގައި ސޮއިކުރާނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 16 ޑިސެމްބަރު 2018 | އާދީއްތަ 05:27
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒުނާ އަހްމަދު މަތިންދާ ބޯޓްގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒުނާ އަހްމަދު މަތިންދާ ބޯޓްގައި

ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއަށް ފުރައިވަޑައިގެންފި އެވެ. މިދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހްމަދު ވެސް ވަޑައިގެންނެވި އެވެ.

ރައީސް ސޯލިހް އާއި އެ މަނިކުފާނުގެ ވަފުދު އިންޑިއާއަށް ވަޑައިގަންނަވަނީ އިންޑިއާ ސަރުކާާރުން ފޮނުވި އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގަ އެވެ. ރައީސް ސޯލިހް ދަތުރުކުރައްވާ ބޯޓް ނިއު ދިއްލީގައި ޖައްސާނީ މެންދުރުފަހު 2:00 ގަ އެވެ.

Advertisement - newsAdvertisement

މި މަހުގެ 16 އިން 18 އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހްގެ ދެކަނބަލުން ތިއްބަވާނީ އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންދު ދިރިއުޅުއްވާ ހައިބަތު ބޮޑު ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންގައެވެ. އެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގެ އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު ރާޝްތްރަޕަތީ ބަވަންގައެވެ. އެ ރަސްމިއްޔާތު ފަށާނީ ރާއްޖޭ ގަޑިން 9:30 ގަ އެވެ.

އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް ސޯލިހް ބަޔާން ދެއްވަނީ

އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައި މީޑިއާއަށް ދެއްވި ސްޓޭޓްމެންޓްގައި ރައީސް ސޯލިހް ވިދާޅުވީ އެ މަނިކުފާނުގެ ދަތުރުފުޅު ކާމިޔާބުވެ، ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ވިސާ އެގްރީމެންޓާއި ބަޖެޓް ސަޕޯޓަށް ހަމަޖައްސައިދޭ ފައިސާގެ އެއްބަސްވުމުގައި ސޮއިކުރާނެ އެވެ. ވިސާ އެގްރިމެންޓްގެ ސަބަބުން އިންޑިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށާއި ޑިޕެންޑެންޓުންނަށް ވިސާ ލިބުމުގައި ފަސޭހަވެ، އެހެނިހެން ވިސާތަކަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ރާމްނާތު ކޮވިންދާއި، ނައިބު ރައީސާ ވެންކަޔާ ނައިދޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާނެ އެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާއި، އިންޑިއާގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ބައްދަލުވުންތަކުގައި ރާއްޖޭގެ ތަރައްގީއަށް މަޝްރޫއުތައް ހިންގުމަށާއި އާ އިންވެސްޓްމެންޓްތައް ގެނައުމަށް ވިޔާފަރީވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ނިއު ދިއްލީގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުމަކީ މި ދަތުރުފުޅުގައި ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މިނިސްޓަރ މުހަައްމަދު އަސްލަމްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ދަތުރުފުޅު ކަވަރުކުރުމަށްޓަކައި ރާއްޖޭގެ ނޫސްވެރިން ވެސް ދަތުރުފުޅުގައި ބައިވެރިވެ އެވެ.

ރައީސް ސޯލިހް އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެއާޕޯޓްގައި ބައްދަލުކުރެއްވެވި އެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ ތިމާވެއްޓާބެހޭ ކޮޕް24 ސަމިޓް ނިންމާލެއްވުމަށް ފަހު އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް