Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަދަން ހެލްތު ސަރވިސަސް

ސަދަން ހެލްތު ސަރވިސަސްގެ ކުރީގެ އެމްޑީއަށް ކުރި ދައުވާ ކޯޓުން އަލުން ބަލަންޖެހޭ: ޕީޖީ އޮފީސް

އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2024 | އަންގާރަ 06:40
ޕީޖީ ނޫރުﷲ ސައީދު ގަޒިއްޔާގެ އަޑުއެހުމުގެ ތެރެއިން

ޕީޖީ ނޫރުﷲ ސައީދު ގަޒިއްޔާގެ އަޑުއެހުމުގެ ތެރެއިން

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ސ.ފޭދޫ ޗަބޭލީގެ ނޫރުﷲ ސަޢީދުގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން އަލުން ބަލަންޖެހޭކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެހެން ބުނެފައިވަނީ ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހައިކޯޓުގައި ދެއްކި ވާހަކައިގައެވެ. ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގެ ޙާދިސާ ހިނގާފައިވަނީ ޤާނޫނުލް އުޤޫބާތަށް އަމަލު ކުރުމުގެ ކުރިން ކަމަށެވެ.  

ވީއިރު، ޙާދިސާ ހިނގިއިރު އެ އަމަލު ތަޖުރީމް ކޮށްފައިނުވާ ޤާނޫނެއްގެ ދަށުން ދައުވާ އުފުލަން ޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަކަށް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ މި މައްސަލައިގައި ދައުވާ ހުށަހަޅަންޖެހޭނީ ޤާނޫނުލްއުޤޫބާތުގެ ދަށުން ކަމަށެވެ. ދައުލަތުން ދައުވާ ކޮށްފައިވަނީ ޙާދިސާ ހިނގިއިރު އަމަލު ކުރަމުން އައި ޤާނޫނުގެ ދަށުންނެވެ. އެއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނޫގެ 12ވަނަ މާއްދާގެ (ހ)ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ދައުވާ އުފުލާފައިވަނީ ޤާނޫނުލްއުޤޫބާތަށް އަމަލުކުރަން ފެށި ފަހުންކަމަށްވާތީ ދިފާއުން ބުނެފައިވަނީ މި މައްސަލައިގައި ދައުވާ އުފުލަންޖެހޭނީ ޤާނޫނޫލްއުޤޫބާތުގެ ދަށުން ކަމަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވާ ގޮަތަށް ބަލާއިރު، ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތުވެސް ނުދީ، މިއީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ނިންމާފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދުވެސް ކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ކަމަށާއި، ހަމައެކަނި ކުރިއަށް ދިޔައީ ދައުވާ ހުށަހެޅުމާއި ޖަވާބުދާރީވުން އެކަނި ކަމަށެވެ.  މި މައްސަލައަކީ އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅުއްވައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މި އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ދައުލަތުން ހުށަހެޅުމުން ދެ ފަރާތަށްވެސް އެ ނުކުތާތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުން ދެއްވިއެވެ. ފަނޑިޔާރުންގެ ސުވާލުތަކަށްވެސް ދެ ފަރާތުން ވަނީ ޖަވާބުދީފައެވެ.

އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން, ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

މައްސަލައިގެ ފަސްފަހަތް:

މި މައްސަލައަކީ ސ.ފޭދޫ ޞިއްޙީ މަރުކަޒުގައި މެނޭޖަރުގެ މަޤާމު ނޯންނައިރު، އަދި 2012 ވަނަ އަހަރުގެ ބަޖެޓްގައި މެނޭޖަރެއްގެ މުސާރަ ހިމަނާފައިނުވާއިރު، 08 ފެބްރުއަރީ 2012 ގައި ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަނުން ސ.ފޭދޫ ޞިއްޙީމަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓަކަށް ހުރި ފަރާތަށް ޕްރޮމޯޝަންދީ މެނޭޖަރަކަށް ހަމަޖައްސާފައިވާކަމަށް ބުނެ އޭސީސީއަށް ހުށަހެޅުމުން، އެ ކޮމިޝަނުން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ފޮނުވި މައްސަލައެކެވެ.

އޭސީސީން ބުނެފައިވަނީ ސ.ފޭދޫ ޞިއްޙީމަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓް މަޤާމުގައި ހުރި މުވައްޒަފު މެނޭޖަރެއްގެ މަޤާމަށް ބަދަލުކޮށްފައިވަނީ ކޮން އުޞޫލަކުންކަން ލިޔެކިޔުމުން އެނގެން ނެތްކަމާއި، ސ.ފޭދޫ ޞިއްޙީމަރުކަޒުގެ މެނޭޖަރގެ މަޤާމަށް އެމުވައްޒަފު ހަމަޖައްސައި އޭނާއާ ސ.ފޭދޫ ޞިއްޙީމަރުކަޒުގެ ހިންގުން ޙަވާލުކުރުމާ ގުޅޭގޮތުން ސަދަން ހެލްތް ސާރވިސަސް ކޯޕަރޭޝަންގެ ބޯޑުގައި މަޝްވަރާކޮށްފައިނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު