Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް ޔާމީނާއިމެދުވެސް ކަންތައްތައް ކުރަންވާނީ އިންސާފުންނެވެ.

ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުޤީޤްކުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 14 ޑިސެމްބަރު 2018 | ހުކުރު 13:52
އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން އެކުގައި

އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން އެކުގައި

ތަހުޤީޤަކަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވި ހަބަރާއެކު މުޅި ސޯޝަލް މީޑިއާ ކެކިގަތެވެ. ގިނަ ބަޔަކަށް އެ ހަބަރު ވެގެންދިޔައީ އުފާވެރި ހަބަރަކަށެވެ. ތައުރީފްގެ ބަސްތައް ފުލުހުންގެ މުއައްސަސާއަށް އޮއްސަމުން ގެންދިޔައިރު، އަނެއް ބަޔަކު ދެކޭ ގޮތުގައި އެންމެ ސިކުންތެއްވެސް މަޑުނުކޮށް، އަބްދުﷲ ޔާމީން ހައްޔަރުކުރުމަށްފަހު ކުޑަ ގޮޅިއަށް ލާންޖެހެ އެވެ.

ރައްޔިތުންނަށް ކުރި އަނިޔާއަށް ހައްޤު އަދަބު ދިނުމުގެ ގޮތުންނެވެ. ރައްޔިތުންގެ މާލިއްޔަތުން ކުރިކަމަށް ތުހުމަތުކުރެވޭ ބޮޑު ވައްކަމާއި، ހިޔާނާތުގެ ފައިސާ ހޯދައި، އެކަމުގައި އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ ގޮތުންނެވެ. ހުދުމުހުތާރު އެ ވެރިކަމުގެ ތެރޭގައި ރައްޔިތުން ވައްޓާލި ނިކަމެތިކަމަށް އެމަނިކުފާނު ޒިންމާދާރުކުރުވުމުގެ ގޮތުންނެވެ. އެގޮތަށް ގޮސް އެތަށް އެތަށް ކަމެއްގައި ރައްޔިތުންނަށް އިންސާފު ލިބެން އޮތީ އަބްދުﷲ ޔާމީން ހައްޔަރުކޮށް، ވަގުތުން ޖަލަށް ލައިގެންކަމަށްދެކޭ ރައްޔިތުންގެ އަދަދު ވަރަށް ގިނަ އެވެ. ނަމަވެސް އަބްދުﷲ ޔާމީނަށް ހައްޤު އަދަބު ދިނުމުގައި ރައީސް ސޯލިހްގެ ސަރުކާރުން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި އެވެ.

ތެދެކެވެ. އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ޖަރީމާތައް ހިންގަފައިވަނީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގަ އެވެ. ނަމަވެސް އެކަންކަމުގައި އަބްދުﷲ ޔާމީން ޖަވާބުދާރީކުރުވަންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިންނެވެ. ޔާމީންގެ ވެރިކަމުގައި ސިޔާސީ މީހުން ހިފާ ހައްޔަރުކޮށް، އަދަބު ދިން އުސޫލުން ކަންތައްތައް ކޮށްގެންނެއް ނޫނެވެ. ދެ ދުވަހުން ޝަރީއަތްތައް ނިންމާލައި ޖަލަށްލާ އުސޫލަކުން ނޫނެވެ. ސިއްރިއްޔާތުގައި ބާއްވާ ޝަރީއަތުގެ މަޖިލީސްތަކަކުން ނޫނެވެ. ހެކިތައް އުފައްދައިގެން، އަބްދުﷲ ޔާމީން ފްރޭމްކޮށްފިނަމަ، އަބްދުﷲ ޔަމީންގެ ހުދުމުތާރު ވެރިކަމެކޭ، މި ސަރުކާރެކޭ އެއްވެސް ތަފަތުކަމެއް ނޯންނާނެ އެވެ.

އަބްދުﷲ ޔާމިންގެ ސަރުކާރުން ހިނގި މަގުން ރައީސް ސޯލިހްގެ ހިންގަވައިފި ކަމުގައިވާނަމަ މި ސަރުކާރު ރައްޔިތުން އިންތިހާބުކުރުމުގެ ބޭނުން ކެނޑިގެންދާނެ އެވެ. ރައްޔިތުން މި ސަރުކާރު އިންތިހާބުކުރީ ޤާނޫނީ އިމުގެ ތެރެއިން ކަންކަންތައް ކުރުމަށެވެ. އިންސާފު ޤާއިމްކޮށް، ޤާނޫނީ ވެެރިކަމެއް ޤާއިމްކުރުމަށެވެ.

ފުރިހަމަ ތަހުޤީޤްތަކެއް ހިންގައި، ހާމަކަން ބޮޑު އުސޫލަކުން އަބްދުﷲ ޔާމީން ޖަވާބުދާރީ ކުރުވުމުގެ ވިިސްނުމުގައި ނޫންގޮތަށް ސަރުކާރުން ކަން ކޮށްފިނަމަ، ރައްޔިތުން ރައީސް ސޯލިހާއި ދޭތެރޭގައި ދެކޭނީ، ރައީސް ޔާމީނާއި މެދުވެސް ދެކުނު ފަދަ ހުދުމުތާރުވެރިޔެއްގެ ގޮތުގައެވެ. މި ކަންކަމަކީ ރައީސް ސޯލިހް، މަސައްކަތްތައް ހަވާލުކުރި މުވައްސަސާތަކުގެ ވެރިންގެ ވިސްނުމުން އެންމެ ސިކުންތަކަށްވެސް ކައްސާލައިގެން ނުވާނެ ކަންކަމެވެ. ނަމަވެސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހަމަ އެންމެ މައްސަލައެއްވެސް ނުބަލައި ދޫކޮށްލައިގެންވެސް ނުވާނެ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު