Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަން

ހަޔާތީ އަރުތައިގެ އިނާމު ޞާދިޤަށް

11 ޑިސެމްބަރު 2018 | އަންގާރަ 23:19

ޞާދިޤު ވަނީ ބައިގަރުނަށްވުރެ ގިނަ ދުވަހު ނޫސްވެރިކަމަށް މަސައްކަތް ކޮށްދެއްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޑިސެމްބަރު 2018 | އަންގާރަ 23:19
ކުރީގެ ރައީސް މައުމޫން ސާދިޤަށް އިނާމު ހަވާލުކޮށްދެއްވަނީ

ކުރީގެ ރައީސް މައުމޫން ސާދިޤަށް އިނާމު ހަވާލުކޮށްދެއްވަނީ

ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލުން އަބްދުﷲ ޞާދިޤަށް ހަޔާތީ އަރުތައިގެ އިނާމު އަރުވައިފިއެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސްޔޫބިލް ފާހަގަކުރުމަށާއި، އެކި ރޮނގުތަކުން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޞާދިޤަށް ހަޔާތީ އަރުތައި އިނާމު ހަވާލުކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއެވެ.

Advertisement - newsAdvertisement

މީޑިއާ ކައުންސިލުން ޞާދިޤަށް މިއިނާމް އެރުއްވީ ބައި ގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ނޫސްވެރިކަމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާ، މިދާއިރާއަށް ކުރިއެރުވުމަށް ގިނަގުނަ ޚިދުމަތްތައް ކޮށްދެއްވާފައިތީއެވެ. އަދި ޓެކްނޮލޮޖީގެ ފަސޭހަތައް ނެތް ޒަމާނެއްގައި ވެސް ދަތިތަކާއެކު ދިވެހި ނޫސްވެރިކަން ދެމެހެއްޓެވުމުގައި ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މީޑިއާ ކައުންސިލުން ބުނީ މިދާއިރާއަށް ޒުވާނުން ކުރިއެރުވުމަށްޓަކައި މިފަދަ ލިޔުންތެރިންގެ އަގު ވަޒަން ކުރައްޖެހޭ ކަމަށެވެ. އަދި މިފަދަ ލާމަސީލު ބޭފުޅުންގެ ފަރާތްޕުޅުން ހިތްވަރު ލިބިގަނެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ހަޔާތީ އަރުތައިގެ އިނާމު ލިބިވަޑައިގެންނެވި ޞާދިޤަކީ 1943 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ރިޕޯޓަރެއްގެ ގޮތުގައި ޚަބަރު ނުލިޔުއްވިނަމަވެސް، އަދަބީ ލިޔުންތެރިކަމުން ނޫސްވެރިކަން މުއްސަނދި ކުރެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

ނޫސްވެރިކަމަށް ސާދިޤު ކޮށްދެއްވި މަސައްކަތް އަގުވަޒަންކޮށް ސަރުކާރުވަނީ 1993 ވަނަ އަހަރު ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަން ގަލަން ވެސް އަރުވާފައެވެ.

ޞާދިގު މިހާތަނަށް 50 އަށްވުރެ ގިނަ ފޮތްތައް ޝާއިއު ކުރައްވާފައިވާއިރު އޭނާ ވަނީ މުދައްރިސެއްގެ ވަޒީފާވެސް އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

31 ޖުލައި 2018

ހިތްވަރުދިނުމުގެ އިނާމު ހޯދަން އަމިއްލައަށް ހުށަހަޅަން ޖެހޭނެ ކަމަށް ޤަބޫލެއް ނުކުރަން: ރިޝްމީ

31 ޖުލައި 2018
ހިތްވަރުދިނުމުގެ އިނާމު ހޯދަން އަމިއްލައަށް ހުށަހަޅަން ޖެހޭނެ ކަމަށް ޤަބޫލެއް ނުކުރަން: ރިޝްމީ
26 ޖުލައި 2018

ޝަރަފުވެރިކަމުގެ އިނާމު 5 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 15 ބޭފުޅަކަށް

26 ޖުލައި 2018
ޝަރަފުވެރިކަމުގެ އިނާމު 5 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 15 ބޭފުޅަކަށް
05 ޖުލައި 2018

އާންމުންނަށް ހުޅުވާލައި ހެސަވާދަ މުބާރާތަށް އަގުހުރި އިނާމުތަކެއް ކަނޑައަޅައިފި

05 ޖުލައި 2018
އާންމުންނަށް ހުޅުވާލައި ހެސަވާދަ މުބާރާތަށް އަގުހުރި އިނާމުތަކެއް ކަނޑައަޅައިފި
24 ފެބުރުއަރީ 2018

ގަދަ 10 އެއްގެ ގިނަ ވަނަތަކަކަށް އިނާމު ނުދޭތީ ދަރިވަރުން ކަންބޮޑުވުން ފާޅުކުރަނީ

24 ފެބުރުއަރީ 2018
ގަދަ 10 އެއްގެ ގިނަ ވަނަތަކަކަށް އިނާމު ނުދޭތީ ދަރިވަރުން ކަންބޮޑުވުން ފާޅުކުރަނީ
11 ނޮވެމްބަރު 2017

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ފަރާތަކަށް އަދި ހިތްވަރު ދިނުމުގެ އިނާމް 25 ފަރާތަކަށް ދެއްވައިފި

11 ނޮވެމްބަރު 2017
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ފަރާތަކަށް އަދި ހިތްވަރު ދިނުމުގެ އިނާމް 25 ފަރާތަކަށް ދެއްވައިފި
08 ނޮވެމްބަރު 2017

ޝަރަފުވެރިކަމުގެ އިނާމު މި އަހަރު ދެ ފަރާތަކަށް، ޚާއްސަ އިނާމު 24 ފަރާތަކަށް!

08 ނޮވެމްބަރު 2017
ޝަރަފުވެރިކަމުގެ އިނާމު މި އަހަރު ދެ ފަރާތަކަށް، ޚާއްސަ އިނާމު 24 ފަރާތަކަށް!
05 އޮކްޓޯބަރު 2017

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި

05 އޮކްޓޯބަރު 2017
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި
27 މެއި 2017

އުރީދޫ ރަމަޟާން ޕްރޮމޯޝަންގައި އަގުބޮޑު އިނާމުތަކެއް!

27 މެއި 2017
އުރީދޫ ރަމަޟާން ޕްރޮމޯޝަންގައި އަގުބޮޑު އިނާމުތަކެއް!
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް