Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ - އެމެރިކާ

ޗައިނާއިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ދެ ރައްޔިތުން ދޫކޮށްލަން އެމެރިކާއިން ގޮވާލައިފި

16 ޑިސެމްބަރު 2018 | އާދީއްތަ 02:08

ހައްޔަރު ކޮށްފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް

އަލީ ސަމާޚް
އަލީ ސަމާޚް | 16 ޑިސެމްބަރު 2018 | އާދީއްތަ 02:08
އެމެރިކާގެ ހާރިޖީ ވަޒިރު މައިކް ޕޮމްޕިއޯ

އެމެރިކާގެ ހާރިޖީ ވަޒިރު މައިކް ޕޮމްޕިއޯ

ޗައިނާ އިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ދެ ރައްޔިތުން ދޫކޮށްލަން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ގޮވާލައިފިއެވެ.

އާދީއްތަ ދުވަހު ވޮޝިންޓަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮމްޕިއޯ ވިދާޅުވީ ކެނެޑާގެ ދެ ރައްޔިތުން މިހާރުން މިހާރަށް ޗައިނާއިން ދޫކޮށްލަން ޖެހޭ ކަމަށާއި، އެ މީހުން ހައްޔަރު ކޮށްފައި ވަނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކަމަށެވެ.

ޕޮމްޕިއޯ އެހެން ވިދާޅުވެފައިވާއިރު، ޗައިނާއިން ހައްޔަރު ކޮށްފައިވާ ވާވޭގެ ސީއެފްއޯ މެންގް ވަންޒޫ އެމެރިކާއާ ހަވާލު ކުރުމަށް އެމެރިކާއިން ދަނީ ކެނެޑާގައި އެދެމުންނެވެ.

ޗައިނާ އިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ދެ ރައްޔިތުންނަކީ، ކެނެޑާގެ ޑިޕޮލޮމެޓެއް ކަމަށްވާ މައިކަލް ކޮވްރިގްގެ އިތުރުން ވިޔަފާރިވެރިއެއް ކަމަށްވާ މައިކަލް ސްޕާވޯއެވެ. މި ދެ މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ކެނެޑާގެ ވާވޭގެ ސީއެފްއޯ މެންގް ވަންޒޫ ހައްޔަރު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްއެވެ.

ވާވޭގެ ސީއެފްއޯގެ ހައްޔަރުކުރުމާ އެކު ޗައިނާ އާއި ކެނެޑާ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައިއެވެ. ޗައިނާއިން ބުނަނީ މެންގްއަކީ އެއްވެސް ކުށެއް ކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

ކެނެޑާގެ ހާރިޖީ ވަޒީރު ކްރިސްޓިނާ ފްރީލޭންޑް ވިދާޅުވީ، ކެނެޑާއިން މިހާރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ކަފާލަތުގެ ދަށުން ދޫކޮށްފައިވާ ވާވޭގެ ސީއެފްއޯ މެންގް ވަންޒޫގެ ޝަރިއަތް އިންސާފުވެރިކޮށް ގެންދިއުން ކަމަށެވެ. މެންގް ހައްޔަރު ކޮށްފައި ވަނީ ސިޔާސީ މަގްސަދެއްގައި ނޫން ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ކެނެޑާގެ ފޮރިން މިނިސްޓްރީއާ ހަވާލަދީ ރިޕޯޓްތައް ބުނާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކާއި ކެނެޑާގެ އޮފިޝަލުން ބައްދަލު ކޮށްފައިވާ ކަމަށެވެ. އަދި ދެ ވަނަ މިހާ އާއި ބައްދަލު ކުރުމަށް މަސައްކަތް ކުރުމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެންގް ހައްޔަރު ކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު ކެނެޑާގެ ވެންކޫވާ އެއާޕޯޓުންނެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ވާވޭގެ ސަބްސިޑަރީ ކުންފުންޏެއް ހަދައި، އެމެރިކާގެ ބޭންތަކަށް އޮޅުވާލައިގެން އިރާނާއި ވިޔަފާރި ކުރިކަމުގެ ތުހުމުތުގައިއެވެ.

ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި މެންގް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައިއެވެ. ވާވޭ ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވަންގް ކަފާލާތުގެ ދަށުން ދޫކޮށްލީ 7.4 މިލިއަން ޑޮލަރުގެ ކަފާލާތެއްގެ ދަށުންނެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް